ގޯލްޑަން ފުޓްސަލް ޗެލެންޖް: ފުރިހަމަ ރެކޯޑަކާ އެކު ވާދޫ އަށް އަތޮޅު ޗެމްޕިއަންކަން

Mar 7, 2022, 3:54 AM
އަތޮޅު ޗެމްޕިއަންކަން ހޯދި ވާދޫ ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަތޮޅު ޗެމްޕިއަންކަން ހޯދި ވާދޫ ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި ރޭ ކުޅުުނު މެޗުން ގދ. ތިނަދޫ އަތުން 3-0 އިން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު ވާދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

ގދ. އަތޮޅުގެ ފަސް ޓީމު މުބާރާތުގައި ބައިވެރިވެފައިވާތީ އެ އަތޮޅުގެ މުބާރާތް ރޭވިފައި އޮތީ ލީގު ބުރެއް ކުޅެގެން އެއް ވަނަ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ދޭ ގޮތަށެވެ. ރޭގެ މެޗަށް ނުކުތްއިރު، ވާދޫ އިން ވަނީ މަޑަވެލި، ހޯޑެއްދޫ އަދި ގައްދޫ ބަލިކޮށްފަ އެވެ. ރޭ ތިނަދޫ އަތުން ވާދޫ މޮޅުވެ، ޗެމްޕިއަންކަން ހޯދިއިރު، އަދި އެ އަތޮޅު ބުރުގައި ބާކީ ދެ މެޗު އެބައޮތެވެ. އެކަމަކު، އެ މެޗުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ވާދޫއާ ހަމަކުރެވޭނެ ޓީމެއް ނެތުމުން ތަށި ހަވާލުކުރީ އެވެ.

ލަނޑު ޖެހުމަށް ފަހު ވާދޫ ޓީމުގެ ނައްޓު އާއި އެ ޓީމުގެ އެހެން ކުޅުންތެރިއަކު އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ވާދޫ އަށް ރޭގެ މެޗުގައި ނަޝާހު އަހުމަދު (ނައްޓު) ދެ ގޯލު ޖަހައިދިނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އަނެއް ގޯލު ޖެހީ މުސައްނިފު މުހައްމަދު އަށެވެ.

ރޭ ގދ އަތޮޅުގެ އަނެއް މެޗުގައި ގައްދޫ ވަނީ 1-0 އިން މަޑަވެލި ބަލިކޮށްފަ އެވެ. ގައްދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރިފްޝާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ރިފްޝާން އެވެ.

ގއ. އަތޮޅު ބުރުގައި ރޭ ކަނޑުހުޅުދޫ ވަނީ 5-1 އިން ގެމަނަފުށި ބަލިކޮށްފަ އެވެ. އަދި އެ އަތޮޅު ދާންދޫ އާއި ދެއްވަދޫ ކުޅުނު މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ.

ކަނޑުހުޅުދޫގެ ގޯލުތައް ޖެހީ ކްލަބް އީގަލްސް އަށް ކުޅެމުން އަންނަ އަލީ އަޒްވާން އަބްދުލް އަޒީޒް ދެ ގޯލާއި އައްޒާމް އަލީ ދީދީ، އިސްމާއިލް އަންވަރުގެ އިތުރުން ގެމަނަަަފުށީގެ އަހުމަދު ޝާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ގެމަނަފުށީގެ ގޯލު ކާމިޔާބުކުރީ އާދަމް އަރީޝް އެވެ. ދާންދޫގެ ދެ ގޯލު ޖެހީ ޖާވިދު އަލީ އާއި އިސްމާއިލް ނަސީރު އެވެ. ދާންދޫ ކޮޅަށް ދެއްވަދޫގެ ގޯލުތައް ޖެހީ އަހުނަފް ރަޝީދާއި ލަމާން ޒުހައިރު އެވެ.

އޮމަދޫ އަތޮޅު ފައިނަލަށް، ބުރުނި އަތުން ވޭމަންޑޫގެ ބަލި

ތ. އަތޮޅުގައި ރޭ އޮމަދޫ އިން ވަނީ 5-3 އިން ކިނބިދޫ ބަލިކޮށް އަތޮޅު ފައިނަލުން ޖާގަ ހޯދައިފަ އެވެ. ގާދިފުއްޓާއި އޮމަދޫގެ ޕޮއިންޓް އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން އޮމަދޫ ކުރިހޯދައި، ފައިނަލުގެ ޖާގަ ލިބުނީ އެވެ.

އޮމަދޫ ޓީމަށް ރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ މުހައްމަދު އަލާއު ދެ ގޯލާއި އަހުމަދު ނަޝްވާނާއި އިސްމާއިލް މިމްރާހު މުއީންގެ އިތުރުން ކިނބިދޫގެ މުހައްމަދު އަނަސް އަތުން ބައިކޮޅަށް ޖެހި ގޯލެކެވެ. ކިނބިދޫގެ ގޯލުތައް ޖެހީ އަލީ ޝާމް، އަލީ ހަމްދޫން ހުސެއިން އަދި މުހައްމަދު ޝާފިއު އެވެ.

އޮމަދޫ އާއި ކިނބިދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ތ. އަތޮޅު އަނެއް ގްރޫޕްގެ އެއް ވަަނަ ހޯދައި ތިމަރަފުށިން ފައިނަލުގެ ޖާގަ ހޯދާފައިވާއިރު، ރޭގެ މެޗު ބުރުންޏާއި ތިމަރަފުށްޓައް މުހިންމު ވެފައި އޮތީ މޮޅެއް ހޯދުމަށެވެ. މެޗުގައި ބުރުނިން ކުރިހޯދިއިރު، ލަނޑުތައް ޖެހީ މުހައްމަދު އިބްރާހިމް އާއި މުހައްމަދު ނާހިލް ނޫހު އެވެ. ވޭމަންޑޫގެ ހަަމައެކަނި ގޯލު ޖެހީ ހުސެއިން މައުމޫން އެވެ.

މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ 20:15 ގައި ފަށާ ދެ މެޗުގައި ބައްދަލުކުރާނީ ރ. ދުވާފަރާއި އިނގުރައިދޫ އަދި ބ. ހިތާދޫ އާއި ތުޅާދޫ އެވެ. އޭގެ ފަހުން 21:15 ގައި ފަށާ ދެ މެޗުގައި ލ. ކަލައިދޫ އާއި ގަން ކުޅޭއިރު، އަނެއް މެޗުގައި ލ އިސްދޫ ކުޅޭނީ އެ އަތޮޅު މާމެންދޫއާ އެވެ. އަދި 22:15 ގައި ފަށާ ފަހު ދެ މެޗަކީ އދ. އަތޮޅު މެޗުތަކެވެ. އެއް މެޗުގައި މާމިގިލި ކުޅޭނީ ހަންޏާމީދޫއާ އެވެ. އަނެއް މެޗުގައި ދަގެނތި ނުކުންނާނީ ކުނބުރުދޫއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox