"ވީ އެންމެ އަވަހަކަށް" އީޔޫގެ މެމްބަރުކަން ޔޫކްރެއިނަށް ދެނީ

އީޔޫ ކޮމިޝަނުގެ ނައިބު ރައީސް މާރޯސް ސެފްކޮވިޗް.

އީޔޫ ކޮމިޝަނުގެ ނައިބު ރައީސް މާރޯސް ސެފްކޮވިޗް.

އާރްލެސް، ފްރާންސް (މާޗް 4) - ޔޫކްރެއިންގެ މުސްތަގްބަލު އޮތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ތެރޭގައި ކަމަށާއި ވީ އެންމެ އަވަހަކަށް ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން ދޭން ޖެހޭނެ ކަމަށް އީޔޫ ކޮމިޝަންގެ ނައިބު ރައީސް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

"މިހާރު މިއީ ވަރުގަދަ މެސެޖެއް ދޭންވީ ވަގުތު. މިއީ ޔޫކްރެއިންގެ ރައްޔިތުނަކީ ޔޫރަޕުގެ ރައްޔިތުންކަން އަންގައިދޭންވީ ވަގުތު. އަޅުގަނޑުމެން ބޭނުމީ ވީ އެންމެ އަވަހަކަށް މެމްބަރުކަން ދޭން،" މާރޯސް ސެފްކޮވިޗް ވިދާޅުވި އެވެ.

މި ހަފްތާގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އީޔޫ ޕާލިމެންޓުގައި އެދިވަޑައިގެންނެވީ ލަސްނުކޮށް އެ ގައުމަށް މެމްބަރުކަން ދިނުމަށެވެ. ރަޝިއާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ހެދި ޔޫރަޕްގެ ޕާލިމެންޓު މެމްބަރުން ވެސް ބޭނުން ވަނީ ޔޫކްރެއިނަށް މެމްބަރުކަން ދިނުމަށެވެ.

އެހެން ނަމަވެސް، އީޔޫގެ މެމްބަރު ކަމަށް އެދި ހުށަހަޅާ ގައުމުތައް ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ޔޫކްރެއިނުން ވެސް ފުރިހަމަ ކުރަން ޖެހޭނެ އެވެ. ހަނގުރާމައެއް ކުރިއަށް ދިޔަ ނަމަވެސް، އެ އިޖުރާއަތުތައް އަވަސް ކުރެވޭނެ ގޮތެއް ނެތެވެ.

"އެންމެ މުހިއްމު ކަމަކީ ވަރުގަދަ ސިޔާސީ ސިގްލަނެއް ފޮނުވައި، އީޔޫއަށް މެމްބަރުކަން ދިނުމަށް އަޅުގަނޑުމެން ވިސްނަމުންދާކަން ހާމަކުރުން. އަޅުގަނޑުމެން ދެކެނީ ޔޫކްރެއިނަކީ މުސްތަގްބަލުގައި އީޔޫގެ ދައުލަތެއްގެ ގޮތުގައި،" ސެފްކޮވިޗް ވިދާޅުވި އެވެ.

ކިޔެވްގައި ހުންނަވައި ވީޑިއޯ މެދުވެރިކޮށް އީޔޫ ޕާލިމެންޓަށް ދެއްވި ހިތާބުގައި މާޗް އެއް ވަނަ ދުވަހު ޒެލެންސްކީ ވިދާޅުވީ "ވަގުތުން މެމްބަރުންކަން ބޭނުންވާ" ކަމަށާއި ގައުމުން "ހަނގުރާމަ ކުރަމުން ދަނީ ދިރި ހުރުމަށް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox