ގޯލްޑަން ފުޓްސަލް ޗެލެންޖް: ހުރާ، ވާދޫ، ގާފަރު، މަތިވެރި އަދި ބޮޑުފޮޅުދޫ އަށް ރަނގަޅު ފެށުމެއް

Feb 26, 2022, 8:53 AM
ގޯލްޑަން ފުޓްސަލް ޗެލެންްޖްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަަދު ޒައިން

ގޯލްޑަން ފުޓްސަލް ޗެލެންްޖްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަަދު ޒައިން

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުތަކުން ގދ. ވާދޫ، ކ. ގާފަރު، އއ. މަތިވެރި އަދި އއ. ބޮޑުފޮޅުދޫ އިން މޮޅުވެ ރަނގަޅު ފެށުމެއް ހޯދައިފި އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގދ. މަޑަވެލި އަތުން ގދ. ވާދޫ މޮޅުވީ 3-1 އިންނެވެ. ކ.ގުރައިދޫ އަތުން 3-1 އިން ގާފަރު މޮޅުވިއިރު، އއ. ރަސްދޫ އަތުން އއ. މަތިވެރި ވަނީ 4-1 އިން މޮޅުވެފަ އެވެ. އަދި އއ. ފެރިދޫ އަތުން ބޮޑުފޮޅުދޫ މޮޅުވީ 8-2 އިންނެވެ. އަދި ކ. ހުރާ އިން 2-1 އިން ކ.ތުލުސްދޫ ބަލިކުރިއިރު، ގދ. ތިނަދޫ ވަނީ 1-1 ގދ. ހޯޑެއްދޫއާ އެއްވަރުވެފަ އެވެ.

މަޑަވެލި ކޮޅަށް ވާދޫގެ މުސައްނިފު މުހައްމަދު މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ދެ ގޯލު ޖަހައިގެންނެވެ. އެ ޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު އިޔާދު އަލީ އެވެ. މަޑަވެލި ޓީމުގެ ހަމައެކަނި ގޯލު ޖެހީ ނަސީފް ހުސެއިން ސައީދު އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅޭ ހުރާ ޓީމު.

ތުލުސްދޫ ކޮޅަށް ހުރާގެ ދެ ގޯލު ޖެހީ މުހައްމަދު ތަސްމީން (ތައްތި) އާއި އަހުމަދު ނައުޝަދު އެވެ. ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ ހުރާގެ ބެންޗުގައި ރާއްޖޭގެ ފުޓްބޯޅައިގައި މަޝްހޫރު ލެޖެންޑުން ކޯޗިން ސްޓާފުންގެ ގޮތުގައި ހަރަކާތްތެރިވެ އެވެ. ތުލުސްދޫގެ ގޯލު ޖެހީ އާދަމް އަޒްމީން އެވެ.

ގާފަރުން ގުރައިދޫ ބަލިކުރިިއިރު ލަނޑުތައް ޖެހީ ސާމިން މުހައްމަދު ނަސީމް އާއި ސަނީމް ޝާމިލް އަދި ޝާފީ އުމަރު އެވެ. ގުރައިދޫގެ ހަމައެކަނި ގޯލު ޖެހީ އާލިމް އަބްދުލް ގައްޔޫމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގާފަރުގެ ސާމިން އެވެ.

މަތިވެރި ޓީމުގެ މުހައްމަދު އިމްރާން ދެ ގޯލު ޖެހިއިރު، އިސްމާއިލް ނަސީމް އާއި އާދަމް އިމްރާން ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. މަތިވެރި ކޮޅަށް ރަސްދޫގެ ހަމައެކަނި ގޯލު ޖެހީ އިބްރާހިމް އާޒިމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އާދަމް އިމްރާން އެވެ.

ބޮޑުފޮޅުދޫ އިން ފެރިދޫ ތަފާތު ބޮޑުކޮށް ބަލިކުރިއިރު، ބޮޑުފޮޅުދޫ ޓީމުގެ އަލީ ޝާހު ވަނީ ހެޓްރިކެއް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެ ޓީމުގެ މުހައްމަދު ޝިރުހާނާއި ޖާދުﷲ އަހުމަދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ހުސެއިން ޒަޔާން ހަސަން އެވެ. ފެރިދޫގެ އަލީ ޝުހާދު އަބްދުﷲ އާއި އަހުމަދު ސިރާޒް ވަނީ ގޯލެއް ޖަހައިފަ އެވެ.

ތިނަދޫގެ ގޯލު އިބްރާހިމް ސަނޫން ޖެހިއިރު، ހޯޑެއްދޫގެ ގޯލު ކާމިޔާބުކުރީ ގަނީ އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުތަކަކީ އދ ހަންޏާމީދޫ އާއި އދ ފެންފުށީގެ މެޗާއި މ. މުއްޔާއި މ. ކޮޅުފުށީގެ މެޗާއި އދ. ދަގެންޗާއި އދ. އޮމަދޫގެ މެޗާއި މ. ނާލާފުއްޓާއި މ. ދިއްގަރު ބައްދަލުކުރާ މެޗުގެ އިތުރުން ފ. ފީއަލީ އާއި ފ. ނިލަންދޫގެ މެޗުގެ އިތުރުުން ފ. މަގޫދޫ އާއި ފ. ބިލެއްދޫގެ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox