މަޖިލީހުގެ މުވައްޒަފުން ރިޓަޔާވުމަށް ފަހު ވެސް ވަޒީފާއަށް ނެރެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ އިދާރީ މުވައްޒަފުންތަކެއް މަސައްކަތްކުރަނީ. އިދާރީ މުވައްޒަފުން ރިޓަޔާކުރިޔަސް ކޮންޓްރެކްޓް އުސޫލުން ނެގޭ ގޮތަށް ގަވައިދު މިއަދު ބަދަލުކުރި.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ އިދާރީ މުވައްޒަފުންތަކެއް މަސައްކަތްކުރަނީ. އިދާރީ މުވައްޒަފުން ރިޓަޔާކުރިޔަސް ކޮންޓްރެކްޓް އުސޫލުން ނެގޭ ގޮތަށް ގަވައިދު މިއަދު ބަދަލުކުރި.

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކު އުމުރުން 65 އަހަރުވެގެން ރިޓަޔާ ކުރުމަށް ފަހު ވެސް ކޮންޓްރެކްޓް އުސޫލުން ވަޒީފާއަށް އަލުން ނެރެވޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލުކުރަން އާއްމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މުވައްޒަފުންނާ ބެހޭ ގަވައިދަށް ގެންނަން އާއްމުން ކޮމިޓީން މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން ޕާލަމެންޓްރީ މުވައްޒަފަކު ރިޓަޔާ ކުރުމަށް ފަހު ކޮންޓްރެކްޓް އުސޫލުން އަލުން ވަޒީފާ ދެވޭނީ ގިނަވެގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެގޮތަށް ވަޒީފާ ދޭނީ ގިނަ ޝަރުތުތަކެއް ހަމަވާ މުވައްޒަފުންނަށް ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ.

އާއްމުކޮމިޓީން މިއަދު ފާސްކުރި އިސްލާހުގައިވާ ގޮތުން މުވައްޒަފަކު 65 އަހަރު ވެގެން ރިޓަޔާ ކުރުމަށް ފަހު ކޮންޓްރެކްޓް އުސޫލުން އަލުން ނެގުމުގެ އިހުތިޔާރު އަމީން އާއްމަށް އޮންނާނެ އެވެ. އެގޮތަށް ނެގޭނީ އެ މުވައްޒަފަކީ ރިޓަޔާކުރި އިރު އޭގެ ކުރީގެ ތިން އަހަރުގެ ޕާފޯމެންސް އެޕްރައިޒަލް މާކްސް 75 ޕަސެންޓަށް ވުރެ މަތިން ލިބިފައިވާ މުވައްޒަފަކަށް ވާ ނަމަ އެވެ. އަދި އެއީ މަޖިލީހުގައި އަދާކުރަން ޖެހޭ ވަޒީފާއަށް އެކަށީގެންވާ ކުޅަދާނަކަމާއި ސިއްހަތު ހުރި މީހެއް ކަމަށް ވުމަކީ ވެސް ޝަރުތެކެވެ.

ރިޓަޔާކޮށްފައިވާ މުވައްޒަފަކު ކޮންޓްރެކްޓް އުސޫލުން ނަގާއިރު އެ ކޮންޓްރެކްޓް ހެދޭނީ އެއް އަހަރު ދުވަހުގެ މުއްތަކަށެވެ. އަހަރަކުން އަހަރަކުން އާކުރާ އެ ކޮންޓްރެކްޓް އާ ކުރެވޭނީ ވެސް ތިން އަހަެރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ކަމަށް ވެސް އެ އިސްލާހުގައި ވެ އެވެ. އެ އުސޫލުން ނަގާ މުވައްޒަފަކަށް ދެވޭނީ ރިޓަޔާކުރި އިރު ދެމުން އައި މުސާރައަށް ވުރެ ބޮޑު ނޫން މުސާރައެކެވެ.

އިސްލާހު ފާސްކުރީ އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox