ކުރިޔަށް އޮތް ރޯދަ މަހަށް ހައި އެންޑް ފަރުނީޗާޒްއިން ހާއްސަ ޑިސްކައުންޓްތަކަކާއެކު ސޭލްއެއް ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ ސޭލްގައި ހައި އެންޑް ފަރުނީޗާޒްގެ ހުރިހާ މުދަލަކުން 10-20 ޕަސަންޓާއި ދެމެދުގެ އަގެއްގައި ޑިސްކައުންތެއް ދޭނެކަމަށް ހައިއެންޑްއިން ބުނެ އެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނިން ވިއްކާ މުދާތަކުގެ ތެރެއިން މިވަގުތު އާންމުންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވަނީ އެނދާއި ގޮދަޑި އަދި ހޯމް ޑެކަރޭޝަންގެ އައިޓަމްތައް ކަމަށެވެ. ހައި އެންޑުން އެކި ސައިޒްގެ ގޮދަޑި ވިއްކާއިރު، އޭގެ ތެރޭގައި ފޯމްގެ އެކި ބާވަތްތަކެއް ހިމެނޭކަމަށް ހައި އެންޑުން ބުނެ އެވެ.

ހައި އެންޑް ފިހާރަ: މި ރޯދަ މަހު ވަރަށް ހާއްސަ މުދާ ވަރަށް ހެޔޮ އަގެއްގައި ލިބޭނެ -- ފޮޓޯ: އަބްދުފ އިޔާން/އަދަދު
އެގޮތުން ސޮފްޓް، ހާޑު އަދި ބުރަކަށީގެ އަނިޔާތަކާއި ތަދުތައް ހުންނަ ފަރާތްތަކަށް ހާއްސަ ބެކްކެއާ ގޮދަޑީގެ އިތުރުން އެފޯޑެބަލް ނުވަތަ ވަކިން ހާއްސަ ހެޔޮ އަގެއްގައި ވިއްކާ އެފޯޑެބަލް ގޮދަޑި ވެސް ހައި އެންޑުން ވިއްކަ އެވެ. އަދި ހައިއެންޑުން ވިއްކާ އެނދުގެ ތެރޭގައި އެކި ސައިޒްގެ އެނދުތައް ވެސް ދަނީ ބާރަށް ވިކެމުންނެވެ.

ރޯދަ މަސް ފެށެންދެން ކުރިޔަށް ގެންދާ އެ ސޭލްގައި ހައި އެންޑްގެ ކިންގް ސައިޒް ގޮދަޑިއެއް 8،800ރ. އަށް ލިބޭއިރު، އެފޯޑަބަލް ގޮދަޑި 4،675ރ. އަށް ލިބޭނޭކަމަށް ހައިއެންޑުން ބުނެ އެވެ. ހައިއެންޑުގެ މުދާތަކަށް މިހާރު ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ގިނަފަހަރަށް ގެންނަ ޝިޕްމެންޓުތައް ހަފްތާއެއް ތެރޭ ހުސްވާކަމަށް އެ ކުންފުނިން ބުނެ އެވެ.

ހައި އެންޑް ފިހާރަ: މި ރޯދަ މަހަށް ފިހާރައިން ވަނީ ރަނގަޅު ކޮލިޓީގެ މުދާ ގެނެސްފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެނދާއި ގޮދަޑީގެ އިތުރުން ވެސް ހައި އެންޑުން ދަނީ އެކި ކަހަލަ ލޯގަނޑު، މެޓް، ޓްރޭ އަދި ކަބަޑު ސެޓު ވެސް ވިއްކަމުންނެވެ.
ރޯދައަށް ހާއްސަކޮށް ފެށި އެ ސޭލް ނިންމާލުމަށްފަހު ރޯދަ މަސް ތެރޭ ހާއްސަ އީދު ސޭލްއެއް ފެށުމަށް ވެސް ހައި އެންޑުން ދަނީ މިހާރު ވެސް ތައްޔާރުވަމުންނެވެ.
ހައިއެންޑް ފަރުނީޗަރުގެ ފިހާރަ މާލޭގައި ހުންނަނީ މެދުޒިޔާރަތްމަގުގައި ދަރުމަވަންތަ ސްކޫލު ކުރިމައްޗަށެވެ. އަދި ހައިއެންޑްގެ ހުޅުމާލެ ފިހާރަ ހުންނަނީ ނިރޮޅު މަގުގައި 149 ވަނަ ފްލެޓްގެ ކުރިމައްޗަށެވެ.












