މެޗުތަކުގެ ލައިވް މެދުކެނޑެނީ ސައިބާ އެޓޭކްތަކާ ހެދި: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

Feb 22, 2022, 10:06 AM
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އިޔާން އަބްދުﷲ/ އަދަދު

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އިޔާން އަބްދުﷲ/ އަދަދު

ރާއްޖޭގެ ހުރިހާ ރަށަކަށް ބައިވެރިވެވޭ ގޮތަށް ހިންގޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މެޗުތައް ލައިވްކޮށް ދެއްކުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސައިބާ އެޓޭކްތަކެއް ކުރިމަތިވުން ކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެފި އެވެ.

މި މަހު 19 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން 91 ޓީމާ އެކު ކުޅޭ މި އަހަރުގެ މުބާރާތް، "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022"ގެ މެޗުތައް ވަނީ ފަށައިފަ އެވެ. މިހާތަނަށް ކުޅުނު ގިނަ މެޗުތަކެއް ލައިވްކޮށްފައިވާއިރު، ރޭގެ މެޗުތައް ލައިވްކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާން މޫސާ "އަދަދު" އަށް ވިދާޅުވީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްތައް ކުރަމުން ގެންދަނިކޮށް މިދިޔަ ދެ ރޭގައި ވެސް ލައިވް ހުއްޓުމަކަށް އައީ ފުލުފުލުގައި އައި ސައިބާ އެޓޭކްތަކެއްގެ ސަބަބުން ކަމަށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން ރިލްވާން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"މި ރާވައިގެން ކުރެވޭ ކަމެއްގެ ގޮތުގައި މި ފެންނަނީ ބޮޓް އައިޑީތަކެއް ބޭނުންކޮށްގެން ޕޭޖް ރިޕޯޓްކުރުމުން މި ފެށެނީ. ދެން ލައިވް ލިންކް ރިޕޯޓް ކޮށްފައި އަޅުގަނޑުމެންގެ ޕޭޖު ހިންގާ މީހުންގެ އެކައުންޓްތައް ވެސް ރިޕޯޓްކޮށް ލައިވް މުޅިން ހުއްޓާލަން ޖެހޭ ފަހަރު ވެސް އެބައާދޭ،" ރިލްވާން ވިދާޅުވި އެވެ.

"މީގެ ހުރިހާ ގޮންޖެހުންތަކަކާ އެކީ ވެސް މެޗުތައް ލައިވްކުރަން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. މި ފަދަ ފިޑި އަމަލެއް ބަޔަކު ކުރާތީ އެކަން އަޅުގަނޑުމެން ކުށްވެރިކުރަން. މީގެ އަޅުގަނޑުމެން މި މެޗުތައް ލައިވް ކުރަން އެބަޖެހޭ. އެއީ ރަށްރަށުގެ ބޮޑު ސްކްރީނާއި އިޖުތިމާއީ މަރުކަޒުގައި ޒުވާނުން އެއްވެގެން ތިބެ ބަލާ މުބާރާތެއް މިއީ،"

މި އުނދަގޫ ހާލަތުގައި ވެސް ޓީމުތަކުންނާއި ސްޕޮންސަރުން ދެމުން އަންނަ އެއްބާރުލުމަށް ރިލްވާން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް އެވެ. އަދި ގޯލްޑް ޕާޓްނަރުންނަކީ ކޮކާކޯލާ އާއި ކުއިކްއެޒީމެރިން (ޑޫސަން) އެވެ. މުބާރާތުގެ ސިލްވާ ޕާޓްނަރުންނަކީ އަލްޝާލީ މެރިން، ފެންސީ ފުޑް އަދި މައި ކޮލެޖެވެ. މުބާރާތުގެ ޕީއާރް ޕާޓްނަރެއްގެ ގޮތުގައި "އަދަދު" ނޫސް މަސައްކަތްކުރާއިރު، އޮންލައިން ޕާޓްނަރެއްގެ ގޮތުގައި "ވަން އޮންލައިން" އާއި "ފަހުމިނެޓް" ވެސް މަސައްކަތްކުރެ އެވެ.

މިހާރު ކުރިއަށްދަނީ މުބާރާތުގެ ހއ އާއި ހދ އަދި ށ އަތޮޅު ބުުރުގެ މެޗުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox