ބުރުގާ މައްސަލައިގައި ފާޑުކީ އިންޑިއާގެ އެކްޓަރެއް ހައްޔަރުކޮށްފި

އެކްޓަރު ޗޭތަން ކުމާރް. -- ފޮޓޯ: ފޭސްބުކް

އެކްޓަރު ޗޭތަން ކުމާރް. -- ފޮޓޯ: ފޭސްބުކް

އިންޑިއާގެ ކަރްނާޓަކާ ސްޓޭޓުގެ ސްކޫލްތަކަށް ބުރުގާ އަޅައިގެން ދިޔުން މަނާކުރި މައްސަލަ ކޯޓުގައި ބަލަމުންދާ ފަނޑިޔާރަކަށް ފާޑުކިޔުމުން އެކްޓަރު ޗޭތަން ކުމާރް ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރު ކުރީ ފަނޑިޔާރު ކްރިޝްނާ ޑިކްސިޓްއަށް ފާޑުކިޔައި ކުރި ޓްވީޓަކާ ގުޅިގެން ކަރްނާޓަކާ އިންނެވެ. ގިނަ ބަޔަކު ވަނީ އޭނާ ހައްޔަރު ކުރުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޗޭތަން ކުރި ޓްވީޓުގައި ބުނީ މާޒީގައި "ސުވާލު އުފެދޭ ވާހަކަތައް" ދައްކާފައިވާ ފަނޑިޔާރަކު މިފަދަ ބޮޑު މައްސަލައެއް ބެލުމާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ.

Advertisement

ވިހިވިހި ވަނަ އަހަރު ފަނޑިޔާރު ޑިކްސިޓް ނެރުނު ކޯޓު އަމުރެއްގައި ވަނީ ރޭޕްގެ ތުހުމަތު ކުރި އަންހެނެއްގެ އުޅުމާ މެދު ސުވާލުކޮށް، އަންހެން މީހާގެ އަގުވެއްޓޭ ފަދަ ބަސް ބޭނުންކޮށްފަ އެވެ.

އެކަމާ ހެދި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، ފާޑުކިޔަން ފެށުމުން، ކޯޓު އަމުރުން އެ ބައި އުނިކުރި އެވެ.

ބުރުގާ މައްސަލަ ބެލުމުގައި އެ ފަނޑިޔާރު ބައިވެރިވާތީ ފާޑުކިޔުމުން ހައްޔަރު ކުރި ޗޭތަން އަކީ އެމެރިކާގެ ޕާސްޕޯޓު އޮންނަ މީހެކެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ހައްގުތައް ވަކާލާތުކޮށް އަޑު އުފުލާފަ އެވެ.

ޗޭތަންއާ ގުޅޭ ދެ މައްސަލައެއް މިހާރު ވެސް ފުލުހުން ދަނީ ބަލަމުންނެވެ. ބެންގެލޫރުގެ ފުލުހުން ވަނީ ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް އޭނާއަށް ތުހުމަތުކޮށްފަ އެވެ. އިންޑިއާގައި ޖުޑިޝަރީއަށް ފާޑުކިޔައިފި ނަމަ އާއްމު ގޮތެއްގައި ޖަލު ހުކުމެއް އަންނާނެ އެވެ.

ޗޭތަން އަކީ ކަންނާޑާ އަދި ތެލޫގޫ ފިލްމުތަކުން ފެންނަ އެކްޓަރެކެވެ. އޭނާގެ ބައެއް ފިލްމުތަކުގެ ތެރޭގައި "އާ ޑިނަގަލޫ" އަދި "މައިނާ" ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox