ޖަރުމަނު ސަރުކާރުން އެންމެ ކުޑަ އުޖޫރަ މަތިކޮށްފި

ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝޯލްޒް.

ޖަރުމަނުވިލާތުގެ ޗާންސެލަރު އޯލާފް ޝޯލްޒް.

ބާލިން، ޖަރުމަނުވިލާތް (ފެބްރުއަރީ 23) - ޖަރުމަނުގައި އެންމެ ކުޑަ އުޖޫރަ ގަޑިއަކު 13.60 ޑޮލަރަށް މަތިކޮށް، ޗާންސެލަރު އޯލާފް ޝޯލްޒްގެ ސޯޝަލް ޑިމޮކްރެޓް ޕާޓީގެ މުހިއްމު ވައުދެއް ފުއްދަން ގާތްވެއްޖެ އެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ގިނަ ރައްޔިތުން ވަރަށް ބުރަކޮށް މަސައްކަތް ކުރޭ، އެކަމަކު ލިބެނީ ކުޑަ އުޖޫރައެއް. މިކަން ބަދަލުވާން ޖެހޭ،" އެންމެ ކުޑަ އުޖޫރަ މަތި ކުރިކަން އިއުލާނު ކުރައްވަމުން ޓްވިޓާ މެދުވެރިކޮށް ޝޯލްޒް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދެކޭ ގޮތުގައި އެންމެ މުހިއްމު އެއް ގާނޫނަކީ މިއީ އަދި މިއީ އިހްތިރާމާ ގުޅިފައިވާ ކަމެއް."

އެ ނިންމުމާ އެކު ޖުލައި އެއް ވަނަ ދުވަހުން ފެށިގެން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލިބޭ އަދަދު ގަޑިއަކު 9.82 ޔޫރޯއިން 10.45 ޔޫރޯއަށް މަތިވާނ އެވެ. އޭގެ ފަހުން އޮކްޓޯބަރު އެއް ވަނަ ދުވަހުން ފެށިގެން 12 ގަޑިއަކު 12 ޔޫރޯއަށް މަތިވާނެ އެވެ. އެ ނިންމުމުގެ ސަބަބުން 6.2 މިލިއަން މަސައްކަތްތެރިންނަށް ލިބޭ އުޖޫރަ އުފުލޭނެ އެވެ.

ލޭބާ މިނިސްޓަރު ހުބޭޓަސް ހެއިލް ވިދާޅުވީ އެ ނިންމުމުގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ކޭޓާ ކުރުމާއި، ހިދުމަތް ދިނުމުގެ މަސައްކަތްތަކާއި، ސާފު ކުރުމާއި، ގުދަނުގެ ލޮޖިސްޓިކް މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ.

"އަޅުގަނޑުމެން މި ފާހަގަކުރަނީ ބަލިމަޑުކަމުގައި މުހިއްމު ދައުރެއް އަދާކުރި މަސައްކަތްތެރިންގެ ވާހަކަ."

ޖަރުމަނުގެ ކޯލިޝަން ސަރުކާރުން ހެދި އެއްބަސްވުމުގައި ހުރިހާ ޕާޓީއަކުން ވެސް އެންމެ ކުޑަ އުޖޫރަ މަތިކުރަން ރުހުން ދިނެވެ. ޖަރުމަނުގެ ޓްރޭޑް ޔޫނިއަން ކޮންފެޑޭރޭޝަނުން ބުނީ އެ ނިންމުމުގެ ސަބަބުން ޔޫރަޕްގެ އެންމެ ބޮޑު އިގްތިސާދުގައި ހޭދަކުރުމުގެ ގާބިލްކަން އިތުރުވާނެ ކަމަށެވެ.

ނަމަވެސް ބައެއް އެނެލިސްޓުން ބުނާ ގޮތުގައި އުޖޫރަ މަތި ކުރުމުން އިންފްލޭޝަނަށް މަގުފަހިވުމުގެ ފުރުސަތު އެބަ އޮތެވެ. ނިމުނު އަހަރުގެ ފަހުކޮޅު ޖަރުމަނުގެ އިންފްލޭޝަން ހުރީ ފަސް ޕަސެންޓަށް އަރާފަ އެވެ.

ކުޑަ އުޖޫރަ މަތިކުރަން ސަރުކާރުން ނިންމާފައިވާ އިރު، އެކަމަށް އަމަލު ކުރަން ފެށޭނީ ޕާލިމެންޓުގެ ރުހުން ލިބި، ގާނޫނަކަށް ބަދަލުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox