ހަތިޔާރު އެޅި ބަޔަކު ލަންކާގެ މަގްބޫލު ނޫސްވެރިޔަކަށް ހަމަލާ ދޭން އުޅެފި

ބަޑި ހިފައިގެން އުޅުނު ބަޔަކު މަސައްކަތް ކުރީ ޓީވީ ނޫސްވެރިޔާ ޗަމުދިތަ ސަމަރަވިކްރަމައަށް ހަމަލާ ދޭން. -- ފޮޓޯ: އޭއެފްޕީ

ބަޑި ހިފައިގެން އުޅުނު ބަޔަކު މަސައްކަތް ކުރީ ޓީވީ ނޫސްވެރިޔާ ޗަމުދިތަ ސަމަރަވިކްރަމައަށް ހަމަލާ ދޭން. -- ފޮޓޯ: އޭއެފްޕީ

ކޮލޮމްބޯ، ސްރީލަންކާ (ފެބްރުއަރީ 14) - ބަޑި ހިފައިގެން އުޅުނު ބަޔަކު ސްރީލަންކާގެ މަގްބޫލު ޓީވީ ނޫސްވެރިޔެއްގެ ގޭތެރެއަށް ގަދަކަމުން ވަދެގަނެ، ހަމަލާ ދޭން މަސައްކަތްކޮށްފި އެވެ.

ޗަމުދިތަ ސަމަރަވިކްރަމައަކީ ވެރިކަމުގައި މިހާރު ތިއްބެވި ރާޖަޕަކްސަ އާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔާ ނޫސްވެރިއެކެވެ. އެގޮތުން ފަހަކަށް އައިސް، ޓީވީ އާއި ޔޫޓިއުބްގައި ވެސް ރާޖަޕަކްސަ އާއިލާއަށް ފާޑުކިޔައި ގިނަ ކޮންޓެންޓް އޭނާ ގެނެސްދީފައިވެ އެވެ.

ފުލުހުން ބުނީ ހޯމަ ދުވަހު ފަތިސް ވަގުތާ ދިމާކޮށް ހިނގި ހާދިސާގައި އޭނާއަށް އަނިޔާއެއް ނުވި ނަމަވެސް، ވަރަށް ބޮޑަށް ސިހިފައި ހުރި ކަމަށެވެ.

"އެ މީހުން އައީ ބަޑި ހިފައިގެން. އައިސް ގާޑަށް ބިރު ދައްކައިގެން، ގެ ހުންނަ ބިމުގެ ތެރެއަށް އެތެރެވި،" ފުލުހަކު ބުންޏެވެ. މައްސަލައިގެ ތަހުގީގަށް ފޮރެންސިކް ތަޖުރިބާކާރުންގެ އެހީ ދަނީ ހޯދަމުންނެވެ.

"މަދުވެގެން ތިން ފިރިހެނުން ތިބި. ކޮންމެ މީހެއްގެ އަތުގައި ވެސް ހަތިޔާރު އޮތް. އެ މީހުން އައީ ހުދު ކުލައިގެ ވޭނެއްގައި. އެންމެ ފުރަތަމަ އިވުނީ ބަޑި ޖެހި އަޑު. ގޭގެ ކުޑަދޮރުތައް ތަޅާލައި، ފާރަށް ނަޖިސް އުކި. އެ މަންޒަރު ވަނީ ސީސީޓީވީއަށް އަރާފައި،" ސަމަރަވިކްރަމަ އޭއެފްޕީއަށް ބުންޏެވެ.

"މި ހަމަލާގެ ފަހަތުގައި ތިބީ ކޮން ބަޔެއް ކަމެއް ނޭނގޭ. އެކަމަކު އެ މީހުންނަށް ބޭނުން ވަނީ ބިރު ދައްކައިގެން އަޑު ކަނޑުވައެއް ނުލެވޭނެއޭ."

ލަންކާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން އަންނަނީ އެ ހަމަލާ ކުށްވެރި ކުރަމުންނެވެ.

"މި ހަމަލާއިން ދައްކުވައިދެނީ ފަހަކަށް އައިސް ލަންކާގެ ނޫސްވެރިން މަސައްކަތް ކުރަން އުޅޭ ނުރައްކާތެރި މާހައުލު،" ފްރީ މީޑިއާ މޫވްމަންޓުން ބުންޏެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާޒް އިން ލަފާކުރާ ގޮތުގައި މިހާރުގެ ބޮޑު ވަރީޒު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި 2005 އިން 2015 އަށް މަދުވެގެން 14 ނޫސްވެރިން މަރާލާފައިވެ އެވެ.

މީގެ ދެ ހަފްތާ ކުރިން ފުލުހުން ވަނީ ސަމަރަވިކްރަމަ އާއި އޭނާ ނިސްބަތްވާ ހިރޫ ޓީވީ ނެޓްވޯކްގެ މައްސަލައެއް ބަލަން ފަށާފަ އެވެ. އެއީ ފުލުހުންނަށް ފާޑުކިޔަމުން ދާތީ އަދި ފުރާނައަށް ނުރައްކާވާ ކަމަށް ބުނެ ދޮގު ޝަކުވާއެއް ހުށަހެޅުމުން ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ހަފްތާގައި އޭނާ ހުށަހެޅި އިންޓަވިއުއެއްގައި ގެނެސްދިނީ އިނގިރޭސިވިލާތުން ރައްކާތެރިކަން ހޯދައިގެން ދިރިއުޅެމުންދާ ކުރީގެ ފުލުހެއްގެ ވާހަކަތަކެވެ. ސަމަރަވިކްރަމަ ގެނެސްދޭ އެންމެ މަގްބޫލް ޝޯއަކީ "ޓްރުތް ވިތް ޗަމުދިތަ" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox