ދިއްލީގައި 87 އަހަރުގެ އަންހެނަކު ރޭޕްކުރި މީހަކު ހައްޔަރުކޮށްފި

މުޒާހަރާކޮށް، ގާނޫނުތައް ވަރުގަދަ ކުރި ނަމަވެސް އިންޑިއާގެ ޖިންސީ އަނިޔާގެ މައްސަލަ ކުޑައެއް ނުވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

މުޒާހަރާކޮށް، ގާނޫނުތައް ވަރުގަދަ ކުރި ނަމަވެސް އިންޑިއާގެ ޖިންސީ އަނިޔާގެ މައްސަލަ ކުޑައެއް ނުވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އުމުރުން 87 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އުމުރުން 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހާއަކީ އަންހެން މީހާގެ ގެ ހުންނަ ތިލަކް ނަގަރް ސަރަހައްދުގައި މަގުމަތު ކުނި ކަހަން އުޅޭ ފިރިހެނެއް ކަމަށެވެ.

މުސްކުޅިވުމުގެ ސަބަބުން އެނދުމަތިކޮށްފައި އޮންނަ އަންހެން މީހާ ރޭޕްކޮށް، ވައްކަން ކުރީ އާދީއްތަ ދުވަހުގެ މެންދުރު ފަހު ގޭގައި އެހެން އެކަކު ވެސް ނެތް ވަގުތުގަ އެވެ.

Advertisement

އަންހެން މީހާގެ އާއިލާއިން ބުނީ ރޭޕްގެ މައްސަލަ ހުށަހެޅި ވެސް ފުލުހުން އެކަން މައްސަލައެއްގެ ގޮތުގައި އެންމެ ފުރަތަމަ ނުބެލި ކަމަށެވެ. އެކަމަކު ފުލުހުން އެ ވާހަކަ ދޮގުކުރެ އެވެ.

ފުލުހުން ބުނީ އަންހެން މީހާގެ އާއިލާއިން އާދީއްތަ ދުވަހު ރިޕޯޓު ކުރީ ހަމައެކަނި ވައްކަމުގެ މައްސަލައެއް ކަމަށެވެ. ރޭޕްގެ މައްސަލަ ހުށަހެޅީ ދެ ވަނަ ޝަކުވާއެއްގެ ގޮތުގައި ހޯމަ ދުވަހު ކަމަށް ބުންޏެވެ.

ނަމަވެސް އާއިލާގެ މެމްބަރަކު އިންޑިއަން އެކްސްޕްރެސް ނޫހަށް ބުނީ "ސްޓްރެސް ބޮޑުވާނެތީ" ރޭޕްގެ މައްސަލަ ދޫކޮށްލަން ފުލުހުން އެދުނު ކަމަށެވެ.

ނޭޝަނަލް ވިމެންސް ކޮމިޝަނުން ބުނީ އެގޮތަށް ބުނި ފުލުހުންނާ މެދު ފިޔަވަޅު އަޅަން އެދި، ދިއްލީގެ ފުލުހުންނަށް ރަސްމީކޮށް ސިޓީ ފޮނުވާފައި ވާނެ ކަމަށެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ވެސް ދިއްލީގައި އުމުރުން 86 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލަ ފެންމަތިވެ، ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ރޭޕް އާއި ޖިންސީ އަނިޔާގެ ވާހަކަ އިންޑިއާގައި ބާރަށް ދެކެވެން ފެށީ 2012 ވަނަ އަހަރު ދިއްލީގައި ގޭންގަކުން އަންހެނަކު ރޭޕްކޮށް މަރާލި މައްސަލައަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox