ޔޫކްރެއިން ސިފައިން އިންޑިއާ ދަރިވަރުން ރަހީނުކޮށްގެން އުޅޭ ވާހަކަ ދޮގުކޮށްފި

ޔޫކްރެއިނުން އިންޑިއާއަށް އެނބުރި ދިޔަ ދަރިވަރަކު އެއާޕޯޓުގައި މަންމައާ ބައްދަލުވި ވަގުތު. -- ފޮޓޯ: ރޮއިޓާޒް

ޔޫކްރެއިނުން އިންޑިއާއަށް އެނބުރި ދިޔަ ދަރިވަރަކު އެއާޕޯޓުގައި މަންމައާ ބައްދަލުވި ވަގުތު. -- ފޮޓޯ: ރޮއިޓާޒް

ނިއު ދިއްލީ، އިންޑިއާ (މާޗް 2) - ޔޫކްރެއިނުން ހާރްކީވް ސިޓީގައި އިންޑިއާގެ ދަރިވަރުންތަކެއް ރަހީނުކޮށްގެން އުޅޭ ކަމަށް ރަޝިއާއިން ކުރި ތުހުމަތު އިންޑިއާއިން ދޮގުކޮށްފި އެވެ.

"ޔޫކްރެއިންގެ އިދާރާތަކުގެ އެހީއާ އެކު ގިނަ ދަރިވަރުންތަކެއް ވަނީ އިއްޔެ ވެސް ހާރްކީވް ދޫކޮށް ދަތުރު ފަށާފައި،" އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވި އެވެ.

"އެއްވެސް ދަރިވަރަކު ރަހީނުކޮށްގެން އުޅޭ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައެއް ނުވޭ،" އޭނާ ނެރުނު ބަޔާނެއްގައި ފާހަގަކުރެއްވި އެވެ.

Advertisement

ރަޝިއާއިން ތުހުމަތު ކުރި ގޮތުގައި ޔޫކްރެއިންގެ ސިފައިން ދަނީ ހާރްކީވްގައި ތިބި އިންޑިއާގެ ދަރިވަރުން "އައްޑަނައެއް"ގެ ގޮތުގައި ބޭނުން ކުރަމުންނެވެ.

"ޔޫކްރެއިންގެ އިދާރާތަކުން އެ ދަރިވަރުން ރަހީނުކޮށް، އައްޑަނައެއްގެ ގޮތުގައި ބޭނުންކުރަމުން ދަނީ، އެ ދަރިވަރުން ރަޝިއާއަށް ދަތުރު ކުރުން ހުއްޓުވުމަށް،" އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ބުދަ ދުވަހު ކުރެއްވި ވީޑިއޯ ކޯލަކަށް ފަހު ރަޝިއާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

"މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ޔޫކްރެއިން އިދާރާތަކުން،" އިންޑިއާގެ ދަރިވަރުން ސަލާމަތްތެރިކަމާ އެކު ޔޫކްރެއިނުން ދެވޭނެ ގޮތެއް ރާވަން ރަޝިއާއިން މަސައްކަތް ކުރާ ކަމަށް ބުނެ، އެ ބަޔާނުގައި ފާހަގަކުރި އެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވެސް ވަނީ އެ ތުހުމަތުކޮށްފަ އެވެ. އެގޮތުން މިނިސްޓްރީގެ ތަރުޖަމާނު އައިގޯ ކޮނަޝެންކޯވް ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވިދާޅުވީ އިންޑިއާ ދަރިވަރުން ތިބީ ރަހީނުކޮށްފައި ކަމަށެވެ.

ނަމަވެސް މޯދީ އާއި ޕުޓިންގެ ވީޑިއޯ ކޯލަށް ފަހު އިންޑިއާ ސަރުކާރުން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނީ ދަރިވަރުންތަކެއް "ތާށިވެފައިވާ" ކަމަށެވެ.

ރަޝިއާއިން ޔޫކްރެއިނަށް އެރުމުގެ ކުރިން 20،000 އިންޑިއާ ދަރިވަރުން އެ ގައުމުގައި އުޅުނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު އެނބުރި އިންޑިއާއަށް ގޮސްފައިވާ އިރު، 3،000 މީހުން އަދިވެސް ތިބީ ހާރްކީވްގަ އެވެ. ހާރްކީވްގައި އަންގާރަ ދުވަހު ހިނގި ހަމަލާ ބަދަލު ކުރުންތަކުގައި އިންޑިއާގެ ދަރިވަރަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox