"ޑިމޮކްރެޓިކް ވައިގެ ސަރަހައްދަށް" ވަނުން ރަޝިއާގެ ބޯޓުތަކަށް މަނާ

ރަޝިއާގެ އެއިރޯފްލޮޓްގެ ބޯޓެއް. -- ފޮޓޯ: އޭއެފްޕީ

ރަޝިއާގެ އެއިރޯފްލޮޓްގެ ބޯޓެއް. -- ފޮޓޯ: އޭއެފްޕީ

މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ހަމަލާ ދޭން ފެށުމުން ރަޝިއާއާ ދެކޮޅަށް އިއުލާނު ކުރި އެންމެ ފުރަތަމަ އެއް ފިޔަވަޅަކީ ވައިގެ ސަރަހައްދަށް ވަނުން މަނާކުރުމެވެ. އެގޮތުން ޔޫރަޕްގެ ގިނަ ގައުމުތަކުން ވަނީ އެ ފިޔަވަޅު އަޅަން ފަށާފަ އެވެ.

ހުކުރު ދުވަހު އިނގިރޭސިވިލާތުން ބުނި ގޮތުގައި ރަޝިއާގެ ޕްރައިވެޓް ޖެޓުތައް ހިމެނޭ ގޮތަށް އެއްވެސް ފްލައިޓެއް އެ ވަގުތުން ފެށިގެން އިނގިރޭސި ވައިގެ ސަރަހައްދަށް ވަނުން މަނާވާނެ އެވެ.

ޗެކް ރިޕަބްލިކް، ޕޮލޭންޑް އަދި ބަލްގޭރިއާއިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ރަޝިއާގެ އެއްވެސް ވައިގެ އުޅަނދަކަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށް އެތެރެ ނުވެވޭނެ ކަމަށެވެ.

އޭގެ އިތުރުން އެސްޓޯނިއާ، ލެޓްވިއާ، ލިތުއޭނިއާ، ސްލޮވީނިއާ އަދި ރޮމޭނިއާއިން ވެސް ހަމަ އެ ދުވަހު އެ ފިޔަވަޅު އިއުލާނު ކުރި އެވެ.

"އަނިޔާވެރިވާ ދައުލަތެއްގެ ފްލައިޓްތަކަށް ޑިމޮކްރެޓިކް ވައިގެ ސަރަހައްދަކުން ޖާގައެއް ނުލިބޭނެ،" އެސްޓޯނިއާގެ ބޮޑު ވަޒީރު ކާޖާ ކަލާސް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

އާދީއްތަ ދުވަހު އޮސްޓްރިއާއިން ބުނީ އެ ގައުމުގެ ވައިގެ ސަރަހައްދާއި އެއާޕޯޓުގެ ބިންތައް ރަޝިއާގެ ފްލައިޓްތައް ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށެވެ.

"ޔޫކްރެއިނަށް އަރައިގެން ކުރަމުންދާ ހަނގުރާމަ ބަލައިނުގަންނަކަން ލެޑިމިއަ ޕުޓިންއަށް އަންގައި ދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް މި ދަނީ ކުރަމުން،" ޗާންސެލަރު ކާލް ނެހަމާގެ ޓްވީޓުގައި ވިދާޅުވި އެވެ.

އޮސްޓްރިއާގެ އިތުރުން ޖަރުމަނުވިލާތުން ވެސް ބުނީ އާދީއްތަ ދުވަހުން ފެށިގެން ތިން މަސް ވަންދެން ރަޝިއާގެ ހުރިހާ ފްލައިޓެއް މަނާ ވާނެ ކަމަށެވެ.

ފްރާންސުން ބުނީ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ރަޝިއާގެ ބޯޓުތަކަށް ވައިގެ ސަރަހައްދު ބަންދު ވާނެ ކަމަށެވެ. ބެލްޖިއަމްއިން ވެސް ބުނީ ރަޝިއާގެ ބޯޓުތަކަށް މަރުހަބާ ނުކިޔާނެ ކަމަށެވެ.

"ޔޫރަޕްގެ ވައިގެ ސަރަހައްދަކީ ހުޅުވާލެވިފައިވާ ސަރަހައްދެއް. އެކަމަކު ހުޅުވާލެވިފައި ވަނީ އެހެން މީހުންނާ ގުޅިގެން އުޅޭ ފަރާތްތަކަށް، އެހެން މީހުންނަށް އަނިޔާވެރިވާ ފަރާތްތަކަކަށް ނޫން،" ބޮޑު ވަޒީރު އެލެގްޒެންޑާ ޑެ ކްރޫ ވިދާޅުވި އެވެ.

ޔޫރަޕުގެ އެންމެ އުތުރުން ފިންލޭންޑާއި، ސްވިޑަން، ޑެންމާކް، ނޯވޭ އަދި އައިސްލޭންޑުން ވެސް ވަނީ ރަޝިއާގެ ބޯޓުތަކަށް ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.

އިޓަލީ، ސްޕެއިން އަދި މޯލްޓާއިން ވެސް އެގޮތަށް ނިންމީ "ޔޫކްރެއިނާ އެކު ތިބިކަން" ހާމަކުރުމަށް ކަމަށް ބުންޏެވެ. އޭގެ އިތުރުން ނޯތު މެސެޑޯނިއާއިން ވެސް އެ ފިޔަވަޅު އެޅުމުގައި ބައިވެރިވި އެވެ.

ޔޫރަޕްގެ ގައުމުތަކުން އެޅި ފިޔަވަޅަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާއިން އާދީއްތަ ދުވަހު ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު އެސްޓޯނިއާ، ލެޓްވިއާ، ލިތުއޭނިއާ އަދި ސްލޮވީނިއާއަށް ބަންދުކޮށްފަ އެވެ.

އޭގެ ކުރިން ބަލްގޭރިއާ، ޕޮލޭންޑް، ޗެކް ރިޕަބްލިކް އަދި އިނގިރޭސިވިލާތުގެ ބޯޓުތަކަށް ވެސް ރަޝިއާގެ ވައިގެ ސަރަހައްދު ބަންދުކުރިކަން އިއުލާނު ކުރި އެވެ.

ރަޝިއާއާ ދެކޮޅަށް ގިނަ ގައުމުތަކުން އެ ފިޔަވަޅު އެޅުމުން، ދުނިޔޭގެ ހުޅަނގަށް ކުރަން ޖެހޭ ދަތުރުތަކަށް އެ ގައުމުގެ އެއާލައިންތަކަށް އޮތީ މަދު ރޫޓުތަކެކެވެ. އެހެންކަމުން، ފްލައިޓްތަކަށް ހޭދަވާ ވަގުތު އިތުރުވާނެ އެވެ.

މޮސްކޯގެ ޑޮމޮޑެޑޯވޯ އަދި ޝެރެމެތްޔެވޯ އެއާޕޯޓުން ގިނަ އަދަދެއްގެ ފްލައިޓްތައް އާދީއްތަ ދުވަހު ކެންސަލް ކުރަން ޖެހުނެވެ. އޭގެ ތެރޭގައި ޕެރިސް، ވިއެނާ އަދި ކެލިނިންގްރެޑްއަށް ކުރާ ޝެޑިއުލް ދަތުރުތައް ހިމެނެ އެވެ.

ރަޝިއާގެ އެސް7 އެއާލައިނުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މާޗް 13 ވަނަ ދުވަހާ ހަމައަށް ޔޫރަޕްގެ މަންޒިލްތަކަށް ކުރާ ގިނަ ދަތުރުތަކެއް ކެންސަލް ކުރަން ޖެހިފައިވާ ކަމަށެވެ.

އެ ގައުމުގެ އެންމެ ބޮޑު އެއާލައިން، އެއިރޯފްލޮޓް އިން ބުނީ ލެޓްވިއާ އާއި ރޮމޭނިއާގެ ދަތުރުތައް މާޗް 26 އާ ހަމައަށް އަދި ޕްރޭގް އަދި ވޯސޯ ރޫޓުން ކުރާ ދަތުރުތައް މާޗް 28 އާ ހަމައަށް ކެންސަލް ވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox