ޗައިނާގެ އަސްކަރިއްޔާއަށް ކުރާ ހޭދަ 7.1 ޕަސެންޓުން އިތުރު ކުރަނީ

ޗައިނާގެ އަސްކަރީ ހެލިކޮޕްޓަރެއް. -- ފޮޓޯ: ރޮއިޓާޒް

ޗައިނާގެ އަސްކަރީ ހެލިކޮޕްޓަރެއް. -- ފޮޓޯ: ރޮއިޓާޒް

ބެއިޖިން، ޗައިނާ (މާޗް 5) - ޗައިނާގެ އަސްކަރިއްޔާއަށް ކުރާ ހޭދަ މި އަހަރު 7.1 ޕަސެންޓުން އިތުރު ކުރަން ނިންމައިފި އެވެ.

އެމެރިކާއަށް ފަހު ދެ ވަނައަށް އެންމެ ގިނައިން އަސްކަރިއްޔާއަށް ހަރަދު ކުރާ ގައުމަކީ ޗައިނާ އެވެ. ސަރުކާރުގެ ބަޖެޓު ރިޕޯޓުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު 230 ބިލިއަން ޑޮލަރު އަސްކަރީ ކަންކަމަށް ހާއްސަ ކުރާނެ އެވެ.

މިދިޔަ އަހަރު ވެސް ޗައިނާގެ އަސްކަރިއްޔާއަށް ކުރާ ހޭދަ 6.8 ޕަސެންޓުން އިތުރު ކުރި އެވެ. ފަހަކަށް އައިސް ކޮންމެ އަހަރަކު ވެސް އެ ޕަސެންޓޭޖު އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ.

Advertisement

ޗައިނާގެ ބޮޑު ވަޒީރު ލީ ކެގިއާންގް ހޮނިހިރު ދުވަހު އިއުލާނު ކުރެއްވި ގޮތުގައި މި އަހަރު އެ ގައުމުގެ ޖީޑީޕީ ހުންނާނެ ކަމަށް ލަފާ ކުރެވެނީ 5.5 ޕަސެންޓުގަ އެވެ.

ޗައިނާގެ ޕާލިމެންޓު ހުޅުވުމުގެ ގޮތުން ދެއްވި ބަޔާނުގައި ލީ ވިދާޅުވީ ސަރުކާރުން "އަސްކަރީ ތަމްރީން ފުޅާކޮށް، ހަނގުރާމައަށް ތައްޔާރު ފައުޖެއް ބިނާކުރަން ބޭނުން ވަނީ ޗައިނާގެ އިސްތިގްލާލާއި، ސަލާމަތީ ތަރައްގީއާ ގުޅުން ހުރި ކަންކަން ހާސިލް ކުރުމަށް" ކަމަށެވެ.

ޗައިނާގެ އަމާޒަކީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް ފަހަތަށް ވައްޓާލުމަށް ފަހު އެންމެ ޒަމާނީ ފައުޖެއް ބިނާ ކުރުމެވެ.

ޗައިނާ އާއި ވާދަވެރި ގައުމުތަކާ ދެމެދު އޮންނަ ނުތަނަވަސްކަން ފަހަކަށް އައިސް ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން އިންޑިއާ އާއި އެމެރިކާއާ އެކު އޮތް ގުޅުން ދަނީ ގޯސްވަމުންނެވެ.

ދެކުނު ޗައިނާ ކަނޑުގައި ރަށްތަކެއް އަޅަމުންދާ މައްސަލައިގައި އެ ސަރަހައްދުގެ ގައުމުތައް ކަންބޮޑުވާ އިރު، އިންޑިއާ އާއި ޗައިނާ ގުޅޭ ހިމަލަޔާ ފަރުބަދަ މަތީގެ ބޯޑަރުގައި ދެ ގައުމުގެ ސިފައިންގެ ކުރިމަތިލުންތައް ވެސް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

އޭގެ އިތުރުން ޓައިވާނުގެ މައްސަލައިގައި ޗައިނާއިން ދެކޭ ގޮތުގެ ވާހަކަ ދެއްކުން ތަކުރާރުކޮށްފައިވާ ކަމަށް އެނެލިސްޓުން ބުނެ އެވެ. ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ގައުމުގެ ބަޔެއްގެ ގޮތުގަ އެވެ.

ޗައިނާއިން އަސްކަރިއްޔާއަށް ކުރާ ހޭދަ އިތުރު ކުރި ނަމަވެސް، އަދިވެސް އެންމެ ބޮޑު އަސްކަރީ ބަޖެޓެއް އޮތީ އެމެރިކާގަ އެވެ. އެމެރިކާގެ 2022 ވަނަ އަހަރުގެ އަސްކަރީ ބަޖެޓަކީ 700 ބިލިއަން ޑޮލަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox