ރަޝިއާގެ ގައުމީ އެއާލައިންގެ ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓުމަކަށް

އެއިރޯފްލޮޓްގެ ބޯޓެއް. -- ފޮޓޯ: އޭއެފްޕީ

އެއިރޯފްލޮޓްގެ ބޯޓެއް. -- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (މާޗް 5) - ރަޝިއާގެ ގައުމީ އެއާލައިން، އެއިރޯފްލޮޓްގެ ބައިނަލްއަގްވާމީ ހުރިހާ ދަތުރެއް މާޗް އަށް ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި އެވެ.

އެއިރޯފްލޮޓުން ނެރުނު ބަޔާނެއްގައި ބުނީ "ހާލަތު ހުރި ގޮތުން ފްލައިޓްތައް އޮޕަރޭޓް ކުރުމަށް ހުރަސް އެޅިފައިވާ" ކަމަށާއި "ވަގުތީ ގޮތުން ބައިނަލްއަގްވާމީ ފްލައިޓްތައް ސަސްޕެންޑް ވާނީ މާޗް އަށް ވަނަ ދުވަހުން ފެށިގެން" ކަމަށެވެ.

ނަމަވެސް ރަޝިއާގެ އެތެރޭގެ އުދުހުން އެއްވެސް ބަދަލެއް ނެތި ކުރިއަށް ދާނެ ކަމަށާއި އަވައްޓެރި ބެލަރޫސްއަށް ވެސް ފްލައިޓްތައް އޮންނާނެ ކަމަށް ބުންޏެވެ.

އެއިރޯފްލޮޓްގެ ސަބްސިޑަޔަރީ ބަޖެޓު އެއާލައިން ޕޮބެޑާއިން ވެސް ބުނީ މާޗް އަށް ވަނަ ދުވަހުން ފެށިގެން ބައިނަލްއަގްވާމީ ދަތުރުތައް މެދުކެނޑޭނެ ކަމަށެވެ.

ހޮނިހިރު ދުވަހު ރަޝިއާގެ ސިވިލް އޭވިއޭޝަން އިދާރާއިން އެއާލައިންތަކަށް ލަފާދިނީ އެހެން ގައުމުތަކަށް ކުރާ ދަތުރުތައް މެދުކަނޑާލުމަށެވެ. އެއީ ރަޝިއާއިން ޔޫކްރެއިނަށް އެރުމުން އުފެދުފައިވާ ހަނގުރާމައިގެ ސަބަބުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު އެއާލައިންތަކުގެ ބޯޓުތައް ހިފެހެއްޓުމުގެ ފުރުސަތު އޮތުމުންނެވެ.

އެހެން ގައުމުތަކުގެ ތިބި ރަޝިއާގެ ރައްޔިތުން އެނބުރި ގައުމަށް ދާން އެދޭ ނަމަ، ދަތިކުރުމުގެ ފިޔަވަޅުގައި ބައިވެރިނުވާ ގައުމެއް މެދުވެރިކޮށް ދަތުރު ކުރުމަށް ލަފާދިނެވެ. އެފަދަ ގައުމުތަކުގެ ތެރޭގައި ފާހަގަކުރީ އަޒަރްބައިޖާން، އަރްމީނިއާ، ކަޒަކިސްތާން، ގަތަރް، ޔޫއޭއީ، ތުރުކީ އަދި ސާބިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox