ރަޝިޔާގެ ހަތިޔާރު ގަންނާތީ އެމެރިކާއިން އިންޑިއާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ވިސްނަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރަޝިއާގެ ރައީސް ލެޑިމިއާ ޕޫޓިން --

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރަޝިއާގެ ރައީސް ލެޑިމިއާ ޕޫޓިން --

ވޮޝިންގްޓަން، އެމެރިކާ (މާޗް 3) - ރަޝިއާ އިން ހަތިޔާރު ގައުމު ގަންނަ ގައުމުތަކާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އިންޑިއާ އާ ދެކޮޅަށް ވެސް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތްތޯ އެމެރިކާއިން ބަލަމުންދާ ކަމަށް އެގައުމުގެ ސީނިއާ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ އަސްކަރީ ހާޑްވެއާ ގަންނަ ގައުމުތަކާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރާނެތޯ ނުވަތަ މައާފު ކޮށްދެވިދާނެތޯ ރައީސް ޖޯ ބައިޑަން "ވަރަށް ގާތުން ބައްލަވަމުން" އަންނަ ކަމަށް ދެކުނު އޭޝިއާގެ ކަންކަމާ ބެހޭ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ ސެނެޓުގައި އިއްޔެ ވިދާޅުވި އެވެ.

"އިންޑިއާއިން ދާދިފަހުން ވަނީ މޮސްކޯއިން އެސް-400 ވައިގެ ދިފާއީ ނިޒާމު ގަނެފައި, އެއީ އެމެރިކާގެ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ކުރެވޭ ތުހުމަތުތަަކާއި ގުޅިގެން އެމެރިކާގެ ދެކޮޅުވެރިންނަށް ރައްދު ދިނުމަށް 2017 ވަނަ އަހަރު ހެދި ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ބެހޭ ގާނޫނު (ސީއޭއޭޓީއެސްއޭ) އާއި ހިލާފު އަމަލެއް،" އެމެރިކާގެ ސަރުކާރުން އެ ގާނޫނު ތަންފީޒުކޮށް އިންޑިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތު ބޮޑު ކަމަށް ލޫ ގަބޫލުކުރައްވާކަން ހާމަކުރަމުން އޭނާ ވިދާޅުވި އެވެ.

ރަޝިޔާއިން ގަތް އެސް-400 ޓްރިއަމްފް ސާފޭސް ޓު އެއާ މިސައިލް ލޯންޗަރު. --  ފޮޓޯ: ވިޓަލީ އަންކޯވް / ސްޕަޓްނިކް.
ރަޝިޔާއިން ގަތް އެސް-400 ޓްރިއަމްފް ސާފޭސް ޓު އެއާ މިސައިލް ލޯންޗަރު. -- ފޮޓޯ: ވިޓަލީ އަންކޯވް / ސްޕަޓްނިކް.

ރަޝިޔާއިން ގަތް އެސް-400 ޓްރިއަމްފް ސާފޭސް ޓު އެއާ މިސައިލް ލޯންޗަރު. -- ފޮޓޯ: ވިޓަލީ އަންކޯވް / ސްޕަޓްނިކް.

އެއީ މީގެ ކުރިން ތުރުކީއަށްވެސް ފިޔަވަޅު އަޅާފައި ވާތީ އެވެ. ރަޝިޔާއިން ހަތިޔާރު ގަނެފައިވާތީ 2020 ވަނަ އަހަރު އެމެރިކާއިން އެ ގައުމަށްވެސް ފިޔަވަޅު އަޅި އެވެ.

ލޫ އިތުރަށް ވިދާޅުވީ، ފާއިތުވީ މަސްތަކުގެ ތެރޭގައި އެމެރިކާއިން އިންޑިއާގެ އޮފިޝަލުންނާ އެކު "ވަރުގަދަ ހަނގުރާމައެއް" ފަށާފައިވާ ކަމަށާއި، ބައިޑަންގެ އިތުރުން ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވެސް އެގައުމަށް ބާރު އަޅުއްވަމުން ގެންދަވަނީ ރަޝިޔާގެ އެ ހަނގުރާމައާ ދެކޮޅުކަން އާންމު ކުރުމަށް ކަމަށެވެ.

ރަޝިޔާއިން މިގް-29 ގެ ހަނގުރާމަވެރިންނާއި، ހެލިކޮޕްޓަރުތަކާއި އެންޓި ޓޭންކް ހަތިޔާރުގެ އޯޑަރުތައް އިންޑިއާއިން މިހާރު ކެންސަލްކޮށްފައި ވީނަމަވެސް، އެ ގައުމާއި ދެކޮޅުކަން ސާފު އިބާރާތުން ހާމަކުރުމަށް ފަސްޖެހެމުން ދާކަން ލޫ ފާހަގަކުރެއްވި އެވެ.

"އިންޑިއާއާ ރަޝިޔާގެ ތާރީހީ ގުޅުމަށް ބަލާ، މިއަދު އަހަރެމެން (އެމެރިކާއިން) އެގައުމަށް (އިންޑިއާ) ހިއްސާކުރާ ދިފާއީ ޓެކްނޮލޮޖީއަކީ އެކަށީގެންވާ ގޮތެއްގައި ރައްކާތެރި ކުރެވޭނެ ޓެކްނޮލޮޖީއެއްތޯ ނުވަތަ ނޫންތޯ ދެނެގަތުމުގެ މަސައްކަތް ވޮޝިންޓަން އިން ކުރަމުން ދަނީ،" ލޫ އިއްޔެ ސެނެޓުގައި ވިދާޅުވި އެވެ.

ރަޝިޔާ އާ އިންޑިއާ ދެކޮޅުވާން ފެށީ އެގައުމުގެ ބޮމުގެ ހަމަލާއެއްގައި އިންޑިއާގެ ދަރިވަރަކު ހާރްކީވްގައި މަރާލި ހާދިސާއަށް ފަހު އެވެ.

އެހެންވެ، ބުދަ ދުވަހު ބޭއްވި އދގެ އާންމު މަޖިލީހުގައި ރަޝިޔާ ކުށްވެރިކޮށް، ޔޫކްރެއިންއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ނިއުދިއްލީއިން ވަކިވުމަކީ "އުންމީދީ ފިޔަވަޅުތަކެއް" ކަމަށް އެމެރިކާއިން ގަބޫލުކުރެ އެވެ. އެއީ ރަޝިޔާގެ ބައިވެރިއެއްގެ ގޮތުގައި އެމީހުން ދެކޭ ގައުމަކާ ދެކޮޅަށް އިންޑިއާގައި އާންމުންގެ ހިޔާލު ބަދަލުކުރަން ފަށައިފައި ވުމުންނެވެ.

ރަޝިޔާ އިން ޔޫކްރޭނަށް ހަމަލާތައް ދެމުން ދާއިރު ހަމަލާތަކުގެ މައުލޫމާތު ކުރީބައިގައި އެމެރިކާ އާއި ހިއްސާ ކުރަމުން ގެންދާކަން ކަމަށް އެމެރިކާގެ "އެންބީސީ" ނޫހުން ރިޕޯޓް ކުރުމާއި އެކު މިހާރު އެމެރިކާގެ ދިފާއީ ވުޒާރާ އިން ވެސް އެކަމަށް އެއްބަސްވެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox