ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ: ފަހު މެޗުގައި ޑެންޒޯ އާއި ކޯކޭގެ ޕެއާ އަށް މޮޅެއް، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އީރާން އަތުން ބަލި

ރާއްޖޭގެ ޑެންޒޯ (ކ) އުޒްބެކިސްތާންގެ ކުޅުންތެރިއަކު އަތްމަތިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަދަދު

ރާއްޖޭގެ ޑެންޒޯ (ކ) އުޒްބެކިސްތާންގެ ކުޅުންތެރިއަކު އަތްމަތިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަދަދު

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ ކުޅުނު ފަހު މެޗުން މޮޅުވިއިރު، ރާއްޖޭގެ އަނެއް ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ކުޅުނު ފަހު މެޗުގައި މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ އީރާން އަތުން ބަލިވެއްޖެ އެވެ.

ރާއްޖޭގެ ފިރިހެން ދެ ޕެއާ އަށް ވެސް މުބާރާތް ނިމުނީ ގްރޫޕް ސްޓޭޖުންނެވެ. ކޯކޭ އާއި ޑެންޒޯ ވަނީ ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އިން ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެކަމަކު، މި ދެ ޕެއާ ވެސް ބަލިވި މެޗުތަކުގެ ތެރެއިން މޮޅުވެވޭނެ މެޗުތަކެއް ދިޔަ އެވެ. އެ މެޗުތަކުން ބަލިވީ މުހިންމު ވަގުތުތަކުގައި ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ.

މިއަދު ހެނދުނު ޑެންޒޯ އާއި ކޯކޭގެ ޕެއާ ކުޅުނީ ލަންކާގެ އެއް ވަނަ ޕެއާ ކަމަށްވާ ޓިރޯން އާއި އަޝެންގެ ޕެއާއާ އެވެ. އެ މެޗުން ޓިރޯން އާއި އަޝެންގެ ޕެއާ ފެނުނީ ވަރުގަދަ ރޫހެއްގައި ކުޅެ، ސީދާ ދެ ސެޓުން މޮޅުވިތަނެވެ. ތަޖުރިބާގެ ބޭނުންކޮށްގެން ޓިރޯން އާއި އަޝެންގެ ޕެއާ އިން ޑެންޒޯ އާއި ކޯކޭގެ ޕެއާ ކައިރިން ސެޓުތައް ގެންދިޔައީ 21-17. 21-18 އިންނެވެ.

ހަވީރު ކުޅުނު މެޗުގައި އުޒްބެކިސްތާންގެ ޕެއާ، އަކްތަމޯފާއި މުރޮޑިލައޭފްގެ ޕެއާ އަތުން ޑެންޒޯ އާއި ކޯކޭގެ ޕެއާ މޮޅުވީ ކޮންފިޑެންސާ އެކު ވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ. އުޒްބެކިސްތާނަށް މި މެޗުގައި ލީޑެއް ނަގައި ހަމަޖެހިލަން އެއްވެސް ފުރުސަތެއް ނުދީ މުޅި މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅުނީ ޑެންޒޯ އާއި ކޯކޭގެ ޕެއާ އިންނެވެ. ޑެންޒޯ އާއި ކޯކޭގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-10، 21-14 އިންނެވެ.

ފިރިހެން ބައިގެ ކޮންމެ ގްރޫޕެއްގައި ފަސް ޓީމެއް އޮތްއިރު، ސެމީ އަށް ހޮވެނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމެވެ. ޑެންޒޯ އާއި ކޯކޭގެ ޕެއާ ދިޔައީ ވާދަކުރި ގްރޫޕްގެ ތިން ވަނަ އެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ދިޔައީ ހަތަރު ވަަަނަ އެވެ.

ރާއްޖޭގެ އެޑަމް (ކ) އާއި ކުޑަކާއްޓެގެ ޕެއާ މިއަދު އީރާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު

ކުޅުނު ފުރަތަމަ މެޗުގައި ލަންކާގެ ތިން ވަނަ ޕެއާ ކަމަށްވާ ނަލިން އާއި މަލިންތަ ޔާޕާގެ ޕެއާ އަތުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ މޮޅުވި އެވެ. އެކަމަކު، ދެ ވަނަ މެޗުން އިއްޔެ ހަވީރު ޕާކިސްތާންގެ މުބައްޝަރާއި އަބޫ ޒާރްގެ ޕެއާ އަތުންނާއި ރޭ ލަންކާގެ ދެ ވަނަ ޕެއާ އަންޖަނާ އާއި ސަންދުންގެ ޕެއާ އަތުން ބަލިވެ، މިއަދުގެ މެޗަށް ނުކުތްއިރު ވެސް ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އޮތީ އަނެއް ބުރަށް ދާން ޕްރެޝަރު ބޮޑުވެފަ އެވެ.

އީރާންގެ އެއް ވަނަ ޕެއާ، ޝޭކަރާއި އަރޯގެ ޕެއާ ކައިރީގައި މިއަދު ހަވީރު ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ސެޓުތައް ޝޭކަރާއި އަރޯގެ ޕެއާ އިން ގެންދިޔައީ 18-21، 19-21 އިންނެވެ.

މިއަދުގެ މެޗުގެ ދެ ސެޓަށް ބަލާއިރު، އެޑަމް އާއި ކުޑަކާއްޓެެގެ ޕެއާ ވަނީ އެކި ވަގުތުތަކުގައި ރަނގަޅަށް ކުޅެ، އީރާންގެ ޝޭކަރާއި އަރޯގެ ޕެއާ އަށް ޕްރެޝަރު ބޮޑުކޮށްފަ އެވެ. ހާއްސަކޮށް ދެ ވަނަ ސެޓުގައި އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ލީޑުގައި އޮތްއިރު، ޝޭކަރާއި އަރޯގެ ޕެއާ ކުޅެމުން ދިޔައީ ޕްރެޝަރުގަ އެވެ. އެކަމަކު، މުހިންމު ވަގުތުގައި ރާއްޖެ އަށް ހެދުނު ގޯސްތަކުގެ ފައިދާނަގައި އީރާންގެ ޝޭކަރާއި އާރޯގެ ޕެއާ މޮޅުވީ އެވެ.

ސެމީގައި ރުދައިނާ އާއި ނާޒިމާގެ ޕެއާ އަށް ނާކާމިޔާބު

އަންހެން ޑިވިޝަނުގައި ރާއްޖޭގެ އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާ ކުޅުނީ ސްރީ ލަންކާގެ ދީޕިކާ އާއި ދިނޭޝާގެ ޕެއާއާ ދެކޮޅަށެވެ.

ރާއްޖެ ޓީމުގެ ރުދައިނާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަދަދު

ދީޕިކާ އާއި ދިނޭޝާގެ ޕެއާ ވަނީ މިއަދު ހެނދުނު ރާއްޖޭގެ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 21-13، 21-09 އިންނެވެ.

މިއަދު ހަވީރު ސެމީ ފައިނަލްގައި ރުދައިނާ އާއި ނާޒިމާގެ ޕެއާ އަތުން ދީޕިކާ އާއި ދިނޭޝާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ދިޔައީ 04-21، 08-21 އިންނެވެ. މި މެޗުގައި ރުދައިނާ އާއި ނާޒިމާގެ ޕެއާ އިން ފުރަތަމަ ސެޓަށް ވުރެ ރަނގަޅަށް ދެ ވަނަ ސެޓުގައި ކުޅުނެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި މާދަމާ ހަވީރު ރުދައިނާ އާއި ނާޒިމާ ކުޅޭނީ ލަންކާގެ ޗަތުރިކާ އާއި ހަޝިނީގެ ޕެއާއާ ދެކޮޅަށެވެ. ޗަތުރިކާ އާއި ހަޝިނީގެ ޕެއާ ވަނީ ގްރޫޕް ސްޓޭޖުގައި ރުދައިނާ އާއި ނާޒިމާގެ ޕެއާ ބަލިކޮށްފަ އެވެ.

ސެމީގައި ކުޅުނީ ރުދައިނާ އާއި ނާޒިމާގެ އިތުރުން ލަންކާގެ ތިން ޕެއާ އިންނެވެ.

ސެންޓްރަލް ޒޯންގެ ބީޗްވޮލީބޯޅަ މުބާރާތަކީ ގައުމީ ބީޗްވޮލީބޯޅަ ޓީމަށް ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިން ގެނައި ފަހުން ކުރިމަތިލި ފުރަތަމަ މުބާރާތެވެ. މި މުބާރާތަށް ތައްޔާރުވާން ލިބުނީ މަހެއްހާ ދުވަހުގެ ޕްރެކްޓިހެެވެ. މުބާރާތުގެ ކުރިން ވިނީޝިއުސް ބުނީ މި މުބާރާތުން ޓީމު މިހާރު ހުރި ހިސާބު ވަޒަންކުރެވޭނެ ކަމަށާއި ކުރިއަށްދާން ރަނގަޅުކުރަން ޖެހޭ ކަންކަން ދެނެގަންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox