ލިވަޕޫލުން ސިޓީއާ ދެމެދު ފަރަގު ކުޑަކޮށްފި، އާސެނަލް ފަސް ވަނަ އަށް

Feb 11, 2022, 2:41 AM
ލަނޑު ޖެހުމަށް ފަހު ޖޮޓާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޖޮޓާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ފެބްރުއަރީ 11) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަަރަގު ނުވަ ޕޮއިންޓަށް ކުޑަކުރިއިރު، ރަށުންބޭރުގައި 1-0 އިން ވުލްވްސް ބަލިކޮށް އާސެނަލް ލީގުގެ ފަސް ވަނަ މަގާމަށް ޖެހިލައިފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 24 މެޗުން 60 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ދެ ވަނަ މަގާމުގައި އޮތީ 23 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 24 މެޗުން ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި، ވެސްޓް ހޭމް ޔުނައިޓެޑް އޮތީ 24 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. އާސެނަލް ފަސް ވަނަ އަށް އެރީ ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއްވަރަށް 39 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑުން އެ އަދަދަށް ޕޮއިންޓް ހަމަކުރީ 23 މެޗު ކުޅެގެންނެވެ. އާސެނަލުން ކުޅުނީ 22 މެޗެވެ.

ލިވަޕޫލުން ރޭގެ މެޗަށް ނުކުތީ ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ގެނައި ކޮލަމްބިއާ ފޯވާޑް ލުއިސް ޑިއާޒަށް ފުރަތަމަ ފަހަރަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީގެންނެވެ. މެޗުގައި ގޯލު ޖަހަން ފުރަތަމަ ފުރުސަތު ވެސް ޑިއާޒަށް ލިބުނުއިރު، ގޯލަށް ފޮނުވާލުން ލަސްކޮށްލުމުން އޭނާ އަށް އެ ބޯޅަ ގެއްލުނީ އެވެ. ލެސްޓާ ސިޓީ އަށް ލީޑުނަގައިދޭން ޖޭމްސް މެޑިސަން އަށް ލިބުނު ބޯޅަ ރަނގަޅަށް ޖެހި ނަމަވެސް ލިވަޕޫލްގެ ގޯލުގައި ހުރި އެލިސަން ބެކާ ވަނީ އެ ބޯޅަ ހުއްޓުވައިފަ އެވެ.

ފުރަތަމަ ހާފު ނިމެން 10 މިނިޓަށް ވެފައި ހުއްޓައި، މެޗުގެ 35 ވަނަ މިނިޓްގައި ލިވަޕޫލަށް ލީޑުނަގައިދިނީ ޑިއޯގޯ ޖޮޓާ އެވެ. ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ކޯނަރެއް ވާޖިލް ވެން ޑައިކް ބޮލުން ފޮނުވާލުމުން ލެސްޓާ ކީޕަރު ކެސްޕާ ޝްމައިކަލް އަތުގައި ޖެހިފައި ނުކުތް ވަގުތު ޖޮޓާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލިވަޕޫލުން ދެ ވަނަ ހާފް ފަށައިގެން ލީޑުފުޅާކުރަން ކުރި މަސައްކަތަށް ހުރަސް އަޅަމުންދިޔައީ ލެސްޓާ ގޯލުގައި ރޭ މޮޅުކުޅުމެއް ދެއްކި ކީޕަރު ޝްމައިކަލް އެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) އަށް ފަހު މުހައްމަދު ސަލާހު ރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުމެ ފޮނުވާލި ދެ ހަމަލާ އަކާއިި ޑިއާޒް ޖެހި ބޯޅައެއް ޝްމައިކަލް ވަނީ މަަތަކޮށްފަ އެވެ. އޭގެ އިތުރުން ސަލާހު ޖެހި ބޯޅައެއް ހުރަސްދަނޑިއަށް ވެސް ވަނީ އަމާޒުވެފަ އެވެ.

ލިވަޕޫލުން ދެ ވަނަ ގޯލު ޖެހީ މެޗުގެ 84 ވަނަ މިނިޓްގައި ޖޮޓާ އެވެ. އޭރިއާތެރެއިން ޖޮއެލް މަޓިޕް ޖައްސާލި ބޯޅަ ޖޮޓާ ވަނީ ކީޕަރު ޝްމައިކަލް އަތުގައި ޖައްސާފައި ގޯލަށް ފޮނުވާލައިފަ އެވެ. ޖޮޓާ ވަނީ ލެސްޓާ ކޮޅަށް އޭނާގެ. ކެރިއަރުގައި ޖުމްލަ އަށް ގޯލު ޖަަހައިފަ އެވެ. މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ޖޮޓާ ވަނީ ހުރިހާ މުބާރާތެއްގައި 17 ގޯލު ޖަހައިފަ އެވެ.

އާސެނަލުން ވުލްވްސް ދަނޑުގައި ޖެހި ހަމައެކަނި ގޯލަކީ މެޗުގެ 25 ވަނަ މިނިޓްގައި ގަބްރިއެލް މަގާޅައެސް ޖެހި ގޯލެވެ. އޭރިއާތެރެއިން ވުލްވްސްގެ ކީޕަރު ހޯސޭ ސާ އަށް ލިބުމުގެ ކުރިން އަލެކްސަންޑަ ލަކަޒޭޓް ޖައްސާލި ބޯޅަ މަގާޅައެސް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އާސެނަލުން މި މެޗުގެ ފަހު ވިއްސަކަށް މިނިޓް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ފުލުފުލުގައި އެއް ވަގުތެއްގައި އާސެނަލްގެ ގަބްރިއެލް މާޓިނެލީ ކުރި ދެ ފައުލަކަށް ދެ ރީނދޫ ކާޑު ދައްކައި ރަތް ކާޑެއް ދެއްކުމުންނެވެ. ވުލްވްސްގެ އެއް އެޓޭކެއް ހުއްޓުވަން މާޓިނެލީ ކުރި ދެ ފައުލަކަށް އޭނާ އަށް ދައްކަން ޖެހޭނީ އެއް ރީނދޫ ކާޑު ކަމަށް ބުނެ، އާސެނަލް ކުޅުންތެރިން އެޕީލް ކުރި ނަމަވެސް ރޭގެ މެޗުގެ ރެފްރި މައިކަލް އޮލިވާގެ ނިންމުން ބަދަލެއް ނުކުރި އެވެ.

ކުޅުންތެރިއަކު މަދުކޮށް ވެސް އެ ނަތީޖާގައި ހިފަހައްޓައި އާސެނަލް މޮޅުވިއިރު، މިއީ 2022 ވަނަ އަހަރުގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox