ހުލާސާކޮށް އިއްޔެ: ޓެކްސީ ދަތުރުގެ އަގުތައް ބޮޑުކުރަން ހުއްދަ ނުދިނުމަށް ނިންމުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓެކްސީ ކިއުގައި ޓެކްސީތަކެއް މަޑުކޮށްލައިގެން -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓެކްސީ ކިއުގައި ޓެކްސީތަކެއް މަޑުކޮށްލައިގެން -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު

ދުނިޔެ އަދި ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ، އަންނަ ހަފްތާއިން ފެށިގެން މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ހުއްދަ ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އިއްޔެ އެވެ.

ޓެކްސީ ސެންޓަރެއްގެ އިސްވެރިޔަކު މި ނޫހަށް އިއްޔެ ވިދާޅުވީ މިހާރު ރާއްޖޭގައި މިހާރު އުފުލިފައިވާ ތެލުގެ އަގުތަކާއި ޓެކްސީ ޑްރައިވަރުންނަށް ދެކޮޅު ނުޖެހޭ ގޮތެއްގައި މަސައްކަތްކުރަން ޖެހިފައިވާތީ ދަތުރުތަކުގެ އަގުބޮޑުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އަދި އެ މަޝްވަރާތަކުން ނިމޭ ގޮތަކަށް އަގުތަކަށް ބަދަލުގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.

އެގޮތުން، ހުށަހަޅަން ނިންމީ މާލެ ތެރޭގެ ދަތުރުތައް 25ރ. 30ރ. އިތުރުކުރަން އަދި ބްރިޖު މެދުވެރިކޮށް ހުޅުމާލެއަށް މިހާރު ކުރާ ދަތުރުތަކަށް ނަގާ 75ރ. ބަދަލުގަައި 100ރ. ނެގުމަށެވެ.

އެގޮތަށް އަގުތަކަށް ބަދަލު ގެންނަން ހުށަހަޅާއިރު، މާލެ އާއި ހުޅުމާލެ ފޭސް 2 އާ ދެމެދު ކުރާ ދަތުރުތަކަށް ވެސް އިތުރަށް ފައިސާ ނަގަން ހުށަހަޅާނެ ކަމަށް ވެސް އޭނާ އިއްޔެ ވިދާޅުވި އެވެ.

އަގު ބޮޑުކޮށް ކުރާނަމަ ފިޔަވަޅު އަޅާނެ

އެގޮތަށް ހުށަހަޅަން ނިންމި ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ އަގުތަކަށް ހުއްދަ ދިނުމުގެ ވިސްނުމެއް އެ މިނިސްޓްރީން ނުގެންގުޅޭ ކަމަށް އިއްޔެ ބުނެފަ އެވެ.

"އަޅުގަނޑުމެންގެ އަދި ހުރި ވިސްނުމަކީ ކުރިން ވެސް އިއުލާންކޮށްފައިވާ އަގުތަކާއެކު ކުރިޔަށް ދިޔުން. އެއީ މާލޭގެ އެތެރޭގައި 25ރ. ދެން ބްރިޖު ހުރަސްކޮށް މާލެއިން ހުޅުމާލެއަށް ދާނަމަ 75ރ.، މާލެއިން ހުޅުލެއަށްދާނަމަ 60ރ. ގެ މަގުން،" ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓި މިނިސްޓަރު ޝިމާޒް އަލީ "އަދަދު" އަށް އިއްޔެ ވިދާޅުވި އެވެ.

ޝިމާޒް އިތުރަށް އިއްޔެ ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ އަގުތަކާ އެއްގޮތަށް ދަތުރުނުކުރާ ޑްރައިވަރުންނަށް ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށެވެ.

"ފިޔަވަޅު އަޅާނެ. އެއީ ފުރަތަމަ ފަހަރަށް ނަސޭހަތްތެރިވާނީ، ދެން ޖޫރިމަނާ ކުރާނީ، ދެން އެޔަށް ފަހު ހުއްދަ ބާތިލުކުރާނީ،" ޝިމާޒް އިއްޔެ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރޯދަމަހާއި ހަރޯދައިގެ ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތުގެ ވަގުތަކީ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 އަށް ކަމަށް ހަމަޖެއްސީ އިއްޔެ އެވެ.
  • މިދިޔަ މަހުގެ ކުރީކޮޅު ހުޅުވާލި ސަރުކާރުން މަތީ ތައުލީމަށް ދޭ ލޯނަށް އެދުމުގެ ފުރުސަތުގައި 1،000 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އިއްޔެ އެވެ.
  • ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފިކަމުގެ ދައުވާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހެޅީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ރާއްޖޭގައި ވެސް ތެލުގެ އަގު ބޮޑުކޮށްފައި ވާތީ ޓެކްސީތަކުން ކުރާ ދަތުރުތަކުގެ އަގުބޮޑު ކުރުމުގެ ހުއްދަ ނުދޭނެކަން ހާމަކުރަމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ:

"ފިޔަވަޅު އަޅާނެ. އެއީ ފުރަތަމަ ފަހަރަށް ނަސޭހަތްތެރިވާނީ، ދެން ޖޫރިމަނާ ކުރާނީ، ދެން އެޔަށް ފަހު ހުއްދަ ބާތިލުކުރާނީ،"

ދުވަހުގެ ފޮޓޯ

ގދ. ގައްދޫ, ކޮޓިގެ މަރިން ދައްތަ ގަތާފަޔަކުން ކަސަބު ބޯވަޅެއް ގަތަމުންދާއިރު ފަހަތުގައި އޭނާގެ ދަރިފުޅު އަފީފާ. ބޯވަޅެއް ގަތަން މަހެއްހާ ދުވަސް ހޭދަވެ, ލިބާހެއްގައި އެ ފަތުރަން ވެސް ހަފުތާއެއްހާ ދުވަސް ނަގާ. މިއީ ބުރަ އުނދަގޫ މަސައްކަތެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ގދ. ގައްދޫ, ކޮޓިގެ މަރިން ދައްތަ ގަތާފަޔަކުން ކަސަބު ބޯވަޅެއް ގަތަމުންދާއިރު ފަހަތުގައި އޭނާގެ ދަރިފުޅު އަފީފާ. ބޯވަޅެއް ގަތަން މަހެއްހާ ދުވަސް ހޭދަވެ, ލިބާހެއްގައި އެ ފަތުރަން ވެސް ހަފުތާއެއްހާ ދުވަސް ނަގާ. މިއީ ބުރަ އުނދަގޫ މަސައްކަތެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ގދ. ގައްދޫ, ކޮޓިގެ މަރިން ދައްތަ ގަތާފަޔަކުން ކަސަބު ބޯވަޅެއް ގަތަމުންދާއިރު ފަހަތުގައި އޭނާގެ ދަރިފުޅު އަފީފާ. ބޯވަޅެއް ގަތަން މަހެއްހާ ދުވަސް ހޭދަވެ, ލިބާހެއްގައި އެ ފަތުރަން ވެސް ހަފުތާއެއްހާ ދުވަސް ނަގާ. މިއީ ބުރަ އުނދަގޫ މަސައްކަތެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ޔޫތު ވަލްނަބެރިލިޓީ އިން ދަ މޯލްޑިވްސް"

މިއީ ޖަޕާން ގެ ސަރުކާރާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ޔޫއެންޑީޕީ އިން ފެބްރުއަރީ 2019، ގައި ނެރެފައިވާ ދިރާސާ އެކެވެ. މި ދިރާސާގައި ވަނީ ޒުވާނުންނަށް އެކި ދާއިރާތަކުން ކުރިޔަށްދިޔުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ބަލާލާފަ އެވެ. އަދި، އެކަންކަމަށް ބަލައި ކުރު ރާސްތާގައި ކުރުމަށް 10 ކަމެއް މި ދިރާސާގައި ހުށަހަޅާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox