މާލީ މަސްލަހަތު ހާމަކުރުމުގެ ބިލު އޮތީ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވައިލެވޭ ގޮޮތަށް: އަލީ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ މާލީ މަސްލަހަތު ހާމަކުރުމުގެ ބިލް އޮތީ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ ވިދާޅުވީ މާލީ މަސްލަހަތު ހާމަކުރުމުގެ ބިލް އޮތީ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސްކުރަން ފަށާފައިވާ މާލީ އަދި އެހެނިހެން މަސްލަހަތުތައް ހާމަކުރުމުގެ ބިލު އޮތީ ސަރުކާރަކުން ބޭނުން ވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

މާލީ ބަޔާން ހާމަކުރަން، ގާނޫނުއަސާސީ އާއި ގާނޫނުތަކުން ލާޒިމްކުރާ ފަރާތްތަކުން، އެ ބަޔާން ހާމަކުރުމުގައި ދޮގު ހައިދިފި ނަމަ 500،000ރ. ގެ ޖޫރިމަނާއަކާއި އެކު ވަޒީފާއިން ވަކިކޮށް ޖަލު ހުކުމެއް އަންނަ ގޮތަށް ގާނޫނެއް ހަދަން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެބިލަށް ކުރި ބަހުސްގައި އެމްޑީޕީގެ ބައެެއް މެމްބަރުންގެ ވެސް ކަންބޮޑުވުންތައް ހުއްޓެވެ.

ޖުމްލަ ގޮތެއްގައި އެ ބިލުގެ މަފްހޫމަށް ތާއީދު ކުރެއްވި ނަމަވެސް, އަލީ ހުސައިން ވިދާޅުވީ އެ ބިލުގައިވާ ބައެއް ބައިތައް ހުރީ ސަރުކާރުތަކަށް ދޭން ނުވާ ވަރުގެ ބޮޑެތި ބާރުތައް ލިބޭ ގޮތަށް ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ކޮންމެ ސަރުކާރަކީ ރައްޔިތުންގެ ހައްގުތަކަށާއި މިނިވަންކަމަށްޓަކައި މަސައްކަތްކުރާނެ ސަރުކާރެއް ކަމަށް ބަލާކަށް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

ސަރުކާރަށް އެކަށީގެން ނުވާ ބާރުލިބޭ އެއް މާއްދާއަކީ އޭނާ ވިދާޅުވި ގޮތުގައި މާލީ ބަޔާންތައް ހުށަހަޅާ އިރު މައުލޫމާތު ފުރިހަަމަ ނުވެ އޮތުމުން އަޅާ ފިޔަވަޅެއްގެ ގޮތުގައި މަގާމުން ވަކިކުރެވޭ ގޮޮތަށް އޮތް މާއްދާ އެކެވެ.

"މީގައި ވަރަށް އެހެން ކަހަލަ ހާލަތެއް އެބަ އޮވޭ. ހުށަހަޅަން ޖެހޭ މައުލޫމާތު ހުށަނާޅައިފި ކަމަށް ވާނަމަ އިނގޭތޯ، މީގައި މިއޮންނަނީ ގާނޫނުގެ ދަށުން ހުށަހަަޅާ ބަޔާނެއްގައި ތެދުނޫން މައުލޫމާތެއް ހިމަނައިފި ނަމަ ނުވަތަ މައުލޫމާތު ފުރިހަމައަށް ހިމަނާފައި ނުވާ ނަމަ [ފިޔަވަޅު އަޅަން]، އިއްޒަތްތެރި ރައީސް މި ނުރައްކާވީ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިިދާޅުވީ އެއީ ސަރުކާރަކަށް ދޭން ނުވާ ވަރުގެ ބާރެއް ކަމަށެވެ. އޭގެ މާނައަކީ އެއީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަކުރެވިދާނެ ކަމަކަށް ވާތީ ސަރުކާރުން ބޭނުންވާ ނަތީޖާއެއް ނެރެވޭނެ ހާލަތެއް އެ މާއްދާގެ ސަަބަބުން އުފެދޭނެ ކަމެވެ. އަލީ ސިފަކުރެއްވި ގޮތުގައި އެއީ ގާނޫނު ތަންފީޒުކުރާ ފަރާތުގެ ހައިސިއްޔަތުން ސަރުކާރަށް "ދޭން ނުވާ ވަރުގެ ބޮޑު ލަޓިބުރިއެއް" ދިނުމެވެ.

އޭރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، ހަމަ ހިމަނަން ޖެހޭ އެއްޗެއް ހިމަނާފައި ނެތީއޭ ކިޔާފައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހަމަ ރޯއިން އެއްކޮޅަށް، ބާރަ ވަރަކަށް މެމްބަރުން، ވިހިވަރަކަށް މެމްބަރުން، އެއިރެއްގައި އިދިކޮޅަށް ތިބިއްޔާ ތިބިހާ މެމްބަރުން ވަކިކުރުމަކީ، ދުއްވައިލުމަކީ ހަމަ ހިނގައިފާނެ ކަމެއް، ހިނގާނެ ކަމެއް. މިހައިތަނަށް ހިނގައިފައި އޮތް ކަންތައްތައް މިއީ އިނގޭތޯ،" އަލީ ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު އޮތް ސަރުކާރަށް ވެސް އަދި ފަހުން އަންނާނެ ސަރުކާރުތަކަށް ވެސް އެވަރުގެ ބާރުތަކެއް ދޭން އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ.

ބޮޑެތި އަދަދުން ޖޫރިމަނާކޮށް އަދަބުދެވޭ ކަންތައްތައް

  1. މާލީ ބަޔާނުގައި ތެދުނޫން މައުލޫމާތެއް ހިމެނުން ނުވަތަ ފުރިހަމައަށް މައުލޫތު ނުހިމެނުން: އެގޮތަށް ކަންތައް ކުރާ ފަރާތްތައް ގިނަވެގެން 500،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. ޖޫރިމަނާކުރުމުގައި ބަލާނީ ކަމުގެ ކުޑަބޮޑުމިނަށެވެ. އަދި ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.
  2. ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި މާލީ ބަޔާން ހުށަނޭޅުން. އެގޮތަށް އަމަލުކޮށްފި ނަމަ ފުރަތަމަ ފަހަރު 100،000.ރ އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ ގިނަވެގެން 500،000.ރ އާ ހަަމައަށް ޖޫރިމަނާގެ އަދަދު ބޮޑު ކުރެވޭނެ އެވެ.އަދި ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.
  3. ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރާ އިދާރާއިން އަންގާ އެންގުމަކާ ހިލާފުވުން: އެގޮތަށް ކަންތައް ކޮށްފި ނަމަ ފުރަތަމަ ފަހަރު 100،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. އަދި އެކަން ތަކުރާރުކުރާ ނަމަ ގިނަވެގެން 500،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ގިނަވެގެން ދެ އަހަރު ދުވަހަށް ޖަލަށް ލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox