ގޯލްޑަން ފުޓްސަލް ޗެލެންޖް: ނޭކުރެންދޫ އާއި ނާވައިދޫގެ ކުރިމަތިލުން އެއްވަރު

Feb 20, 2022, 2:43 AM
ނާވައިދޫ އާއި ނޭކުރެންދޫ ކުޅުނު މެޗުގެ ތެރެއިން ޝާއްޕެ (ވ) އަތުން ބޯޅަ ހޯދަން ކުރޯ މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނާވައިދޫ އާއި ނޭކުރެންދޫ ކުޅުނު މެޗުގެ ތެރެއިން ޝާއްޕެ (ވ) އަތުން ބޯޅަ ހޯދަން ކުރޯ މަސައްކަތްކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވޭ މަޝްހޫރު ފުޓްސަލް މުބާރާތް ކަމަށްވާ ސޮނީސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަހަރުގެ މުބާރާތުގެ ކުޅުން ރޭ ފެށުނުއިރު، ހދ. ނޭކުރެންދޫ އާއި ހދ. ނާވައިދޫ 2-2 އިން އެއްވަރުވެއްޖެ އެވެ.

ނުވަދިހަ އެއް ޓީމާ އެކު މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވާއިރު، ރޭ ކުލަ ގަދަ ރަސްމިއްޔާތަކާ އެކު މުބާރާތް ފެށީ އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށިން މި ފަހަރުގެ މުބާރާތުގެ ތަށި ދައްކާލުމުގެ އިވެންޓަކާ އެކު އެވެ. އެންމެ ފަހުން 2019 ވަަަނަ އަހަރު ބޭއްވި މުބާރާތެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތުގެ މެޗުތައް ވެސް ކުޅެނީ ހުޅުމާލެ ރެެހެންދި ފުޓްސަލް ދަނޑުގަ އެވެ.

ރޭ ކުޅުނު ޒޯން އެކެއްގެ ހަ މެޗަށް ބަލާއިރު، އެންމެ ފޯރިގަދަކޮށް ދިޔައީ ނޭކުރެންދޫ އާއި ނާވައިދޫގެ މެޗެވެ. ދެ ވަނަ ހާފު ފެށިގެން ގާތްގާތުގައި ނާވައިދޫ އިން ދެ ގޯލު ޖެހި އެވެ. އަބްދުﷲ ވިސާމް ނާވައިދޫ އަށް ލީޑުނަގައިދިންތާ އިރުކޮޅެއްގެ ތެރޭގައި އަބްދުﷲ ޝާފިއު (ޝާއްޕެ) ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. ލ. ކުނަހަންދޫ އަށް އުފަން ނަމަވެސް މި މުބާރާތަށް ނޭކުރެންދޫ އަށް ރަށްވެހިކަން ބަދަލުކޮށްގެން ގައުމީ ޓީމުގެ ޑިފެންޑަރު ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ކުޅެނީ އެ ޓީމަށެެވެ.

ނޭކުރެންދޫ އިން މި މެޗުގައި ނަތީޖާ ހަމަހަމަކުރީ ފަހު ވަގުތު ގޯލު ޖަހައިގެންނެވެ. މެޗުގެ 30 ވަނަ މިނިޓްގައި ނޭކުރެންދޫގެ ފުރަތަމަ ގޯލު ޖެހީ މުހައްމަދު ފަރުހާން (ފަރުއްކޮ) އެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ފަރުއްކޮ ދިން ބޯޅައަކުން ނޭކުރެންދޫ އަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން މުހައްމަދު ވިލްފް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރޭ ކުޅުނު ފުރަތަމަ މެޗުގައި ހއ. ހޯރަފުށިން ވަނީ 3-1 އިން ހއ. ވަށަފަރު ބަލިކޮށްފަ އެވެ. ހޯރަފުށީގެ ގޯލު ޖަހައިދިނީ އަބްދުﷲ ޔާމީނާއި އިބްރާހިމް ބިޝާރު އަދި އަލީ ޝިމާހު އެވެ. ވަށަަފަރުގެ ހަމައެކަނި ގޯލު ޖަހައިދިނީ މުހައްމަދު ޒާއިދު މުސްތަފާ އެވެ. ދެ ވަނަ މެޗުގައި ހދ. ކުމުންދޫ ވަނީ 4-2 އިން ހދ. ފިނޭ އަތުން ބަލިވެފަ އެވެ. ފިނޭގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ޝަމީލް ރަޝީދެވެ. އަނެއް ދެ ގޯލު ޖެހީ ކެޕްޓަން އަލީ މިސްބާހާއި މުހައްމަދު އާނިމް އެވެ.

ތިން ވަނަ މެޗުގައި ހދ. ދިއްދޫ އިން ވަނީ 8-1 އިން ހއ. މާރަންދޫ އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ. ދިއްދޫގެ ގޯލުތައް ޖެހީ ހައިޝަމް ރަޝީދު ހަތަރު ގޯލާއި ހިޝާމް ހަސަން ވަހީދު، އާދަމް ނަަސީމް އަދި ތައުމީން ނޫހު އެވެ. މާރަންދޫގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އިހުސާން ޖަލީލް އެވެ. ރޭ ށ. މިލަންދޫ އިން ވަނީ 2-0 އިން އެ އަތޮޅު ބިލެއްފަހި ބަލިކޮށްފަ އެވެ. މިލަންދޫގެ ގޯލުތައް ޖެހީ ހަސަން ނާސިހު އާދަމް އާއި އަބްދުﷲ ނާޖީ އެވެ.

ށ. ކޮމަންޑޫ އަތުން ށ. ފޯކައިދޫ މޮޅުވީ 3-1 އިންނެެވެ. ފޯކައިދޫގެ ގޯލުތައް ޖެހީ މުހައްމަދު ރިޝްވާން (ފުކޭ)، ހުސެއިން ނަބީހް އަދި އިބްރާހިމް މުޝީރް އެވެ. ކޮމަންޑޫގެ ހަަމައެކަނި ގޯލު ކާމިޔާބުކުރީ ސާމިހު އެެވެ.

މުބާރާތުގައި މިރޭ ވެސް ހަަ މެޗެއް ކުޅޭނެ އެވެ. އެ މެޗުތަކަކީ ހއ. ބާރަށާއި އިހަވަންދޫ ކުޅޭ މެޗާއި ހއ. މުރައިދޫ އާއި ހއ. ކެލާ ކުޅޭ މެޗުގެ އިތުރުން ދެން އޮންނާނީ ހދ. ކުޅުދުއްފުއްޓާއި ހދ. ވައިކަރަދޫ ކުޅޭ މެޗާއި ހދ. ނެއްލައިދޫ އާއި ހދ. މަކުނުދޫ ކުޅޭ މެޗެެވެ. އަދި ށ. މަރޮއްޓާއި ށ. ކަނޑިތީމުގެ މެޗުގެ އިތުރުން ށ. ފީވަކާއި ށ. ގޮއިދޫގެ މެޗު ވެސް މިރޭ އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox