ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ވައިކަރަދޫ އަދި މަކުނުދޫ އަށް މޮޅެއް

Feb 21, 2022, 3:07 AM
ގޯލްޑަން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، ވައިކަރަދޫ އަދި މަކުނުދޫ އަށް މޮޅެއް

ރާއްޖޭގައި ބޭއްވޭ އެންމެ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ހއ. އިހަވަންދޫ އާއި ހދ. ވައިކަރަދޫ އަދި ހދ. މަކުނުދޫ މޮޅުވެއްޖެ އެވެ.

ވައިކަރަދޫ މޮޅުވީ ހދ. ކުޅުދުއްފުއްޓާއި ވާދަކޮށް 7-2 އިންނެވެ. އިހަވަންދޫ އިން ވަނީ ހއ.ބާރަށް އަތުން 3-2 އިން މޮޅުވެފަ އެވެ. ހއ. ކެލާ އާއި ހއ. މުރައިދޫގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ށ. މަރޮށި އަތުން ށ. ކަނޑިތީމު މޮޅުވީ ފަސޭހަކަމާ އެކު 5-0 އިންނެވެ. އަދި ށ. ގޮއިދޫން ވަނީ 3-1 އިން އެ އަތޮޅު ފީވައް ބަލިކޮށްފަ އެވެ.

ރޭގެ މެޗުގައި އިހަވަންދޫގެ ގޯލުތައް ޖަހާފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާ ހަސަން ޝާމިލް ދެ ގޯލާއި އިބްރާހިމް ހާމިދު ގޯލެކެވެ. ބާރަށުގެ ދެ ގޯލު ޖެހީ އަބްދުﷲ މިސްބާހު އެވެ.

ކުޅުދުއްފުށީގެ މައްޗަށް ވައިކަރަދޫ އިން ކުރިހޯދީ މޮޅު ކުޅުމެއް ދައްކައިގެންނެވެ. ވައިކަރަދޫގެ އަހުމަދު ޝިފާއު އާއި އިބްރާހިމް އަގީލް ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ދެން ވައިކަރަދޫގެ ގޯލުތައް ޖެހީ އަހުމަދު ރައުޝަން، އަލީ އަބްދުﷲ އަދި އަލީ ނާޒިމް އެވެ. ކުޅުދުއްފުށި ޓީމުގެ ގޯލުތައް ޖެހީ އަރުޝަދު ހަަސަން އާއި މުހައްމަދު އަބްދުލް ރަހުމާން އެވެ.

ރޭ ކުޅުނު މެޗުގައި މުރައިދޫގެ އުޝާމް އަބްދުﷲ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް ކެލާ ޓީމަށް އެއްވަރުކޮށްދިނީ އަލީ އިމާދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ މުރައިދޫގެ އުޝާމް އެވެ.

މަކުނުދޫ އިން ހދ. ނެއްލައިދޫ ކޮޅަށް ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޓީމުގެ ކެޕްޓަން އަދި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ސާވީ އެވެ. އަނެއް ދެ ގޯލު ޖެހީ ޝައިބާން އަހުމަދާއި ޖުނާން އަބްދުލް މަޖީދު އެވެ. ނެއްލައިދޫގެ ތިން ގޯލު ޖެހީ މުހައްމަދު ވިސާމްގެ އިތުރުން މުހައްމަދު ސާވިން ދެ ގޯލެވެ.

މަރޮށީގެ މައްޗަށް ކަނޑިތީމުން ފުރިހަމަ މޮޅެއް ހޯދީ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެގެންނެވެ. ކަނޑިތީމުގެ ގޯލުތައް ޖެހީ ކެޕްޓަން ހުސެއިން ވާފިރު، އިސްމާއިލް ނިހާން، އިބްރާހިމް ނަދާދު، އަހުމަދު ރިޒާން އަދި މުހައްމަދު ޝާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކަނޑިތީމު ޓީމުގައި މޮޅަށް ކުޅުނު ހުސެއިން ވާފިރު އެވެ.

ށ. ގޮއިދޫ ޓީމުން ފީވައް ބަލިކުރިއިރު، ތަފާތަކީ ހުސެއިން ނިހާލް އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ނިހާލް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ފީވައް ޓީމުގެ ގޯލު ޖެހީ އަބްދުﷲ ރިމާހް އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުތަަކަށް ބަލާއިރު، ހއ.ގެ ގްރޫޕް އޭގައި ހޯރަފުއްޓާއި މާރަންދޫގެ މެޗާއި ވަށަފަރާއި ދިއްދޫގެ މެޗު ކުޅޭނެ އެވެ. ހދ.ގެ ގްރޫޕް އޭގައި މިރޭ އޮންނާނީ ފިނޭ އާއި ނާވައިދޫގެ މެޗާއި ކުމުންދޫ އާއި ނޭކުރެންދޫ ބައްދަލުކުރާ މެޗެވެ. ދެން މިރޭ ކުޅެން އޮތީ ށ. ގްރޫޕް އޭގެ ދެ މެޗެވެ. އެއް މެޗުގައި ބިލެއްފަހި ނުކުންނާނީ ފޯކައިދޫއާ ދެކޮޅަށެވެ. އަދި މިލަންދޫ ބައްދަލުކުރާނީ ކޮމަންޑޫއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox