ރަޝިއާ-ޔޫކްރެއިން ހަނގުރާމަ: ހަފްތާއެއް ފަހުން ދެކުނުގެ މުހިއްމު ސިޓީއެއް ހިފައިފި

ރަޝިއާގެ ޓޭންކުތަކާއި އަސްކަރީ އުޅަނދުތައް ވަނީ ހާސަންގެ މަގުތަކަށް ވައްދާފައި. -- ފޮޓޯ: ރޮއިޓާޒް

ރަޝިއާގެ ޓޭންކުތަކާއި އަސްކަރީ އުޅަނދުތައް ވަނީ ހާސަންގެ މަގުތަކަށް ވައްދާފައި. -- ފޮޓޯ: ރޮއިޓާޒް

ކިޔެވް، ޔޫކްރެއިން (މާޗް 2) - ޔޫކްރެއިންގެ ދެކުނުގެ މުހިއްމު ބަނދަރެއް ހިމެނޭ ސިޓީއެއް ރަޝިއާގެ ސިފައިން ހިފައިފި އެވެ.

ހާސަންއަކީ މީގެ ހަފްތާއެއް ކުރިން ރަޝިއާ ސިފައިން ޔޫކްރެއިނަށް އެރި ފަހުން ހިފުނު ފުރަތަމަ ސިޓީ އެވެ. މޭޔަރު އައިގޯ ކޮލްޔީހައޭވް ވިދާޅުވީ ރަޝިއާ ސިފައިން ސިޓީ ކައުންސިލް އިމާރާތަށް ވަދެ، ކާފިއު ހިންގަން ފަށާފައިވާ ކަމަށެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ 280،000 މީހުންގެ އާބާދީއެއް އޮންނަ ސިޓީ ހިފާފައިވާ ކަމަށާއި، އާއްމުންގެ ގަޔަށް ބަޑި ނުޖެހުމަށް ރަޝިއާ ސިފައިންނަށް ގޮވާލާ ކަމަށެވެ.

ހާސަން ސިޓީ އޮންނަ ހިސާބު ދައްކުވައިދޭ ޗާޓެއް.
ހާސަން ސިޓީ އޮންނަ ހިސާބު ދައްކުވައިދޭ ޗާޓެއް.

ހާސަން ސިޓީ އޮންނަ ހިސާބު ދައްކުވައިދޭ ޗާޓެއް.

ބްލެކް ސީގެ އައްސޭރިފަށުގައި އޮންނަ އެ ސިޓީގައި ޔޫކްރެއިންގެ ސިފައިން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ރައްޔިތުންނަށް ގޮވާލެއްވީ ރަޝިއާ ސިފައިންގެ ޝަރުތުތައް ބަލައިގަތުމަށެވެ.

titledesc

ގިނަ ސިޓީތަކަކަށް ހަމަލާދެމުންދާ އިރު، ހަނގުރާމައިގައި މިހާތަނަށް އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރީ ބުދަ ދުވަހު އެވެ.

ރަޝިއާއިން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ބެލެވޭތީ ދަ ހޭގްގައި ހުންނަ ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓު (އައިސީސީ) އިން ވަނީ ތަހުގީގެއް ފަށާފަ އެވެ.

ބުދަ ދުވަހުގެ ރޭ ރަޝިއާއިން ވަނީ އެ ގައުމަށް ހަނގުރާމައިގެ ލިބުނު ކަމަށް އަންދާޒާ ކުރެވޭ ގެއްލުމުގެ ތަފާސްހިސާބު އާއްމުކޮށްފަ އެވެ. އެގޮތުން 498 ސިފައިން މަރުވެ، 1،597 މީހުންނަށް އަނިޔާވެފައިވެ އެވެ.

ޔޫކްރެއިނުން ބުނާ ގޮތުގައި އެ ގައުމުގެ އާއްމު ރައްޔިތުންގެ ތެރެއިން 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން މިލިއަނަކަށް ވުރެ ގިނަ މީހުން ޔޫކްރެއިން ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ލަފާކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox