ޔޫކްރެއިންގެ ރައީސް އިންޑިއާގެ ތާއީދަށް އެދިވަޑައިގެންފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ.

ނިއު ދިއްލީ، އިންޑިއާ (ފެބްރުއަރީ 26) - އދ. ގައި އިންޑިއާއިން ޔޫކްރެއިނަށް ތާއީދުކޮށްދިނުމަށް އެ ގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެދިވަޑައިގެންފި އެވެ.

ރަޝިއާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ވަކިކޮޅަކަށް ވޯޓު ނުދެނީ ތިން ގައުމެވެ. އެއީ އިންޑިއާ، ޗައިނާ އަދި ޔޫއޭއީ އެވެ.

ހޮނިހިރު ދުވަހު ޒެލެންސްކީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

"ރަޝިއާގެ 100،000 އަށް ވުރެ ގިނަ ސިފައިން ޔޫކްރެއިންގެ ފަސްގަނޑަށް އަރައިގެން އުޅޭ ވާހަކަ އަޅުގަނޑު ދެންނެވިން. އެކުގައި ގުޅިގެން މި އަނިޔާވެރިކަން ހުއްޓުވަމާ ހިނގާ،" ޒެލެންސްކީ ވިދާޅުވި އެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އެވެ. އަދި އެއީ އޮސްޓްރޭލިއާ އާއި ޖަޕާނާއި އެމެރިކާ ހިމެނޭ "ކުއެޑް" ގްރޫޕްގެ މެމްބަރެކެވެ. ނަމަވެސް ރަޝިއާގެ އަމަލުތައް އިންޑިއާއިން މިހާތަނަށް ކުށްވެރިއެއް ނުކުރެ އެވެ.

އެހެން ގައުމެއްގެ ސިފައިން އަރައިގެން އުޅޭ ހާދިސާއެއްގެ ގޮތުގައި ސިފަކުރުމުގެ ބަދަލުގައި އިންޑިއާއިން ޔޫކްރެއިންގެ ހާލަތަށް އިޝާރާތް ކުރަނީ "ޔޫކްރެއިންގައި ހިނގަމުންދާ ކަންކަމުގެ" ގޮތުގަ އެވެ.

ހޮނިހިރު ދުވަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެއީ "ހަނގުރާމައިގެ ހާލަތެއް" ކަމަށާއި "ވަގުތުން ހަމަލާތައް ހުއްޓާލާ، މަޝްވަރާ ފެށުމަށް" މޯދީ ތަކުރާރުކޮށް ގޮވާލައްވާ ކަމަށެވެ.

އޭގެ އިތުރުން ޔޫކްރެއިންގައި ތިބި އިންޑިއާގެ ރައްޔިތުން ރައްކާތެރިކަމާ އެކު އެ ގައުމުން ފޭބޭނެ ގޮތްތައް ހަމަޖައްސައި ދިނުމަށް އެދިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު އިންޑިއާ އާއި ރަޝިއާއަކީ ގާތް ދެ ގައުމެވެ. މިއަދާ ހަމައަށް ވެސް އިންޑިއާ އާއި ރަޝިއާއިން ދަމަހައްޓަނީ އެފަދަ ގުޅުމެކެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕުޓިން ވަނީ އިންޑިއާއަށް ވަޑައިގެންފަ އެވެ. އިންޑިއާއަށް އެންމެ ގިނައިން ހަތިޔާރު ސަޕްލައިކޮށްދޭ ގައުމަކީ ރަޝިއާ އެވެ.

ޔޫކްރެއިންގެ މައްސަލައިގައި އިންޑިއާގެ ވިސްނުން ހުރި ގޮތާ މެދު އެމެރިކާއިން ވެސް ކަންބޮޑުވެ އެވެ. ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ ހުކުރު ދުވަހު ނޫސްވެރިންނަށް ވިދާޅުވީ "އިންޑިއާގެ އޮފިޝަލުންނާ އެކު މަޝްވަރާ ކުރަމުންދާ" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox