ޔޫކްރެއިންގައި ތާށިވެފައި ހުރި އިންޑިއާގެ ދަރިވަރަކު މަރުވެއްޖެ

ރަޝިއާއިން އަންގާރަ ދުވަހު ހަރްކީވްއަށް ދިން ހަމަލާތަކުގައި ލިބިފައިވާ ގެއްލުން. -- ފޮޓޯ: އޭއެފްޕީ

ރަޝިއާއިން އަންގާރަ ދުވަހު ހަރްކީވްއަށް ދިން ހަމަލާތަކުގައި ލިބިފައިވާ ގެއްލުން. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (މާޗް 1) - ޔޫކްރެއިންގައި ތާށިވެފައި ހުރި އިންޑިއާގެ ދަރިވަރަކު އަންގާރަ ދުވަހުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީގެ ޓްވީޓެއްގައި ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު ރަޝިއާއިން ހަރްކީވްއަށް ދިން ހަމަލާތަކުގައި އިންޑިއާގެ ދަރިވަރަކު މަރުވެފައިވާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ މަރުވީ އުމުރުން 21 އަހަރުގެ ނަވީން ޝެހަރައްޕަ ގްޔަނަގޫޑަރް ކަމަށެވެ. ކަރްނާޓަކާއަށް ނިސްބަތްވާ އެ ޒުވާނާ ޔޫކްރެއިންގައި އުޅުނީ ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށެވެ.

Advertisement
ނަވީން ޝެހަރައްޕަ ގްޔަނަގޫޑަރް
ނަވީން ޝެހަރައްޕަ ގްޔަނަގޫޑަރް

ނަވީން ޝެހަރައްޕަ ގްޔަނަގޫޑަރް

އިންޑިއާގެ ރައްޔިތުން ރައްކާތެރިކަމާ އެކު އެނބުރި ގައުމަށް އާދެވޭނެ ގޮތް ފަހިކޮށްދިނުމަށް ރަޝިއާ އާޢި ޔޫކްރެއިންގެ ސަފީރުންނަށް ތަކުރާރުކޮށް ގޮވާލާ ކަމަށް އިންޑިއާއިން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާއިން ޔޫކްރެއިނަށް ދޭން ފެށި ހަމަލާތަކުގައި ހިފަން މަސައްކަތް ކުރާ އެއް ތަނަކީ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ހަރްކީވް އެވެ.

އެގޮތުން އަންގާރަ ދުވަހު އެ ސިޓީއަށް ދިން ހަމަލާތައް ވަރުގަދަކޮށް، ސިޓީގެ މެދުގައި އޮންނަ މައިދާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ހަނގުރާމަ ފެށުމުގެ ކުރިން 20،000 އެއްހާ އިންޑިއާ ރައްޔިތުން ޔޫކްރެއިންގައި ތިއްބެވެ. އޭގެ ތެރެއިން 8،000 މީހުން ވަނީ އަނބުރާ ގައުމަށް ގޮސްފަ އެވެ. ސަރުކާރުގެ އެހީގައި 1،400 މީހުން ވެސް ގެންދިޔަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް ކައިރި ގައުމުތަކަށް އެތެރެވާން ބައެއް ދަރިވަރުންނަށް ވަނީ ހުރަސްތަކާ ކުރިމަތިވެފަ އެވެ. އެގޮތުން ޔޫކްރެއިންގެ ބޯޑަރު ގާޑުން ފައިސާއަށް ޑިމާންޑު ކުރާ ކަމަށް ނޫސްތަކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox