އިގްތިސާދު ވަރުގަދަ ކުރަން އިންޑިއާ އާއި ޔޫއޭއީ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިނޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި އަބޫ ދާބީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދް އަލް ނަހްޔާން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިނޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އަދި އަބޫ ދާބީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދް އަލް ނަހްޔާން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ވިޔަފާރި އާއި އިންވެސްޓްމަންޓް ފުޅާކޮށް، އިގްތިސާދު ވަރުގަދަ ކުރުމުގެ މުހިއްމު އެއްބަސްވުމެއްގައި އިންޑިއާ އާއި ޔޫއޭއީއިން ހުކުރު ދުވަހު ސޮއިކޮށްފި އެވެ.

ކޮމްޕްރިހެންސިވް އިކޮނޮމިކް ޕާޓްނާޝިޕް އެގްރީމެންޓާއި އެހެން އެއްބަސްވުންތަކުގައި ސޮއިކުރަން ބޭއްވި ވާޗުއަލް ބައްދަލުވުމުގައި އަބޫ ދާބީގެ ވަލީ އަހުދު މުހައްމަދު ބިން ޒައިދް އަލް ނަހްޔާން އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގެންނެވި އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަކީ "ދެ ގައުމުގެ ގުޅުމުގައި މުހިއްމު ހަރަކާތެއް"ގެ ގޮތުގައި އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖެއިޝަންކަރް ސިފަކުރެއްވި އެވެ.

"އޭގެ ދަށުން މުދަލާއި ހިދުމަތުގެ ވިޔަފާރިއާ ގުޅޭ އާ ފުރުސަތުތައް ފަހިވެ، އިންވެސްޓްމަންޓްތައް ފުޅާވާން މަގުފަހިވާނެ."

ޔޫއޭއީގެ ރަސްމީ ނިއުސް އެޖެންސީއިން ބުނީ އެއްބަސްވުމުގެ ދަށުން "އިގްތިސާދީ ގުޅުމުގެ އާ ޒަމާނެއް ފެށި، ވިޔަފާރި އާއި އިންވެސްޓްމަންޓަށް އާ ފުރުސަތުތައް ހުޅުވަމުން ދާނެ" ކަމަށެވެ.

އިންޑިއާ އާއި ޔޫއޭއީގެ ވިޔަފާރީގެ އަގަކީ 59 ބިލިއަން ޑޮލަރެވެ. ތަފާސްހިސާބުން ދައްކާ ގޮތުގައި 2019-2020 އަށް އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިއަކީ ޔޫއޭއީ އެވެ.

އޭގެ އިތުރުން 2020-2021 އަށް އިންޑިއާއިން ތިން ވަނައަށް އެންމެ ގިނަ މުދާ އެކްސްޕޯޓް ކުރީ ޔޫއޭއީ އަށެވެ. އެއީ 16 ބިލިއަން ޑޮލަރުގެ އެކްސްޕޯޓެވެ.

އެންމެ ގިނައިން އެކްސްޕޯޓް ކުރީ ޕެޓްރޯލިއަމް އުފެއްދުންތަކާއި، އަގުހުރި މައުދަނާއި، ހިލަ، ޖަވާހިރު، ގަހަނާ އަދި މިނެރަލް އާއި ކާބޯތަކެތި އަދި ޓެކްސްޓައިލްސް އެވެ.

އިންޑިއާ އާއި ޔޫއޭއީއިން ގުޅުން ގާއިމްކުރީ 1970ގެ ކުރީކޮޅުގަ އެވެ. ޔޫއޭއީގައި އެންމެ ގިނައިން އުޅޭ ބިދޭސީންނަކީ އިންޑިއާ ރައްޔިތުންނެވެ. ޔޫއޭއީގެ 10 މިލިއަން މީހުންގެ ތެރެއިން 35 ޕަސެންޓަކީ އިންޑިއާ މީހުންނެވެ.

ޔޫއޭއީގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުން ގައުމަށް ފޮނުވާ ރެމިޓެންސްގެ އަގު 2019 ވަނަ އުޅުނީ 17.06 ބިލިއަން ޑޮލަރަށް ވުރެ މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox