ފަސް ހާސް އަހަރުވީ އިންސާނެއްގެ ކަށިގަނޑެއް ތޭމްސް ކޯރުން ފެނިއްޖެ

ތޭމްސް ކޯރުގެ އައްސޭރި ފަށުގައި އޮތް ފައި ކަޑިގަނޑު ފެނުނީ ސައިމަން ހަންޓްއަށް. -- ފޮޓޯ: ސައިމަން ހަންޓް

ތޭމްސް ކޯރުގެ އައްސޭރި ފަށުގައި އޮތް ފައި ކަޑިގަނޑު ފެނުނީ ސައިމަން ހަންޓްއަށް. -- ފޮޓޯ: ސައިމަން ހަންޓް

ލަންޑަންގެ ތޭމްސް ކޯރުގައި ބޯޓު ދުއްވާލަން ނުކުމެ އުޅުނު މީހަކަށް، އެ ކޯރުގެ އައްސޭރި ފަށުގައި އޮތް 5000 އަހަރުވީ އިންސާނެއްގެ ކަށިގަނޑެއް ފެނިއްޖެ އެވެ.

ސައިމަން ހަންޓް ނަމަކަށް ކިޔާ ގްރެފިކް ޑިޒައިނަރު ބީބީސީއަށް ބުނީ ކަށިގަނޑު ފެނުނީ ހެނދުނު ބޯޓުގައި ފަލިޖަހަމުން ދަނިކޮށް، ކޯރުގެ ދިޔަވަރު ހިކިފައި އޮތް ގަޑިއެއްގައި ކަމަށެވެ.

އިންސާނެއްގެ ކަށިގަނޑާ ވައްތަރުވުމުން، ޝައްކުތަކެއް އުފެދި ކަންބޮޑުވި ނަމަވެސް، ކާބަން ޑޭޓިން ތަހުލީލުން އެނގުނު ގޮތުގައި އެއީ މީގެ 5000 އަހަރު ކުރިން އުޅުނު މީހެއްގެ ކަށިގަނޑެވެ.

Advertisement

ފުލުހުންނާ ހަވާލުކޮށްގެން ހެދި ތަހުލީލުން ދައްކާ ގޮތުގައި އެއީ "ސްޓޯން އޭޖް" ނިމުނު ދުވަސްވަރު "ބްރިޓިޝް ނިއޯލިތިކް" ޒަމާނުގައި އުޅުނު މީހެއްގެ ކަށިގަނޑެވެ.

"ނިއޯލިތިކް ބްރިޓަން" ޒަމާނުގައި ދަނޑުވެރިކަމުގެ މަސައްކަތް ބޮޑަށް ފެތުރި، ޔޫރަޕްގެ އެހެން ހިސާބުތަކުން ދަނޑުވެރިކަމަށް ހާއްސަ އާލާތްތަކާއި ޓެކްނީކްތައް އިނގިރޭސިންނާ ހަމައަށް ފޯރަން ފެށި އެވެ.

މި ވަގުތު ކަށިގަނޑު ރައްކާކޮށްފައި އޮތީ ސައިމަން ހަންޓްގެ އަތުގައި. -- ފޮޓޯ: ސައިމަން ހަންޓް
މި ވަގުތު ކަށިގަނޑު ރައްކާކޮށްފައި އޮތީ ސައިމަން ހަންޓްގެ އަތުގައި. -- ފޮޓޯ: ސައިމަން ހަންޓް

މި ވަގުތު ކަށިގަނޑު ރައްކާކޮށްފައި އޮތީ ސައިމަން ހަންޓްގެ އަތުގައި. -- ފޮޓޯ: ސައިމަން ހަންޓް

އާކިއޮލޮޖިސްޓަކު ލަފާކުރާ ގޮތުގައި ކަށިގަނޑު ނިސްބަތްވާ މީހާގެ ދިގު މިނުގައި ހުންނާނީ ގާތްގަނޑަކަށް ފަސް ފޫތު ހަތް އިންޗި އެވެ. ނަމަވެސް އެއީ ކޮން ޖިންސެއްގެ މީހެއްކަން ހޯދިފައެއް ނުވެ އެވެ.

ފަސް ހާސް އަހަރުވީ އެ ކަށިގަނޑަކީ އިނގިރޭސިވިލާތުގެ ގަދީމީ ސްޓޯންހެންޖް ބިނާ އާއި މިސްރުގެ ޕިރަމިޑްސް އޮފް ގީޒާއަށް ވުރެ ގިނަ ދުވަސްވީ އެއްޗެކެވެ.

ސައިމަން ހަންޓްގެ އުއްމީދަކީ އެ ކަށިގަނޑު ލަންޑަންގެ މިޔުޒިއަމްގައި ރައްކާ ކުރުމެވެ. އެ ތަނުގައި މިހާރު ވެސް ނިއޯލިތިކް ޒަމާނުގައި އުޅުނު މީހެއްގެ ބޯ ކަށިގަނޑުގެ ބަޔެއް ރައްކާކޮށްފައިވެ އެވެ.

ލަންޑަންގެ މިޔުޒިއަމުން ބުނީ އެ ބޯ ކަށިގަނޑަކީ ތޭމްސް ކޯރުން މިހާތަނަށް ފެނުނު އެންމެ ގިނަ ޒަމާންވީ އެތި ކަމަށެވެ. މީގެ ކުރިން ވެސް އެ ކޯރުން މިފަދަ ގިނަ ތަކެތި ފެނިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox