ގޯލްޑަން ފުޓްސަލް ޗެލެންޖް: ދިއްގަރާއި އޮމަދޫ އަތޮޅު ފައިނަަލަށް، މުލައް، މާމިގިލި، ބިލެއްދޫ އަދި މަގޫދޫ އަށް މޮޅެއް

Mar 2, 2022, 4:46 AM
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ދިއްގަރާއި މަޑުއްވަރީ ކުޅުނު މެޗުގެ ތެރެއިން.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ދިއްގަރާއި މަޑުއްވަރީ ކުޅުނު މެޗުގެ ތެރެއިން.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު ގްރޫޕްގެ ދެ ވަނަ މެޗުން މޮޅުވެ، މ. ދިއްގަރު އަތޮޅު ފައިނަަލަށް ދިޔައިރު، ރޭ މ. މުލައް، އދ. އޮމަދޫ، އދ. މާމިގިލި، ފ. ބިލެއްދޫ އަދި ފ. މަގޫދޫ ވެސް ކުޅުނު މެޗުތަކުން މޮޅުވެއްޖެ އެވެ.

ދިއްގަރުން ވަނީ ކުޅުނު ފުރަތަމަ މެޗުގައި މ. ނާލާފުށި އަތުން ވެސް މޮޅުވެފަ އެެވެ. ރޭ މަޑުއްވަރީގެ މައްޗަށް 4-1 އިން ކުރިހޯދައި ދިއްގަރުން މ އަތޮޅު ފައިނަލުގެ އެއް ޖާގަ މި ވަނީ ޔަގީންކޮށްފަ އެވެ. މ. އަތޮޅުގެ އަނެއް ގްރޫޕްގައި ރޭ ކޮޅުފުށި އަތުން 1-0 އިން މުލައް ވަނީ މޮޅުވެފަ އެވެ. ކުޅުނު ދެ މެޗުން ވެސް މޮޅެއް ނުލިބި ކޮޅުފުށި، އެ ޓީމު ވަނީ ކަޓައިފަ އެވެ. މި ގްރޫޕުން އަތޮޅު ފައިނަލުގެ ޖާގަ އަކަށް ވާދަކުރަނީ މުލަކާއި މުއްޔެވެ.

އދ. އޮމަދޫ އިން ވަނީ ރޭ 7-1 އިން އެ އަތޮޅު ކުނބުރުދޫ ބަލިކޮށްފަ އެވެ. އޮމަދޫ އިން ފުރަތަމަ މެޗުގައި ވަނީ ދަގެނތި ވެސް ބަލިކޮށްފަ އެވެ. އެހެންކަމުން ކުޅުނު ދެ މެޗުން ހޯދި މޮޅާ އެކު އޮމަދޫ އަށް މި ވަނީ އަތޮޅު ފައިނަލުން ފުރުސަތު ލިބިފަ އެވެ. އަތޮޅު ފައިނަލުގެ އަނެއް ޖާގައަށް ވާދަކުރަނީ މާމިގިއްޔާއި ހަންޏާމީދޫ އެވެ. ހަންޏާމީދޫން ވަނީ ފުރަތަމަ މެޗުގައި 2-1 އިން ފެންފުށި ބަލިކޮށްފަ އެވެ. ރޭ ފެންފުށި އަތުން މާމިގިލި މޮޅުވީ 4-0 އިންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ މ. މުލަކާއި ކޮޅުފުށި ބައްދަލުކުރި މެޗުގެ ތެެރެއިން.

ރޭ ފ. ނިލަންދޫގެ މައްޗަށް ބިލެތްދޫ ކުރިހޯދީ 3-1 އިންނެވެ. އަދި މަގޫދޫ އަތުން 7-0 އިން ބަލިވެ ފީއަލި ވަނީ ކަޓައިފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ކޮޅުފުށި ކޮޅަށް މުލަކުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިފްދާދު އަހުމަދު އެވެ. ދިއްގަރު ޓީމުން ރޭ މަޑުއްވަރީ ކޮޅަށް ޖެހި ހަތަރު ގޯލުގެ ތެެރެއިން ދެ ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އާދަމް ހަލީލް އެެވެ. އަނެއް ދެ ގޯލު ޖެހީ އަހުމަދު މިދުހަތު މަހުމޫދާއި ނޫހު މައްސޫދު އެވެ. މަޑުއްވަރީގެ ހަަމައެކަނި ގޯލު ޖެހީ އިބްރާހިމް މުއާޒް އެވެ.

މާމިގިލި ޓީމުން ރޭ ފެންފުށި ކޮޅަށް ގޯލުތައް ޖެހީ ހައިޝަމް އަރީފް އާއި ހިސާމް ސަލީމް އެވެ. މީގެ ތެެރެއިން މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ހައިޝަމް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ރޭ އދ. އޮމަދޫގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މޫސާ އަރީފް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެ ޓީމުގެ އަލީ އަޒުމީ ވެސް ހެޓްރިކެއް ހެދިއިރު، އަނެއް ގޯލު ޖެހީ ހަސަން ސާމް އެވެ. ކުނބުރުދޫގެ ހަމައެކަނި ގޯލު ޖެހީ ފަތުހީ އެވެ.

ނިލަންދޫ ކޮޅަށް ބިލެތްދޫން ތިން ގޯލު ވައްދާލިއިރު، މުނީފް އަބްދުﷲ ނަސީރު ދެ ގޯލު ޖެހި އެވެ. މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް މުނީފަށް ލިބުނުއިރު، އެ ޓީމުގެ އަނެއް ގޯލު ޖެހީ ޒުހުރީ އެވެ. ނިލަންދޫގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅުނު ފާރޫގު އިސްމާއިލް އެވެ. ފީއަލި ކޮޅަށް މަގޫދޫގެ ގޯލުތައް ޖެހީ އަބްދުﷲ މުއާޒް، މޫސާ މާހިލް މިގުދާދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި އަހުމަދު މުއާޒް، މޫސާ އައްސަދު އަންވަރު އަދި މުސްތަފާ އެެވެ. މޮޅު ކުޅުންތެރިއަކީ އަބްދުﷲ މުއާޒް އެވެ.

މުބާރާތުގައި މިރޭ ވެސް ހަ މެޗެއް ކުޅޭނެ އެވެ. ކ އަތޮޅުގެ ދެ މެޗުގައި ހުރާ ކުޅޭނީ ކާށިދޫއާ އެވެ. މާފުށި ބައްދަލުކުރާނީ ގުރައިދޫއާ އެވެ. ގއ. ދެ މެޗުގައި، ކަނޑުހުޅުދޫ ބައްދަލުކުރާނީ ނިލަންދޫއާ އެވެ. އަދި ދެއްވަދޫ ނުކުންނާނީ މާމެންދޫއާ ދެކޮޅަށެވެ. ތ. އަތޮޅުގެ ދެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުށި ކުޅޭނީ ވޭމަންޑޫއާ އެވެ. ގާދިއްފުށިން ކިނބިދޫއާ ކުޅޭ މެޗު ވެސް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox