ހިންދޫންނާ ހެދި ގުޖަރާތުގައި ހުންނަ ބޮޑެތި ވިޔަފާރިތައް ބަންދުކުރަން ޖެހިއްޖެ

ގުޖަރާތުގައި ހުންނަ ކިއާ މޮޓޯޒް ފިހާރައެއްގެ ބޭރުގައި ހިންދޫން މުޒާހަރާ ކުރަނީ. -- ފޮޓޯ: ޑެކަން ހެރަލްޑް

ގުޖަރާތުގައި ހުންނަ ކިއާ މޮޓޯޒް ފިހާރައެއްގެ ބޭރުގައި ހިންދޫން މުޒާހަރާ ކުރަނީ. -- ފޮޓޯ: ޑެކަން ހެރަލްޑް

އިންޑިއާގެ ގުޖަރާތު ސްޓޭޓުގައި ހިންދޫންގެ ނުރައްކާ ކުރިމަތިވެ، ބައެއް ބައިނަލްއަގްވާމީ ވިޔަފާރިތަކުގެ ފިހާރަތައް ބަންދުކުރަން ޖެހިއްޖެ އެވެ.

ހިންދޫން ރުޅިގަދަވީ ވިޔަފާރިތަކުގެ ޕާކިސްތާން ގޮފިން ކަޝްމީރަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުންނެވެ. އެ ޕޯސްޓުތައް ކުރީ ފެބްރުއަރީ ފަސް ވަނަ ދުވަހު ޕާކިސްތާނުގައި ފާހަގަކުރާ ކަޝްމީރް ސޮލިޑާރިޓީ ޑޭއާ ދިމާކޮށެވެ.

އެއީ ކަޝްމީރުގެ ރައްޔިތުން އިންޑިއާގެ ބާރުގެ ދަށުން ސަލާމަތް ވާން ކުރާ މަސައްކަތް އަގު ވަޒަން ކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

މަލްޓިނެޝަނަލް ކުންފުނިތަކުގެ ޕާކިސްތާން ގޮފިން އެ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމުން ގުޖަރާތުގެ މަގުތަކަށް މުޒާހަރާ ކުރަން ނުކުތީ ހިންދޫ ދީނުގެ ގްރޫޕުތަކުންނެވެ.

އެގޮތުން ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އާ ގުޅުން އިންނަ ބަޖްރަންގް ދާލް އާއި ވިޝްވާ ހިންދޫ ޕަރިޝާދް ނުވަތަ ވޯލްޑް ހިންދޫ ކައުންސިލްގެ މެމްބަރުން މުޒާހަރާގައި ބައިވެރިވި އެވެ.

އެ މީހުން އެއްވީ ގުޖަރާތުގައި ހުންނަ މަލްޓިނެޝަނަލް ކުންފުނިތަކުގެ ފިހާރަތައް ކައިރިއަށެވެ. ނުރައްކާ ބޮޑުވުމުން ބަންދު ކުރި ތަންތަނުގެ ތެރޭގައި ޕިއްޒާ ހަޓް، ކޭއެފްސީ އަދި ދެކުނު ކޮރެއާގެ ކާރު އުފައްދާ ހަޔުންޑާއި އާއި ކިއާ މޮޓޯޒް ހިމެނެ އެވެ.

ކަޝްމީރް އޮންނަނީ އިންޑިއާ އާއި ޕާކިސްތާނަށް ދެ ފަޅިކޮށްފަ އެވެ. ނަމަވެސް ދެ ގައުމުން ވެސް މުޅި ކަޝްމީރު ބޭނުންވެ އެވެ. ނަމަވެސް ކަޝްމީރުގެ ބައެއް މީހުން ބޭނުން ވަނީ އިންޑިއާއާ ވަކިވެ، ޕާކިސްތާނުގެ ދަށަށް ބަދަލުވާށެވެ.

ހިންދޫ ގްރޫޕްތަކުން ބުނީ ސުލްހަވެރި މުޒާހަރާއަކަށް ނުކުންނަން ޖެހުނީ ކަޝްމީރަކީ އަބަދުވެސް އިންޑިއާގެ ތަނެއްގެ ގޮތުގައި ދެމިއޮންނާނެކަން ކުންފުނިތަކަށް އެންގުމުގެ ގޮތުން ކަމަށެވެ.

ހަޔުންޑާއި، ކިއާ މޮޓޯޒް، ޑޮމިނޯޒް ޕިއްޒާ، ޕިއްޒާ ހަޓް، ކޭއެފްސީ އަދި ޖަޕާނުގެ ސުޒުކީ މޮޓޯ، ހޮންޑާ މޮޓޯ އަދި އިސުޒު މޮޓޯއިން ވަނީ ޕޯސްޓުތަކާ ގުޅިގެން މައާފަށް އެދިފަ އެވެ.

އެ ވިޔަފާރިތައް ބޮއިކޮޓް ކުރަން އިންޑިއާގެ ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުން ގޮވާލަމުންދާ އިރު، ޕޯސްޓުތަކުގެ މައްސަލައިގައި ޑިޕްލޮމެޓިކް ފިޔަވަޅުތައް ވެސް އިންޑިއާއިން ވަނީ އަޅާފަ އެވެ.

އެގޮތުން މިދިޔަ ހަފްތާގައި އިންޑިއާއިން ވަނީ ދެކުނު ކޮރެއާގެ ސަފީރު ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، އިންޑިއާ ސަރުކާރުގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އަދި ދެކުނު ކޮރެއާގެ ފޮރިން މިނިސްޓަރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަށް ފޯނުން ގުޅުއްވައި، އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox