ހުޅުމާލޭގެ ދެވަ ފޭސްގައި ނުގަވައިދުން ބަހައްޓާފައި ހުރި އެއްޗިހި ނަގަން މުހުލަތެއް ދީފި

Feb 22, 2022, 1:10 PM
ހުޅުމާލޭގެ ދެވަނަ ފޭސް، މި ސަރަހައްދުގައި ނުގަވައިދުން ބަހައްޓާފައި ހުރި ތަކެތި ނަގަން އެޗްޑީސީން ވަނީ މުހުލަތެއް ދީފައި.

ހުޅުމާލޭގެ ދެވަނަ ފޭސް، މި ސަރަހައްދުގައި ނުގަވައިދުން ބަހައްޓާފައި ހުރި ތަކެތި ނަގަން އެޗްޑީސީން ވަނީ މުހުލަތެއް ދީފައި.

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގައި ނުގަވައިދުން ބަހައްޓާފައި ހުރި ތަކެތި ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މުހުލަތު ދީފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ނުގަވައިދުން ބަހައްޓާފައި ހުރި ތަކެތި ނަގަން އެންގީ ދެވަނަ ފިޔަވަހީގައި ކުރިޔަށް ގެންދަން ނިންމާފައިވާ ހާބަރަކާއި، ދެ ޗެނަލް ހެދުމުގެ ޕްރޮޖެކްޓް ފަށަން ބިން ހުސްކޮށް ކޮންޓުރެކްޓަރާއި ހަވާލުކުރުމުގެ މަސައްކަތް އަންނަ މާޗްމަހު ކުރިއަށް ގެންދަން ޖެހޭތީ ކަމަށެވެ.

އެގޮތަށް ބަަހައްޓާފައި ހުރި ތަކެތި ނަގަން ފުރަތަމަ މުހުލަތު ޖެނުއަރީ 18 ގައި ވަނީ ހަމަވެފަ އެވެ.

"... ނަމަވެސް، ބައެއްފަރާތްތަކުން ހަވާލާދެވުނު އިޢުލާނާއި އެއްގޮތަށް ބިންތަށް ހުސްކޮށްފައި ނެތުމުގެ ސަބަބުން ދެންނެވުނު ޕްރޮޖެކްޓްތަށް ފެއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިކޯޕަރޭޝަނުން ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ،" އެޗްޑީސީގެ އިއުލާނުގަައި ބުންޏެވެ.

އެ އިއުލާނުގައި ބުނީ ބިން ސާފުކުރުމުގެ މަސައްކަތް މިމަހުގެ 27 ވަނަ ދުވަހު ފަށާނެ ކަމަށާއި އެ ތާރީހާ ހިސާބަށް ނުނަގައި ހުންނަ ތަކެއްޗަކީ ވެރިފަރާތުން ބޭނުން ނެތިގެން ބަހައްޓާފައި ހުރި ތަކެތި ކަމަށް ބަލައި އެޗްޑީސީއަށް ފެންނަ ގޮތަކަށް އަމަލުކުރާނެ ކަމަށެވެ. އެ މަސައްކަތުގައި ތަކެއްޗަށް ލިބޭ ގެއްލުމަށް އެޗްޑީސީން ޒިންމާނުވާނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox