ރަޝިޔާއަށް އަޅާ ފިޔަވަޅުތަކާއެކު ރާއްޖެއަށް އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ގެއްލުމެއް

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް ހިނގާފައި ދަނީ: މިހާތަނަށް އެކަނި ވެސް 200 މިލިއަން ޑޮލަރުގެ ގެއްލުންވެދާނެ ކަމަށް ބެލެވޭ -- ފޮޓޯ: ފައިލް

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް ހިނގާފައި ދަނީ: މިހާތަނަށް އެކަނި ވެސް 200 މިލިއަން ޑޮލަރުގެ ގެއްލުންވެދާނެ ކަމަށް ބެލެވޭ -- ފޮޓޯ: ފައިލް

ދުނިޔޭގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށް ރަޝިޔާއިން ޔޫކްރެއިނު ހިފުމަށް އެގައުމަށް އަރައި، ހަނގުރާމަ ކުރަމުންދާތީ ރަޝިޔާގެ ދައުލަތާއި މުއްސަނދިންނަށް އަމާޒުކޮށްގެން އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ދިވެހިރާއްޖޭގެ ޓުއަރިޒަމަށް އެތައް ސަތޭކަ މިލިއަން ޑޮލަރުން ގެއްލުންވާން ފަށައިފި އެވެ.

މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ މިންވަރު 50 ޕަސެންޓާ ގާތް ކުރެ އެވެ. އަދި މިހައަހަރުގެ މިހާތަނަށް ވެސް އެންމެ ގިނައިން ރާއްޖެ އައީ ރަޝިޔާ ފަތުރުވެރިންނެވެ. ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ރަޝިޔާގެ 43،519 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

"ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ވެސް 200 މިލިއަން ޑޮލަރު ގެއްލުންވެދާނެ. މަދުވެގެން އެ ވަރުގެ ގެއްލުންވެފައި ހުންނާނީ،" ރާއްޖެއަށް އެންމެ ގިނަ ރަޝިޔާ ފަތުރުވެރިން ގެންނަ އެއް ފަރާތް ކަމަށްވާ ރިސޯޓް ލައިފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާޒް ވަލީދު ވިދާޅުވި އެވެ.

ވަލީދު ވިދާޅުވީ، މިހާރު އެންމެ ބޮޑު ގެއްލުމެއްވަމުންދާނީ، ޕްރީ ބުކިންސް ނުވަތަ ކުރިން ހައްދާފައި ހުރި ބުކިންތައް ކެންސަލް ކުރަން ފެށުމުން ކަމަށެވެ. އަދި ފަތުރުވެރިންނަށް، ފައިސާ ދެއްކެން އޮތް މަގުތައް ބަންދު ކުރުމުން ވެސް ބޮޑެތި ގެއްލުންތަކެއްވަމުންދާނެ ކަމަށް ވަލީދު ލަފާ ކުރެއްވި އެވެ. އޭގެ އިތުރުން ރަޝިޔާގެ ފައިސާގެ އަގު ދަށްވުމުން ވެސް އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ވަލީދު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އިގްތިސާދަށް ވަރަށް ބޮޑަށް ގެއްލުންވާނެ. ލަގްޒަރީ ރިސޯޓުތަކަށް އަންނަ ގިނަ މީހުންނަކީ ވެސް ރަޝިޔާ މީހުން. ފަތުރުވެރިންގެ މާކެޓުގެ ގާތްގަނޑަކަށް 40 ޕަސެންޓަކީ ރަޝިޔާ މީހުން. އެހެންވީމަ ވަރަށް ބޮޑު އަސަރެއް ކުރާނެ އަޅުގަނޑުމެންނަށް،" އޭނާ ކިޔައިދެއްވި އެވެ.

ރަޝިޔާ/ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމަަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ފެބްރުއަރީ 24، ގައި ވިދާޅުވި އެވެ. ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ވިދާޅުވީ ޔޫކްރެއިން ހަނގުރާމަ ފެށުމަކީ ރާއްޖެއަށް "ރިހޭ ފައި މައްޗަށް ފޮތް ވެއްޓުން" ފަދަ ހާދިސާއެއް ކަމަށެވެ.

"ރަޝިޔާގެ ފައިނޭންޝިއަލް ސިޓުއޭޝަނަށް އަންނަ ބަދަލުތަކުން އެމީހުންގެ ކަރަންސީ ވަރަށް ބޮޑުތަން ދަށްވެއްޖެ މިހާރު ވެސް. އެހެންވީމަ ހިތްވަރު ލާފަ އަންނަން ބޭނުންވާ މީހާއަށް ވެސް ވަރަށް އަގު ބޮޑުވާނެ ރާއްޖެ،" މައުސޫމް ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރަޝިޔާ/ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ގެއްލުންތަކާ ގުޅޭ ގޮތުން މި ނޫހުން ސުވާލު ކުރުމުން ޑރ. މައުސޫމް އެއްޗެއް ވިދާޅެއްނުވި އެވެ. އަދި ޓުއަރިޒަމް މިނިސްޓްރީން ރަސްމީކޮށް ބުނީ، ރަޝިޔާ ހަނގުރާމައާ ގުޅޭ ގޮތުން އެ އޮފީހުން އަދި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox