ޔޫކްރެއިން މައްސަލައިގައި އިންޑިއާގެ "ހަމަހަމަ" ވިސްނުމަށް ރަޝިއާގެ ތައުރީފް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ފެބްރުއަރީ 27) - ރަޝިއާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި އިންޑިއާއިން ވަކި ކޮޅަކަށް ވޯޓު ދީފައި ނުވާތީ، އެ ގައުމުގެ "މިނިވަން އަދި ހަމަހަމަ" ވިސްނުމަށް ރަޝިއާއިން ތައުރީފުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރަޝިއާއިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހަށް އެމެރިކާ އާއި އަލްބޭނިއާއިން ހުށަހެޅި ގަރާރުގައި ރަޝިއާއާ ދެކޮޅަށް ވޯޓު ނުދެނީ އެންމެ ތިން ގައުމެވެ.

އެއީ އިންޑިއާ، ޗައިނާ އަދި ޔޫއޭއީއެވެ. އެކަމާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހޮނިހިރު ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ގުޅުއްވައި އދ. ގައި އިންޑިއާގެ އެހީ މުހިއްމު ކަމަށް ފާހަގަކުރައްވައި، އެ ގައުމުގެ ތާއީދަށް އެދިވަޑައިގެންނެވި އެވެ.

Advertisement

ނަމަވެސް ރައްދުގައި އިންޑިއާއިން ވަކި އެއްޗެއް ނުބުނެ އެވެ. އާދީއްތަ ދުވަހު އިންޑިއާގައި ހުންނަ ރަޝިއާ އެމްބަސީން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާގެ ވިސްނުމަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ.

"އދ. ގެ ސަލާމަތީ މަޖިލީހުގެ ވޯޓާ ދިމާކޮށް އިންޑިއާއިން ގެންގުޅުނު މިނިވަން އަދި ހަމަހަމަ ވިސްނުން ވަރަށް ބޮޑަށް ބަލައިގަންނަން،" ޓްވީޓުގައި ބުންޏެވެ.

"ރަޝިއާ އާއި އިންޑިއާއާ ދެމެދުގައިވާ ހާއްސަ ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ދަށުން، ޔޫކްރެއިން މައްސަަލައިގައި އިންޑިއާއާ އެކު ގާތް މަޝްވަރާތައް ދަމަހައްޓަން ރަޝިއާއިން ތައްޔާރު."

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އެވެ. އަދި އެއީ އޮސްޓްރޭލިއާ އާއި ޖަޕާނާއި އެމެރިކާ ހިމެނޭ "ކުއެޑް" ގްރޫޕްގެ މެމްބަރެކެވެ. ނަމަވެސް ރަޝިއާގެ އަމަލުތައް އިންޑިއާއިން މިހާތަނަށް ކުށްވެރިއެއް ނުކުރެ އެވެ.

އެހެން ގައުމެއްގެ ސިފައިން އަރައިގެން އުޅޭ ހާދިސާއެއްގެ ގޮތުގައި ސިފަކުރުމުގެ ބަދަލުގައި އިންޑިއާއިން ޔޫކްރެއިންގެ ހާލަތަށް އިޝާރާތް ކުރަނީ "ޔޫކްރެއިންގައި ހިނގަމުންދާ ކަންކަމުގެ" ގޮތުގަ އެވެ.

ހޮނިހިރު ދުވަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެއީ "ހަނގުރާމައިގެ ހާލަތެއް" ކަމަށާއި "ވަގުތުން ހަމަލާތައް ހުއްޓާލާ، މަޝްވަރާ ފެށުމަށް" މޯދީ ތަކުރާރުކޮށް ގޮވާލައްވާ ކަމަށެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު އިންޑިއާ އާއި ރަޝިއާއަކީ ގާތް ދެ ގައުމެވެ. މިއަދާ ހަމައަށް ވެސް އިންޑިއާ އާއި ރަޝިއާއިން ދަމަހައްޓަނީ އެފަދަ ގުޅުމެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕުޓިން ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ. އިންޑިއާއަށް އެންމެ ގިނައިން ހަތިޔާރު ސަޕްލައިކޮށްދޭ ގައުމަކީ ރަޝިއާ އެވެ.

ޔޫކްރެއިންގެ މައްސަލައިގައި އިންޑިއާގެ ވިސްނުން ހުރި ގޮތާ މެދު އެމެރިކާއިން ވެސް ކަންބޮޑުވެ އެވެ. ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ ހުކުރު ދުވަހު ނޫސްވެރިންނަށް ވިދާޅުވީ "އިންޑިއާގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރަމުންދާ" ކަމަށެވެ.

އޭގެ އިތުރުން ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ އެމެރިކާ އާއި އިންޑިއާއާ ދެމެދު ދިފާއީ އަދި ސަލާމަތާ ބެހޭ ގުޅުމެއް ނެތް ކަމަށާއި އިންޑިއާއިން އެ ގުޅުން ބާއްވަނީ ރަޝިއާއާ އެކު ކަމަށެވެ.

"ރަޝިއާއާ އެކު ގުޅުމެއް އޮންނަ ކޮންމެ ގައުމަކުން ވެސް ސުލްހައަށް މަސައްކަތްކޮށްދޭން އަޅުގަނޑުމެން ވާނީ އެދިފައި."

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox