ހުލާސާކޮށް އިއްޔެ: އިންޑިއާ އައުޓްގެ ސަބަބުން ލިބިދާނެ ގެއްލުމުގެ އިންޒާރު ދިނުން

"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަސް ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

"އިންޑިއާ އައުޓް" ނަމުގައި ހިންގާ ހަރަކާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަސް ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން މައުލޫމާތު ދެއްވަނީ. -- ފޮޓޯ: މަޖިލިސް

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ފޮރިން މިނިސްޓްރީން ދިނީ އިއްޔެ އެވެ.

"އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން އަންނަނީ ދިރާސާއެއް ކުރަމުންނެވެ.

އިގުތިސޯދީ އަދި އަސްކަރީ ގޮތުން މި ސަރަހައްދުގައި އޮތް އެންމެ ބާރުގަދަ އިންޑިއާއާއެކު ޒަމާނުއްސުރެ ގާއިމުކޮށްފައި އޮތް ގުޅުމަށް އަސަރުކުރާ ފަދަ އެއްވެސް ކަމެއް ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އިއްޔެ އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލް ވިދާޅުވި އެވެ.

"އެފަދަ ގުޅުންތަކަށް ބުރޫއަރާފަދަ ކަމެއް ފަރުދެއް ވިޔަސް، ސިޔާސީ ޕާޓީއެއް ވިޔަސް އަދި ސަރުކާރެއްވިޔަސް ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އެކަމުގެ ނިކަމެތިކަން ލިބެނީ ރައްޔިތުންނަށް،" އިއްޔެގެ 241 ކޮމިޓީގައި އޭނާ ވިދާޅުވި އެވެ.

އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާއިރު، "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން އެފަދަ ދިވެހިންނަށް އެއްވެސް ފުރައްސާރައެއް ނޫނީ ގޯނާއެއް ކުރިމަތިވާކަމުގެ ޝަކުވާއެއް ފޮރިން މިނިސްޓްރީއަށް ލިބެމުންދޭތޯ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފް އިއްޔެ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފޮރިން މިނިސްޓަރުގެ ނައިބު އަބްދުﷲ ހުމައިދު ވިދާޅުވީ އެފަދަ ޝަކުވާއެއް ރަސްމީ ސިފައެއްގައި އަދި ލިބިފައިނެތް ނަމަވެސް، އެ ކެމްޕޭނު ފުޅާވެ، މިހާރު އޮތް ހާލަތު އިތުރަށް ގޯސްވެއްޖެނަމަ ދެ ގައުމުގެ ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

"މިހާރު އޮތް މަސްރަހު ހޫނުވެ، ދެ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު. އެހެންވީމާ އެކަން [އިންޑިއާ އައުޓް ކެމްޕޭން] ހުއްޓުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ،" ހުމައިދު އިއްޔެ ވިދާޅުވި އެވެ.

ސަރުކާރާއި އެމްޑީޕީގެ ކަންބޮޑުވުން އޮތް ކަމެއް

އިންޑިއާ އައުޓް ކެމްޕޭނާއި ގުޅިގެން ސަރުކާރާއި ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ތަކުރާރުކޮށް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިދިކޮޅުން ކުރިއަށް ގެންދާ ކެމްޕޭނާއި ފަހުން ވެސް ހިންގައިފާނެ އެފަދަ އެހެން ކެމްޕޭންތައް ވެސް ގާނޫނީ ކުށަކަށް ހެދޭ ފަދަ ބިލު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ވަނީ ފާސްކޮށްފަ އެވެ.

އެމްޑީޕީން އެކުލަވައިލި ޑްރާފްޓްގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމަށްފަހު، ރާއްޖެއާ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ. ބިލުގައިވާ ގޮތުން، ރާއްޖެއާ ގުޅުން ގާއިމްކޮށްފައިވާ ގައުމެއްގެ އިއްޒަތާއި ގަދަރަށް ބުރޫ އަރާ ފަދަ އަމަލެއް ކުރުމަކީ ވެސް ކުށެކެވެ.

"އިންޑިއާ އައުޓް" ކެމްޕޭންގެ ސަބަބުން ނަފުރަތު އުފެދިގެން ބައެއް ކަހަލަ ކަންތައްތައް ހިނގާފައި އެބަހުރި ކަމަށާއި އިންޑިއާގެ ޑިޕްލޮމެޓުންނަށް ގޯނާ ކުރިކަން ފުލުހުންގެ ސަމާލުކަމަށް ވެސް އައިސްފައި ހުރި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.

އެކަންކަމާ ގުޅިގެން، ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ޓަކައި ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަންނަނީ އަޅަމުންނެވެ.

އިންޑިއާ އައުޓް ކެމްޕެއިނުގެ ބެކްގްރައުންޑް

އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅު ކޯލިޝަނުން ކުރަން ފެށީ އުތުރުތިލަފަޅު އެއްބަސްވުމާއި މުޅި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭއެއް ހެދުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރި އެގްރިމެންޓުގެ ތަފްސީލު ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމުންނެވެ.

އެގްރިމެންޓުތައް ހާމަ ކުރަން ދެކޮޅު ހެދުމުން އިދިކޮޅަށް ނިސްބަތްވާ މެމްބަރުން ވަނީ އެކި މަސައްކަތް ކުރައްވައިގެން އެންމެފަހުން މަޖިލީހުގެ ކޮމެޓީއެއްގައި އެގްރިމެންޓް ބައްލަވައިފަ އެވެ. އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުވާ ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއްގައި ސޮއި ކުރަން ފެށީ އެ ހިސާބުންނެވެ.

ދިވެހިންގެ މިނިވަންކަން ގެއްލެމުންދާ ކަމަށް ބުނެ އެންމެ ފުރަތަމަ ޕީޕީއެމުން ޖުލައި 30، 2021 ގައި ކެމްޕެއިނެއް ފެށީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ގެ ނަމުގަ އެވެ. ކެމްޕެއިނުގެ ނަން "އިންޑިއާ އައުޓް" އަށް ބަދަލުވީ އޭގެ ފަހުންނެވެ.

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައި އޮތް މަނީ ލޯންޑަރިންގެ ހުކުމް ނޮވެމްބަރު 30، 2021 ގައި ބާތިލް ކުރުމާއެކު އެންމެ ފުރަތަމަ ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވަނީ "އިންޑިއާ އައުޓް" ގެ ޒިންމާ ނަންގަވައިފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ހިންގެވުމަށް ޕާޓީގެ ކެމްޕެއިނުތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މުހިންމު ފަރާތެއް ކަމަށްވާ އަހުމަދު "ސާބެ" ޝާހިދު ޕާޓީގެ ކޮމެޓީތަކުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ.
  • މީގެ ނުވަ އަހަރު ކުރިން ފެލިވަރުގައި ހިނގި 1.5 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ތުހުތުވާ މުހައްމަދު އިމްތިޔާޒްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތުކުރަން އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ، އެ މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާކަން ހާމަވީ އިއްޔެ އެވެ.
  • ފުލުސް ބޯޑުން ވަކި ކުރުމަށް ނިންމައި ނޯޓިސްދީފައިވާ ފުލުހުންގެ ހަތް ސީނިއާ އޮފިސަރުންގެ ތެރެއިން ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނިކޮށް، މަގާމުން ވަކި ކުރި ދެ އޮފިސަރުންގެ ވަޒީފާ އިއާދަ ނުކޮށްދިން މައްސަލާގައި ސުޕްރީމް ކޯޓުން ހޫނު ސުވާލުތަކެއް ކުރުމަށްފަހު އިސްތިއުނާފީ އަޑުއެހުންތައް ނިންމާލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް މިވަގުތު ތާއިދު ނުކުރައްވާކަން ހާމަކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ:

"ރައްޔިތުންގެ މަޖިލިސްގެ ތެރެއިން ސަރުކާރެއް އުފެދިގެން ދާއިރު މިކަހަލަ ކުޑަ ގައުމެއްގައި ރައްޔިތުންގެ މަޖިލީހުގެ އަދަދު ވެސް ކުޑަ. އެހެންމަ އަޅުގަނޑު ކަންބޮޑުވާ ކަމެއް، ބާރުގަދަ ބައެއްގެ އަތް މައްޗަށް މަޖިލީހާއި ސަރުކާރު ދިޔުމުގެ ފުރުސަތު, ޖުޑީޝިއަރީ އަދި ހުރިހާ އެއްޗެއް ވެސް އެ ކޮންޓްރޯލްގެ ދަށަށް އެބަ އާދޭ،"

ދުވަހުގެ ފޮޓޯ

ބ. އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓީމަކުން ފަރިތަކުރުންތައް ކުރިޔަށްގެންދަނީ. މި ދަނޑު ހުޅުވާފައި ވަނީ މާޗް 16، 2019 ގައި. މިއީ އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ކަމަށްވާ އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި އަޅާފައިވާ ދަނޑެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ބ. އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓީމަކުން ފަރިތަކުރުންތައް ކުރިޔަށްގެންދަނީ. މި ދަނޑު ހުޅުވާފައި ވަނީ މާޗް 16، 2019 ގައި. މިއީ އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ކަމަށްވާ އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި އަޅާފައިވާ ދަނޑެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބ. އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ޓީމަކުން ފަރިތަކުރުންތައް ކުރިޔަށްގެންދަނީ. މި ދަނޑު ހުޅުވާފައި ވަނީ މާޗް 16، 2019 ގައި. މިއީ އޭދަފުއްޓަށް އުފަން ވިޔަފާރިވެރިޔާ އަދި ކްރައުން ކޮމްޕެނީގެ އެއް ހިއްސާދާރު ކަމަށްވާ އަހުމަދު ނަޒީރުގެ އަމިއްލަ ހަރަދުގައި އަޅާފައިވާ ދަނޑެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

ޕޮލިޓިކަލް އައިޑެންޓިޓީ ޤާއިމު ކުރުމުގައި ބަހުގެ ދައުރު

މިއީ ގައުމީ ޔުނިވާސިޓީން ދިވެހި ބަހާއި ސަގާފަތުގެ މާސްޓާސް ޑިގްރީ ކޯސް ފުރިހަމަކުރައްވަމުން ގެންދެވި އައިމިނަތު އިބްރާހިމް، "ޕޮލިޓިކަލް އައިޑެންޓިޓި" ޤާއިމުކުރުމުގައި ބަހުގެ ދައުރު ދެނެގަތުމަށް ކުރައްވާފައިވާ ދިރާސާ އެކެވެ. އެގޮތުން ދިރާސާގައި ކޭސް ސްޓަޑީ އެއްގެ ގޮތުގައި ބަލައިފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ "ޕޮލިޓިކަލް އައިޑެންޓިޓީ" ނުވަތަ ސިޔާސީ ކާކުވަންތަކަން ޤާއިމު ކުރުމުގައި ބަހުގެ ދައުރެވެ. ދިރާސާ ކުރުމުގައި މައިގަނޑު މަސްދަރުތަކެއްގެ ގޮތުގައި ބަލާފައިވަނީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތުގެ ތެރެއިން 10 ތަގުރީރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox