ރަޝިއާގެ "އަސްކަރީ އޮޕަރޭޝަނަކީ" ޔޫކްރެއިނަށް އެރުމުގެ ގޮތުގައި ސިފަކޮށްގެން ނުވާނެ: ޗައިނާ

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ފެބްރުއަރީ 24) - ރަޝިއާއިން ޔޫކްރެއިންގައި ފެށި "އަސްކަރީ އޮޕަރޭޝަނަކީ" ޔޫކްރެއިނަށް އަރައި އެ ގައުމު ހިފުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްގެން ނުވާނެ ކަމަށް ޗައިނާއިން ބުނެފި އެވެ.

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ބުރާސްފަތި ދުވަހުގެ ފަތިހު އަސްކަރީ އޮޕަރޭޝަނެއް އިއުލާނު ކުރެއްވުމާއެކު ޔޫކްރެއިންގެ ސިޓީތަކުގައި ވަނީ ބާރުގަދަ ގޮވުންތަކެއް ގޮވާފަ އެވެ. އޭގެ ފަހުން ބޯޑަރު ހުރަސްކޮށް، ރަޝިއާ ސިފައިން ޔޫކްރެއިނަށް އެތެރެވެ، ދެ ގައުމުގެ ފައުޖުން ދަނީ ސީދާ ހަމަލާތައް ވެސް ބަދަލު ކުރަމުންނެވެ.

"ޗައިނާއިން ދަނީ މި ހާލަތް ވަރަށް ގާތުން ބަލަމުން. ހުރިހާ ފަރާތްތަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ހަމަނުޖެހުމާ ދުރުވުމަށް އަދި މި ހާލަތު ކޮންޓްރޯލުން ނެއްޓިގެން ދިޔަ ނުދިނުމަށް،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ޔޫކްރެއިން މައްސަލައިގައި ރަޝިއާއާ ދެކޮޅަށް ހުޅަނގުން ފިޔަވަޅު އެޅުމުން ޗައިނާއިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި ޗައިނާ އާއި ރަޝިއާ ގުޅިގެން ހުޅަނގަށް ފާޑުކިޔައި ދިގު ބަޔާނެއް ވެސް ވަރަށް ފަހުން ނެރުނެވެ.

ރަޝިއާއިން ޔޫކްރެއިނަށް ހަމަލާ ދިނުން ޗައިނާއިން ކުށްވެރި ކުރޭތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ތަރުޖަމާނު ހުއާ ސީދާ ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ރަޝިއާގެ އަސްކަރީ ފިޔަވަޅަކީ ޔޫކްރެއިނަށް އެރުން ނުވަތަ ޔޫކްރެއިން ހިފުމުގެ ގޮތުގައި ސިފަކޮށްގެން ނުވާނެ ކަމަށެވެ.

ޔޫކްރެއިން އަދި ރަޝިއާގެ ލީޑަރުންނާ މުއާމަލާތު ކުރަމުންދޭތޯ ސުވާލު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

"ޔޫކްރެއިން މައްސަލައިގައި ހިމެނެނީ ވަރަށް އުނދަގޫ މާޒީއަކާއި ފަސް މަންޒަރެއް،" ހުއާ ވިދާޅުވި އެވެ.

ޗައިނާއިން ތަކުރާރުކޮށް ބުނެފައި ވަނީ ޔޫކްރެއިން މައްސަލަ ހޫނު ކުރީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ކަމަށާއި އެމެރިކާއިން ވަނީ އަލިފާނަށް ތެޔޮ އަޅައި ހުޅުގަނޑު ބޮޑުކޮށްފައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox