ކޯޓުތަކަށް ސެކިއުރިޓީ ދިނުމުގައި ފުލުހުން އުޒުރު ދައްކާތީ ޖޭއެސްސީގެ ކަންބޮޑުވުން

ހިސާން ޕްރެސްއެއް ދެއްވަނިކޮށް: އޭނާ ވިދާޅުވީ ފަނޑިޔާރުންނަށާއި ކޯޓުތަކަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ދައުލަތުން އިހުމާލުވެފައިވާ ކަމަށް -- ފޮޓޯ: ޕީއެސްއެމް

ހިސާން ޕްރެސްއެއް ދެއްވަނިކޮށް: އޭނާ ވިދާޅުވީ ފަނޑިޔާރުންނަށާއި ކޯޓުތަކަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ދައުލަތުން އިހުމާލުވެފައިވާ ކަމަށް -- ފޮޓޯ: ޕީއެސްއެމް

މާލެ ކޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ގާނޫނުން ފުލުހުންނާ މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް އެ އިދާރާއިން އުޒުރު ދައްކާ ކަމަށް ބުނެ، ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައި، ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ވިދާޅުވީ މާލެ ކޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ ފުލުހުންނާއި މަތިކުރެވިފައި ވީނަމަވެސް، އެ އިދާރާއިން، އެ ޒިންމާ އެއްވެސް ގޮތަކަށް އަދާކުރަމުން ނުދާ ކަމަށެވެ. އަދި ޒިންމާއިން ބަރީއަވުމަށް އުޒުރު ދައްކާ ކަމަށެވެ.

"އެ ބޭފުޅުން [ފުލުހުން] ވިދާޅުވަނީ އެ ބޭފުޅުންގެ އިނަފް ރިސޯސެސްއެއް [އެކަށީގެންވާ ވަސީލަތެއް] ނެތޭ" ކޯޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ޒިންމާ އަދާނުކުރުމަށް ފުލުހުން ދައްކާ ބަހަނާ ހިސާން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ޖިނާއީ މައްސަލަތައް ބަލާ ކުރިމިނަލް ކޯޓުގެ ގޭޓުން ވަދެ ނިކުންނަ ވެހިކަލްތަކެއް ނުބެލެހެއްޓެ އެވެ. އެ ކޯޓުގެ ގޭޓް މަތިން މީހުން އަރާފައިވާކަންވެސް ފާހަގަކުރައްވަމުން ހިސާން އިތުރަށް ވިދާޅުވީ ކުރިމިނަލް ކޯޓުގައި ގާޒީން ނިންމަވާ ބޮޑެތި މައްސަލަތަކާ ގުޅިގެން އެމީހުންގެ ނަފްސު ނުރައްކަލަކަށް ހުށަހެޅޭ ވަރުގެ އިންޒާރުތައް ލިބެމުންދާ ކަމަށެވެ.

"ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ވަރަށް ބޮޑެތި އިންޒާރުތައް އައިސްފައި ހުރިކަން، ވަރަށް ބޮޑު ރިސްކެއް (ނުރައްކަލެއް) ގަ ކަން އެބޭފުޅުން މަސައްކަތް ކުރައްވަނީ، މިފަހުން ނިންމެވި ބޮޑެތި ބައެއް ޖިނާއީ މައްސަލަތަކާ ގުޅިގެން ބައެއް ފަނޑިޔާރުންނަށް މިހާރުވެސް އިންޒާރުތައް ލިބިވަޑައިގަންނަވަމުން އެބަދޭ،" ހިސާން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރާ ގޮތުގައި އެންމެ އެކަށީގެންވާ ސެކިއުރިޓީ ދައުލަތުގެ ފަރާތުން ފަނޑިޔާރުންނަށް ފޯރުނުކޮށްދެވެ އެވެ. އަދި ކޯޓުތަކުގެ ސެކިއުރިޓީ ވެސް ގާނޫނު ތަސައްވުރު ކުރާ ވަރަށް ނުބެލެހެއްޓެ އެވެ.

ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތައް ގިނަވާ ވަރަކަށް ރަށްރަށުގެ މެޖިސްޓްރޭޓުން، އެބޭފުޅުންގެ އަނބިދަރިން ގޮވައިގެން ރަށު ތެރެއަށް ނިކުމެ ނޫޅެވޭ ވަރަށް އިންޒާރުތައް ލިބެމުންދާކަން ވެސް ހިސާން ފާހަގަކުރެއްވި އެވެ. އަދި ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ މީހުންގެ އިންޒާރު ވެސް، އެ ފަދަ ފިކުރުތަކުގެ ފަލްސަފާ ފެތުރިފައިވާ ރަށްރަށުގެ ކޯޓުތަކުގައި މަސައްކަތް ކުރާ ފަނޑިޔާރުންނަށް ލިބެމުންދާ ކަމަށް ހިސާން ވިދާޅުވި އެވެ.

"ފަނޑިޔާރުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމުގައި، ކޮންކޮން ފަނޑިޔާރުންނަކަށް، ކޮންކޮން ގިންތިތަކަކަށް ކަން [ސެކިއުރިޓީ ފޯރުކޮށްދޭނީ، އަދި] 24 ގަޑީރު ސެކިއުރިޓީ ފޯރުކޮށްދޭނީ ކިހާ އިންޒާރެއް ލިބުނީމަތޯ [ކަނޑައަޅަން ޖެހޭ]،" ފަނޑިޔާރުންނަށް އޮތް ބިރުވެރިކަމަކީ އަބަދުވެސް އޮތް ކަންބޮޑުވުމެއްކަން ފާހަގަކުރައްވާ، އެބޭފުޅުންނަށް ސެކިއުރިޓީ ދޭނެ ގޮތުގެ އުސޫލެއް އެކުލަވާލަން ޖެހޭ ކަމަށް ހިސާން ވިދާޅުވި އެވެ.

ކައުންސިލް އިމާރާތުގެ ކުޑަ ކޮޓަރިއެއްގައި ރާއްޖޭގެ 67 ރަށެއްގެ ކޯޓު ރޫމްތައް ހިންގަމުންދާ ކަމަށް އެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުންޏެވެ.

"މި ދައްކަނީ 10 ފޫޓު 10 ފޫޓު ގޮޅިތަކެއްގެ ވާހަކަ. ޖިނާއީ އިޖުރާތު އެންވިޝަން [ތަސައްވަރު] ކުރާ ފެންވަރަކު ނޫން ކޯޓު ރޫމްތައް ހުރީ" އަތޮޅުތަކުގެ ބައެއް މެޖިސްޓްރޭޓް ކޯޓްތައް ހިންގަމުންދާ ޖާގައާ ގުޅޭ ކަންބޮޑުވުން ހިއްސާކުރައްވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިތުރަށް ކަންބޮޑުވުން ފާޅުކުރަމުން ހިސާން ވިދާޅުވީ އެފަދަ ޝަރީއަތް ކުރާ މާލަންތަކުގައި މެޖިސްޓްރޭޓާއި، ދައުވާ ރައްދުވާ ފަރާތާ ދެމެދު މާ ބޮޑު ޖާގައެއްނެތުމުން "އޭނަ [ދައުވާ ލިބޭ މީހާ] އަތް ނަގާފައި ޖެހި ކަމުގައި ވީނަމަވެސް" އެ ހަމަލާއިން މެޖިސްޓްރޭޓަށް ރެކެވޭނެ ކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox