ގޯލްޑަން ފުޓްސަލް ޗެލެންޖް: ނާވައިދޫ، އިހަވަންދޫ އަދި ކަނޑިތީމުން އަތޮޅު ޗެމްޕިއަންކަން ހޯދައިފި

Feb 28, 2022, 4:17 AM
ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ނާވައިދޫ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް.

ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ނާވައިދޫ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް ޗެލެންޖް.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގެ އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހދ. ނާވައިދު އާއި ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމުން ހޯދައިފި އެވެ.

އިހަވަންދޫ އިން އަތޮޅު ތަށި ދިފާއުކުރީ ރޭ ކުޅުނު ފައިނަލުގައި ހޯރަފުށި އަތުން 2-0 އިން މޮޅުވެގެންނެވެ. ހދ. ވައިކަރަދޫ އަތުން އެ އަތޮޅު ފައިނަލުގައި 7-1 އިން ނާވައިދޫ މޮޅުވިއިރު، މިލަންދޫ 2-1 އިން ބަލިކޮށް ކަނޑިތީމުން ވަނީ ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ހއ. އަތޮޅުގެ ފައިނަލުގައި އިހަވަންދޫ އިން ހޯރަފުށި ކޮޅަށް ގޯލު ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފަހުކޮޅާއި ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އިބްރާހިމް ސުހޭލް އޭރިއާބޭރުން ޖެހި ގޯލަކުން އިހަވަންދޫ އަށް ލީޑުނަގައިދިންއިރު، ހޯރަފުށީގެ އަބްދުﷲ ޔާމީން (ޔާނު) އާއި އަލީ ޝިމާހު ފޮނުވާލި ބޯޅަތައް އިހަވަންދޫގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފުގައި އިހަވަންދޫގެ ދެ ވަނަ ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ހުސެއިން ނަޝީދު އެވެ.

އިހަވަންދޫގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ހއ.ގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޓްރޮފީ ހޯދީ 10 ގޯލު ޖެހި އިބްރާހިމް ހާމިދު އެވެ.

ނާވައިދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ ރޭ ވައިކަރަދޫ ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. އަނެއް ގޯލުތައް ޖެހީ އަހުމަދު ހަމީދު (އައްމަޑޭ)، މުހައްމަދު ނާޝިދު (ނާއްޓޭ) އަދި އަބްދުﷲ ނާސިފް އެވެ. ވައިިކަރަދޫގެ ގޯލު ޖެހީ އަހުމަދު ރައުޝަން އެވެ.

ހދ.ގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނާވައިދޫގެ އައްމަޑޭ އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންނަކީ ޝާއްޕެ އާއި އައްމަޑޭ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ނުވަ ގޯލު ޖަހައިފަ އެވެ.

ށ. އަތޮޅުގެ ފައިނަލުގައި ކަނޑިތީމުން މިލަންދޫ އަތުން ހޯދީ އުނދަގޫ މޮޅެކެވެ. ކަނޑިތީމުގެ ދެ ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ނަދާދު އެވެ. މިލަންދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޝަނީ އެވެ. ށ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ނަދާދު އެވެ. އޭނާ ވަނީ ޖުމްލަ ހަތް ގޯލު ޖަހައިފަ އެވެ.

ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކަނޑިތީމު ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ކ. ގާފަރުން ވަނީ 4-1 އިން ކ. މާފުށި ބަލިކޮށްފަ އެެވެ. ގާފަރުގެ ނާއިހް މުފީދާއި ގައިސާން އަބޫބަކުރު މާހިރު ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މާފުށީގެ ހަމައެކަނި ގޯލު ޖެހީ ހަސަން އިމްރާން އެވެ.

ކ. އަތޮޅު އަނެއް މެޗުގައި، ކާށިދޫން ވަނީ 4-1 އިން ތުލުސްދޫ ބަލިކޮށްފަ އެވެ. ކާށިދޫގެ ގޯލުތައް ޖެހީ އަބްދުﷲ ސުޒޭރު ދެ ގޯލާއި އަކުމަލް މުހައްމަދާއި އަހުމަދު ނާސިހު އެވެ.

ރޭ ކުޅުނު ދ އަތޮޅު މެޗުގައި ކުޑަހުވަދޫ ވަނީ 5-2 އިން ބަނޑިދޫ ބަލިކޮށްފަ އެވެ. ކުޑަހުވަދޫގެ ޝައުކަތު އަމީން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ގޯލުތައް ޖެހީ މުހައްމަދު އަރީޝް އާއި އަބްދުލް މުގުސިދު އެވެ. ބަނޑިދޫގެ ދެ ގޯލު ޖެހީ އަފްރާހު އިބްރާހިމް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox