ޗައިނާ: ރެކޯޑް މިންވަރަށް ވާރޭ ވެހުމާއި ކޮވިޑްގެ ލޮކްޑައުނާ ގުޅުން އެބަ އޮތް

ޗައިނާގެ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި. -- ފޮޓޯ: އީޕީއޭ

ޗައިނާގެ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި. -- ފޮޓޯ: އީޕީއޭ

ޗައިނާއަށް 2020 ވަނަ އަހަރު ރެކޯޑް މިންވަރަށް ވާރޭ ވެހުމާއި އެ އަހަރު ކޮވިޑްގެ ލޮކްޑައުނާ ގުޅިގެން ޖައްވަށް ވިހަ ގޭސް ބޭރު ކުރުން ކުއްލިއަކަށް ހުއްޓުމާ ގުޅުން އެބަ އޮތް ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ޖައްވު ހޫނުކުރާ ގްރީންހައުސް ގޭހާއި އެއިރޮޒޯލް ޕާޓިކަލްތައް މަދުވުމާ އެކު އެޓްމޮސްފެރިކް ބަދަލުތަކެއް އައިސް، ބޯކޮށް ވާރޭ ވެހެން މަގުފަހިވީ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

ޗައިނާއަށް 2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި ރެކޯޑް މިންވަރަށް ވާރޭ ވެހުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް މިލިއަން މީހުން އިވެކުއޭޓް ކުރަން ޖެހުނެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ޖޫން އަދި ޖުލައި މަހު ޗައިނާގެ އިރުމަތީގެ ގިނަ ހިސާބުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވި އެވެ. ސައިންސްވެރިން ބުނީ އޭރު ވެހުނު ވާރޭގެ ތިންބައި ކޮށްފައި އެއްބައި ވެހެން މެދުވެރިވީ ވިހަ ގޭސްތައް މަދުވުމުން ކަމަށެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް އެއް ވަނަ އަހަރަށް ފަހު ޔާންގްޓްޒޭ ކޯރަށް ވާރޭ ނުވެހޭހާ ބޯކޮށް 2020 ވަނަ އަހަރު އެ ކޯރަށް ވާރޭ ވެހުނެވެ.

އެ އަހަރު އާދަޔާ ހިލާފަށް ބޯކޮށް ޗައިނާއަށް ވާރޭ ވެހުނު ސަބަބު ދެނެގަންނަން ގިނަ ޓީމުތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް ސައިންސްވެރިން ބުނެފައިވާ ގޮތުގައި އެގޮތަށް މެދުވެރިވީ އިންޑިއާ ކަނޑު މާ ބޮޑަށް ހޫނުވާތީ އެވެ.

ނަމަވެސް ބައިނަލްއަގްވާމީ ސައިންސްވެރިންގެ ޓީމަކުން އެންމެ ފަހުން ބުނީ އެގޮތަށް މެދުވެރިވީ ކޮވިޑްގެ ލޮކްޑައުންގައި ފެކްޓްރީތައް ބަންދު ކުރުން ޖައްވަށް ކުއްލިއަކަށް އައި ބަދަލުގެ ސަބަބުން ކަމަށެވެ.

މޫސުމީ ބަދަލުގެ އަސަރު ކުޑަ ކުރަން ދުނިޔޭގެ ގައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، ތެޔޮ އެންދުމާ ދުރަށް ދާން މަސައްކަތް ކުރާއިރު، ޗައިނާގައި އެފަދަ ގޮތަކަށް ދިމާވުމުން ސުވާލުތަކެއް އުފެދެ އެވެ.

އެކަމަކު ދިރާސާ ހެދި ސައިންސްވެރިންގެ ޓީމުން ބުނީ ކުއްލިއަކަށް އަންނަ ބަދަލާއި ދުރާލައިގެން ރާވައިގެން މަޑުމަޑުން ގެންނަ ބަދަލާ ތަފާތު ކަމަށެވެ. އެހެންކަމުން މޫސުމީ ބަދަލުގެ އަސަރު ކުޑަކުރަން ގައުމުތަކުން އަޅާ ފިޔަވަޅުތަކުން ނޭދެވޭ އަސަރެއް ނުފެންނާނެ ކަމަށް އެ ޓީމުން ގަބޫލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox