މަދަރުސަތުލް އިފްތިތާހުގެ ހާލަތު ރަނގަޅުކުރަން ޝިޔާމުގެ ގަރާރެއް

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހު. އެ ތަނުގެ ހާލަތު ރަނގަޅުކުރަން ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވި

ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހު. އެ ތަނުގެ ހާލަތު ރަނގަޅުކުރަން ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވި

ރާއްޖޭގެ އެންމެ ޒަމާންވީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ މަދަރުސަތުލް އިފްތިތާހުގެ ހާލަތު ރަނގަޅުކުރަން ގޮވާލައި 18 ނުކުތާއެއް ހިމެނޭ ބޮޑު ގަރާރެއް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޝިޔާމް މަޖިލީހަށް ފޮނުއްވާފައިވާ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ދާއިރާއަށް އެންމެ ފަހުން ކުރެއްވި ދަތުރުގައި މަދަރުސަތުލް އިފްތިތާހަށް ޒިޔާރަތްކުރެއްވި އިރު އެތަނުގައި ވަސީލަތްތަކުގެ ދަތިކަން ވަރަށް ބޮޑަށް އެބަ ހުރި ކަމަށެވެ. ބަޖެޓް ނެތުމުގެ ސަބަބުން އެ ސްކޫލްގެ އާބާތުރަ ނުފިލުވި ހުރި ކަމަށާއި ބޭނުންކުރަން ކަމުނުދާ ވަރަށް އެތަނުގެ ފަރުނީޗަރުވެސް ބާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޅ. ނައިފަރުގައި ހުންނަ މަދަރުސަތުލް އިފްތިތާހަކަކީ މާލެ ފިޔަވައި ރާއްޖޭގައި އެހެން ރަށެއްގައި ގާއިމްކުރި ފުރަތަމަ ސްކޫލެވެ. އެއީ 88 އަހަރަށް ވުރެ ދިގު ތާރީހެއް އޮތް ސްކޫލެކެވެ.

"އެނގިވަޑައިގަންނަވާނެ، މަދަރުސަތުލް އިފްތިތާހަކީ އަތޮޅުތެރޭގައި ހުރި އެންމެ ދުވަސްވީ ސްކޫލް، 1932 ވަނަ އަހަރު ދިވެހިރާއްޖޭގެ ގާނޫނު އަސާސީއެއް އެކުލަވައިލެވިގެން ދިއުމަށް ފަހު 1933 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު މަދަރުސަތުލް އިފްތިތާހު ވުޖޫދު މިވީ،" އިފްތިތާހުގެ މުހިއްމުކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އޭނާގެ ގަރާރު މަޖިލީހަށް ފުރަތަމަ ހުށަހެޅުއްވީ މިދިޔަ އަހަރު ކަމަށާއި އެ ގަރާރުގައި ފާހަކޮށްފައިވާ ބައެއް ކަންތައްތައް ސަރުކާރުން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

ޝިޔާމްގެ ބައެއް ކަންބޮޑުވުންތައް

  • އާ ކްލާސްރޫމްތައް ނިމިފައި ހުރި ނަމަވެސް ކަރަންޓް ނުގުޅައި ހުރުމުން އެތަންތަނުގެ ބޭނުން ހިފެން ނެތުން.
  • ކޮމްޕިއުޓާ ލެބް އަޕްގްރޭޑްކުރަން ޖެހި އެކަން ނުވެ ހުރުން.
  • ދަރިވަރުން ކުޅިވަރު ކުޅެން އޮތް ސަރަހައްދުގައިވާ ތަކެތި ބާވެ ހަލާކުވެފައި ހުރުން
  • ސެން ކްލާހުގައި އަސާސީ ހިދުމަތްތައް ލިބެން ނެތުން
  • ސްކޫލް މަރާމާތުކޮށް އާބާތުރަ ފިލުވަން ބަޖެޓް ނެތުން
  • ސައިންސްލެބްގެ ހިދުމަތް ނުލިބޭތާ ތިން އަހަރު ވެފައިވުން
  • ޕްރިންޓިން ރޫމްގެ މެޝިނަރީ ހަލާކުވެފައި ހުރުން

ގަރާރުގައި ސަރުކާރަށް ޝިޔާމް ގޮވައިލެއްވީ މިކަންތައްތަކުގެ އިތުރުން ވެސް އެ ސްކޫލްގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއް ރަނޅުކޮށްދެއްވުމަށެވެ. އެހެން ނަަމަވެސް އޭނާ ވިދާޅުވީ ގަރާރުގައިވާ ބައެއް ކަންތައްތަކަށް އެޑިއުކޭޝަން މިނިސްޓްރީން މިހާރު އެޑްރެސްކޮށްފައިވާ ކަމަށެވެ. އެކަމާ އުފާކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ގަރާރުގައި އޮތް ކަންބޮޑުވުމެއް ކަމަށްވާ އާ ކްލާސްރޫމްތައް ބޭނުން ނުކުރެވޭ މައްސަލަ ޝިޔާމް ވިދާޅުވި ގޮތުގައި މިހާރު ވަނީ ހައްލުކޮށްފަ އެވެ.

"އަޅުގަނޑު ފާހަގަކުރަން މި ގަރާރު [ފުރަަތަމަ] ހުށަހެޅުމާއި އެކު މިނިސްޓްރީން ތަންކޮޅެއް އިސްކަން ދެއްވައިގެން މިކަންތައްތައް މިހާރު ވަނީ ހައްލުކޮށްދެއްވާފައި،" އޭނާ ވިދާޅުވި އެވެ.

ޝިޔާމްގެ ގަރާރަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވިދާޅުވީ އެއީ މުހިއްމު ގަރާރެއް ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox