ކޯޓުރޫމް ނުލިބެގެން އަޑުއެހުންތައް ދެން ކެންސަލެއް ނުވާނެ: ކޮމިޝަނަރު

އަހްމަދު މުހައްމަދުފުޅު, މާލޭ ޖަލުގައި އަލަށް ބޭނުން ކުރަންފެށި ކޯޓް ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: އޭނާ ވިދާޅުވި ގޮތުގައި ދެން ކަރެކްޝަންގެ މައްސަލައަކާ ހުރެ އަޑުއެހުމެއް ކެންސަލް ނުވާނެ -- ފޮޓޯ: ކަރެކްޝަން

އަހްމަދު މުހައްމަދުފުޅު, މާލޭ ޖަލުގައި އަލަށް ބޭނުން ކުރަންފެށި ކޯޓް ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: އޭނާ ވިދާޅުވި ގޮތުގައި ދެން ކަރެކްޝަންގެ މައްސަލައަކާ ހުރެ އަޑުއެހުމެއް ކެންސަލް ނުވާނެ -- ފޮޓޯ: ކަރެކްޝަން

މިއަދުން ފެށިގެން މާލެ ޖަލުތަކުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމުގައި، ކަރެކްޝަންގެ އިދާރީ ދަތިތަކާ ހެދި އަޑުއެހުންތައް ކެންސަލްކުރަން ނުޖެހޭނެ ކަމަށް ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގައި ވެސް މާލެ ޖަލުން ޖާގަ ނުލިބެގެން ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކުރި ތިން އަޑުއެހުމެއް ކެންސަލްކުރި އެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެގޮތަށް 500 އަށް ވުރެ ގިނަ އަޑުއެހުން އެ ކޯޓުގައި ކުރިއަށް ނުގެންދެވި، ފަސްކުރަން ޖެހުނެވެ.

މި ދަތިތަކާ ހުރެ ބަންދުގައި ތިބޭ މީހުންގެ ޝަރީއަތް ދިގުލައިގެން ދާތީ، އެ މައްސަލަ ހައްލުކުރުމަށްޓަކައި އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭ ގޮތަށް ހާއްސަ ކޮށްފައިވާ ތިން ކޯޓް ރޫމެއް، އިއްޔެ މާލެ ޖަލުގައި ބޭނުންކުރަން ފެށި އެވެ.

Advertisement

ކޮމިޝަނަރު އޮފް ޕްރިޒަންސް "އަދަދު"އަށް ވިދާޅުވި ގޮތުގައި މާލޭ ޖަލުތަކުގެ އިތުރުން މާފުށީ ޖަލުގައިވެސް ކޯޓް ރޫމްތައް ހަދަމުންދެ އެވެ. އަދި އޮންލައިން އަޑުއެހުންތަކަށް ހާއްސަކޮށް ތަރައްގީ ކުރާ އެ ރޫމްތަކާ އެކު ޝަރީއަތްތައް އަވަސްވެގެން ދާނެ ކަމަށެވެ.

"އޮންލައިންކޮށް ބާއްވާ އަޑުއެހުންތައް މިހާރު ހަމަ ގައިމުވެސް (ކަރެކްޝަންގެ މައްސަލައަކާ ހުރެ) ކެންސަލް ނުވާނެ،" ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

އެތެރެ ފެންނަ ގޮތަށް ބިއްލޫރި ޖަހާފައި ހުރި ނަމަވެސް އަޑުއެހުންތަކަށް ހާއްސަކޮށްގެން ހަދާފައި ހުރި ހުރިހާ ރޫމެއްވެސް ސައުންޑް ޕްރޫފް ވާނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ބަންދުގައި ތިބި މީހުން ސާފުކޮށް ފެންނާނެ ކެމެރާއަކާ އެކު، ހައި ސްޕީޑް އިންޓަނެޓް ވެސް އެތަނަށް ގުޅާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ޖަލުގައި ހުޅުވި ކޯޓް ރޫމް -- ފޮޓޯ: ކަރެކްޝަން
މާލޭ ޖަލުގައި ހުޅުވި ކޯޓް ރޫމް -- ފޮޓޯ: ކަރެކްޝަން

މާލޭ ޖަލުގައި ހުޅުވި ކޯޓް ރޫމް -- ފޮޓޯ: ކަރެކްޝަން

"މީގެ ކުރިން އަޑުއެހުންތައް ކެންސަލްވަނީ އެކަމަށް ހާއްސަ ތަނެއް ނެތީމަ، ވަގުތީ ގޮތުން މީޓިން ރޫމްއާ އެހެނިހެން ތަންތަން އޭރު ހުންނާނީ. އެހެންވެ، އެތަންތަން ބިޒީވެގެން (ނުލިބެގެން) ކެންސަލްވަނީ، ދެން އެއް ވަގުތެއްގައި ތިން ކޯޓުގެ އަޑުއެހުން އޮތިއްޔާ ވެސް ދަތިވާ ފަހަރުތައް ދިމާވޭ،" ސީޕީ ވިދާޅުވި އެވެ.

"މިސާލަކަށް މެޖިސްޓްރޭޓް ދެ ކޯޓެއްގަ އާ، ކްރިމިނަލް ކޯޓުގައާ، ހައިކޯޓުގައި، އެއް ގަޑިއަކު އަޑުއެހުމެއް އޮތިއްޔާ ކިހިނެއް މެނޭޖް ކުރާނީ؟,"

މުހައްމަދުފުޅު ވިދާޅުވި ގޮތުގައި އެ ގޮތަށް އަޑުއެހުންތައް ތާވަލް ކުރުމުގައި ހުންނަ ފުށުއެރުންތައް ހައްލު ކުރުމަށްޓަކައި، ކޯޓުތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ޖުޑީޝައަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ މަޝްވަރާ ކޮށްފަ ވެއެވެ.

އަދި ކަރެކްޝަންއަށް ބުރަ ބޮޑު ނުވާނެ ގޮތަށް އެކަން މެނޭޖް ކުރެއްވުމަށް އެ އިދާރާއިން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޯޓް ރޫމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހްމަދު މުހައްމަދުފުޅު ވިދާޅުވީ މާލޭ ޖަލުގައި ބޭނުންކުރަން ފެށި ތިން ކޯޓް ރޫމަކީ ކަރެކްޝަންސްގެ މަސައްކަތްތަކަށް ލިބުނު ނުހަނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މާލޭ ޖަލުގައި ހުޅުވި ކޯޓް ރޫމް -- ފޮޓޯ: ކަރެކްޝަން
މާލޭ ޖަލުގައި ހުޅުވި ކޯޓް ރޫމް -- ފޮޓޯ: ކަރެކްޝަން

މާލޭ ޖަލުގައި ހުޅުވި ކޯޓް ރޫމް -- ފޮޓޯ: ކަރެކްޝަން

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީއަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހޭކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ މިހާރުވެސް 298 މީހުން ބަންދު ކުރާންޖެހިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 80 އަށްވުރެ ގިނަ މައްސަލައަކީ އަތޮޅުތަކާ ގުޅޭ މައްސަލަތައް ކަމަށެވެ.

"މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފު އަދި ހަރަދު ބޮޑު ކަމެއް. މި ކޯޓް ރޫމްތަކުގެ ސަބަބުން މި މަސައްކަތަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ," އަހްމަދު މުހައްމަދުފުޅު މާލެ ޖަލުތަކުގައި ހެދި ކޯޓް ރޫމްތައް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox