ފިލިޕީންސް މާއޮއިސްޓުންގެ ވެރިޔާ ކަމަށް ބެލެވޭ ޑޮކްޓަރެއް ހައްޔަރުކޮށްފި

ޑރ. މާރިއާ ނެތިވިދާދް ކާސްޓްރޯ. -- ފޮޓޯ: ޖުން ކާސްޓްރޯ/ ފޭސްބުކް

ޑރ. މާރިއާ ނެތިވިދާދް ކާސްޓްރޯ. -- ފޮޓޯ: ޖުން ކާސްޓްރޯ/ ފޭސްބުކް

ފިލިޕީންސްގެ ސަރުކާރާ ދެކޮޅަށް ދިގު ހަނގުރާމައެއް ކުރަމުންދާ މާއޮއިސްޓް ގްރޫޕްގެ ވެރިޔާ ކަމަށް ބެލެވޭ ޑޮކްޓަރެއް ވެރިރަށް މެނީލާއިން ހައްޔަރުކޮށްފި އެވެ.

އުމުރުން 53 އަހަރުގެ މާރިއާ ނެތިވިދާދް ކާސްޓްރޯ ހައްޔަރުކޮށްފައިވާ އިރު، ރަހީނު ކުރުމުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ. އޭނާ ހައްޔަރު ކުރީ ރަހީނު ކުރުމުގެ މައްސަލައިގައި 2020 ވަނަ އަހަރު ނެރުނު ކޯޓު އަމުރެއްގެ ދަށުންނެވެ.

ނަމަވެސް ކާސްޓްރޯގެ ކުރީގެ އޮފީސް، އިންސާނީ ހައްގުތައް މޮނީޓާ ކުރާ ކަރަޕަޓަން އިން ބުނީ އޭނާއާ ދެކޮޅަށް އުފުލާފައިވަނީ "ސިޔާސީ ދައުވާތަކެއް" ކަމަށެވެ.

އެގޮތުން ހަމަނުޖެހުން ބޮޑު މިންޑަނާއޯ ސަރަހައްދުގައި ކޮމިއުނިޓީ ހެލްތު ސެންޓަރުތަކެއް އަޅަމުން ދިޔަ އިރު، އެ ތަނުގައި އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާ އަމަލުތައް އޭނާ ތަހުގީގު ކުރި ކަމަށް ކަރަޕަޓަން އިން ބުންޏެވެ.

ހުކުރު ދުވަހު، ކާސްޓްރޯ ހައްޔަރު ކުރީ އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާއަށް ތުހުމަތު ކުތީ ފިލިޕީންސްގެ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އުޅޭ ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ކޮމިއުނިޒަމްގެ ތުހުމަތު ނުވަތަ ފިލިޕީންސްގައި އާއްމުކޮށް ކިޔާ ގޮތަށް "ރަތް ޓެގު އަޅުވައިގެން" އެކްޓިވިސްޓުންނާއި ނޫސްވެރިންނާއި ވަކީލުން އަދި އިދިކޮޅު ފިކުރުގެ މީހުން ހައްޔަރު ކުރުމަކީ އާއްމު ކަމެކެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕްތަކުން ބުނާ ގޮތުގައި ފިލިޕީންސްގެ ކުރީގެ ސަރުކާރުތަކަށް ވުރެ ބޮޑަށް ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ސަރުކާރުން ދަނީ "ރަތް ޓެގު އަޅުވަމުންނެވެ".

ޑުޓާޓޭ 2016 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން، މާއޮއިސްޓުންނާ އެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ނަމަވެސް 2017 ވަނަ އަހަރު މަޝްވަރާތައް ފެއިލްވުމުން، ޑުޓާޓޭ ވިދާޅުވީ މާއޮއިސްޓުންނަކީ ޓެރަރިސްޓުން ކަމަށެވެ.

އޭގެ އިތުރުން އަންހެން މާއޮއިސްޓުންގެ ޖިންސީ ގުނަވަނަށް އަމާޒުކޮށް ބަޑި ޖެހުމަށް ވެސް ޑުޓާޓޭ ސިފައިންނަށް އަމުރު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox