ރޯދަމަހާއި ހަރޯދައިގެ ދުވަސްތަކުގައި ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތުގެ ވަގުތަކީ ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 1:00 އަށް ކަމަށް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން މިއަދު އާއްމުކުރި އެންގުމެއްގައިވާ ގޮތުން މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ހަރޯދައިގެ ދުވަސްތަކުގައި ( ޝައްވާލްމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް) މަސައްކަތުގެ ވަގުތު އޮންނާނީ އެގޮތަށެވެ.
ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތްދުވަހު ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާނެ ވަގުތު ކަނޑައަޅަނީ ކޮންމެ ރޯދަމަހަކަށް ވަކިވަކިންނެވެ. އެކަމަކު އެގޮތަށް ކަނޑައަޅާ ވަގުތުގެ ދިގުމިނަކަށް ބަދަލެއް ނުގެނެ އެވެ.











