ހެއްކާ ބެހޭ ބިލު މަޖިލީހުން އަވަހަށް ފާސް ކުރުމަށް ބަންޑާރަ ނައިބު ގޮވާލައްވައިފި

ބަންޑާރަ ނައިބު ރިއްފަތު ކޮމިޓީއެއްގައި ވާހަކަދައްކަވަނިކޮށް: އޭނާ އެދުނީ ހެއްކާ ބެހޭ ބިލް ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމަށް -- ފޮޓޯ: ފައިލް

ބަންޑާރަ ނައިބު ރިއްފަތު ކޮމިޓީއެއްގައި ވާހަކަދައްކަވަނިކޮށް: އޭނާ އެދުނީ ހެއްކާ ބެހޭ ބިލް ވީ އެންމެ އަވަހަކަށް ފާސްކޮށްދިނުމަށް -- ފޮޓޯ: ފައިލް

ކުށްކުރާ މީހުން ދޫވާ މައްސަލަތައް ހައްލުވާނީ ރައްޔިތުންގެ މަޖިލީހުގައި އޮތް ހެއްކާ ބެހޭ ބިލު ފާސްކޮށްގެން ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އިއްޔެ ވިދާޅުވެއްޖެ އެވެ.

ކުށްވެރިން ދޫވާ ސަބަބުތަކާ ގުޅޭ ގޮތުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މެމްބަރުން ސުވާލު ކުރުމުން ރިފްއަތު ވިދާޅުވީ ކުށްވެރިން ދޫވަނީ، ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި، ހެކި ވަޒަންކުރުމުގެ އުސޫލުތަކާ ހަމަތައް ލިޔެފައި ނެތުމުގެ ސަބަބުން ކަމަށެވެ.

"އެހެންވުން [ކުށްތަކުގައި މީހުން ދޫވުން] އެކަށީގެންވޭ، ތަފްސީލީ ގޮތެއްގައި ހެކި ވަޒަންކުރުމުގެ އުސޫލުތަކާ ހަމަތައް ލިޔެވިފައި ނެތީމާ، ނޫނީ ސާފުކޮށް އެނގެން ނެތީމާ، މިކަހަލަ ލޫޕްހޯލްތައް ހުރެގެން މައްސަލަތައް ސާބިތުނުވާ ކަމަށް،" ރިފްއަތު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި އަމަލުކުރަމުން އަންނަ ހެއްކާ ބެހޭ ގާނޫނަކީ މާ ކުރީގެ ގާނޫނަކަށްވާތީ އެ ގާނޫނު އެހާ ތަފްސީލު ކުރެވިފައި ނުވާކަން އޭޖީ ފާހަގަކުރެއްވި އެވެ. އަދި ހެކި ވަޒަންކުރާނެ ރަނގަޅު އުސޫލުތަކެއް އެ ގާނޫނުގައި ނެތުމުން ހެކި ވަޒަން ކުރުމުގައި ފަނޑިޔާރުންނަށް ލިބޭ އިހްތިޔާރާ، ބާރުތައް ފުޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންސާފު ގާއިމް ކުރުމަށްޓަކައި މިކަން [ގާނޫނީ ބާގަނޑުތައް] އަޅުގަނޑުމެން އެބަ ޖެހޭ ހަމައަކަށް އަޅުވަން. އެހެންވީމަ އަޅުގަނޑު އުންމީދު ކުރަނީ ރައްޔިތުން މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ހެއްކާ ބެހޭ ބިލް ވީ އެންމެ އަވަހަކަށް ތިބޭފުޅުން [ރައްޔިތުން މަޖިލީހުގެ މެމްބަރުން] ފާސްކޮށްދެއްވާނެ ކަމަށް،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވި ގޮތުގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ 93 ސަފްހާގެ ހެއްކާ ބެހޭ ބިލުގައި ސިއްރު ހެކިވެރިންނަށް ހިމާޔަތް ދިނުމުގެ އަމުރު ނެރެދެވޭނެ އުސޫލެއް ވެސް އޮވެ އެވެ. އެއީ ސިއްރު ހެކިވެރިންގެ ސިއްރުވެރިކަން ގެއްލިދާ މައްސަލަ ހައްލު ކުރުމަށްޓަކައި ހިމެނި ނުކުތާއެއްކަން ރިއްފަތު ފާހަގަކުރެއްވި އެވެ.

މަސްތުވާ ތަކެތީގެ މައްސަލަތަކުގައާ، މަރުގެ މައްސަލަތަކުގައި ސިއްރު ހެކިވެރިންގެ ސިއްރުވެރިކަން ގެއްލުމުގެ ސަބަބުން، ހެކިބަހުން ރުޖޫއަވުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. އެހެންވެ، ގިނަ މައްސަލަތައް ސާބިތު ނުވެ ދިއުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox