ރަޝިއާއާ ދެކޮޅު ގަރާރަށް ގައުމުތަކުން ވޯޓު ދިނީ ކިހިނެއް؟

ރަޝިއާއާ ދެކޮޅު ގަރާރަށް އދ. ގެ އާއްމު މަޖިލީހުގައި ގައުމުތަކުން ވޯޓު ދިން ގޮތުގެ ނަތީޖާ ސްކްރީނަށް އަރުވާފައި.

ރަޝިއާއާ ދެކޮޅު ގަރާރަށް އދ. ގެ އާއްމު މަޖިލީހުގައި ގައުމުތަކުން ވޯޓު ދިން ގޮތުގެ ނަތީޖާ ސްކްރީނަށް އަރުވާފައި.

މީގެ ހަފްތާއެއް ކުރިން ރަޝިއާގެ ސިފައިން ޔޫކްރެއިން އަރައި ދޭން ފެށި ހަމަލާތަކާ މެދު ދުނިޔޭގެ ގިނަ ގައުމުތަކުން ކަންބޮޑުވެ އެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގައި އޮތް "އާއްމު ގަވާއިދު" ރޫޅާލައި ގައުމެއް އަޅުވެތިކުރުމިގެ އަމަލެއްގެ ގޮތުގައި ސިފަކުރެ އެވެ.

ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔޭގެ ގައުމުތައް އެކުގައި މަސައްކަތް ކުރަން އުފެއްދި އދ. އިން މިހާތަނަށް ވަނީ ރަޝިއާގެ އެ އަމަލާ ދެކޮޅަށް ދެ ގަރާރަކަށް ވޯޓަށް އަހާފަ އެވެ. ފުރަތަމަ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފެއިލްވީ ރަޝިއާއިން ވީޓޯ ކުރުމުންނެވެ.

އެއަށްފަހު ސަލާމަތީ މަޖިލީހުގެ އެދުމަށް، އދ. ގެ އާއްމު މަޖިލީހުން ވަނީ ގަރާރާ މެދު ބަހުސް ކުރަން މެމްބަރު ހުރިހާ ގައުމަކަށް ހުޅުވާލައި، އެ ގައުމުތަކުގެ މެދުގައި ވޯޓަށް އަހާފަ އެވެ. އެއާ އެކު މެޖޯރިޓީ ގައުމުތަކުން މި މައްސަލައިގައި ދެކޭ ގޮތް ވަނީ ހާމަވެފަ އެވެ.

ބުދަ ދުވަހުގެ ރޭ ގަރާރަށް ވޯޓަށް އެހުމުން، ފާސްވީ އދ. ގެ މެމްބަރު 193 ގައުމުގެ ތެރެއިން 141 ގައުމުގެ ވޯޓުންނެވެ. ގަރާރާ ދެކޮޅަށް ވޯޓު ދިނީ ފަސް ގައުމުންނެވެ. އަދި ވަކި އަތަކަށް ނުޖެހެނީ 35 ގައުމުންނެވެ.

ގަރާރަށް ތާއީދުކޮށް ވޯޓު ދިން މެޖޯރިޓީގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެ އެވެ. އެހެން ނަމަވެސް، ދެކުނު އޭޝިއާގައި ރާއްޖޭގެ އަވައްޓެރިންގެ ގޮތުގައި އޮތް ހަތަރު ގައުމަކުން ވޯޓު ދިނީ ތަފާތުކޮށެވެ. އެގޮތުން ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާއިން ނިންމީ ވަކި ކޮޅަކަށް ވޯޓު ނުދިނުމަށެވެ.

ވަކި ކޮޅަކަށް ވޯޓު ނުދޭ ގައުމުތަކުގެ ލިސްޓުގައި ދެން ހިމެނޭ މުހިއްމު ގައުމުތަކަކީ ޗައިނާ، ކިއުބާ، އިރާން، އިރާގް އެވެ. ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއާ އެއް ގޮތަށް ވޯޓު ދިން ގައުމުތަކަކީ އަފްގާނިސްތާނާއި ނޭޕާލް އެވެ.

ގައުމުތަކުން ވޯޓު ދިން ގޮތުގެ ތަފްސީލް.
ގައުމުތަކުން ވޯޓު ދިން ގޮތުގެ ތަފްސީލް.

ގައުމުތަކުން ވޯޓު ދިން ގޮތުގެ ތަފްސީލް.

ގަރާރާ ދެކޮޅަށް އަދި ރަޝިއާއަށް ތާއީދުކޮށް ވޯޓު ދިން ފަސް ގައުމަކީ ބެލަރޫސް، ނޯތު ކޮރިއާ، އެރިޓްރިއާ، ރަޝިއާ އަދި ސީރިއާ އެވެ. ގަރާރަށް ވޯޓަށް އެހުމުގެ ކުރިން ވެސް އެ ގައުމުތަކުން ވަނީ ރަޝިއާއަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

އާއްމު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ ގާނޫނީ ގޮތުން އަމަލު ކުރުން މަޖުބޫރު ގަރާރެއް ނޫނެވެ. ނަމަވެސް ގަރާރު ފާސްވުމުން ރަޝިއާއަށް ކުރިމަތިވެފައިވާ ފިއްތުން އިތުރުވާނެ އެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތަކާ ގުޅިގެން ރަޝިއާއިން ބުނެފައިވަނީ އެއީ އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގައި ބުނާ "އަމިއްލަ ދިފާއު"ގެ ދަށުން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ނަމަވެސް ހުޅަނގުގެ ގައުމުތަކުން އެ ވާހަކަ ދޮގުކުރުމަށް ބުނީ އދ. ގެ ޗާޓަރުގެ ދެ ވަނަ މާއްދާއާ ރަޝިއާއިން ހިލާފުވެފައިވާ ކަމަށެވެ. އެ މާއްދާގައި ބުނެފައި ވަނީ މައްސަލައެއް ހައްލު ކުރަން ބިރުދެއްކުމާއި ބާރުގެ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

ޔޫކްރެއިނާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުން ގަރާރުގެ ލިޔުން ތައްޔާރު ކުރިއިރު، އެއަށް ގިނަ އިސްލާހުތަކެއް ވެސް ގެނެސްފައިވެ އެވެ. އެގޮތުން ރަޝިއާގެ އަމަލު "ކުށްވެރި" ކުރުމުގެ ބަދަލުގައި "އެންމެ ހަރުކަށި އިބާރާތުން ހިތްހަމަނުޖެހުން" ފާޅުކުރާ ކަމަށް ބަދަލުކޮށްފައިވެ އެވެ.

އޭގެ އިތުރުން ރަޝިއާގެ ނިޔުކްލިއާ ފައުޖު ތައްޔާރީ ހާލަތަށް ގެނައުން އދ. އިން "ކުށްވެރި ކުރާ" ކަމަށް ގަރާރުގައި ހިމަނާފައިވެ އެވެ. ގަރާރުގައި ގޮވާލަނީ ރަޝިއާގެ ސިފައިން ވަގުތުން ޔޫކްރެއިނުން ފައިބާ ސުލްހައަށް މަސައްކަތް ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox