މެލޭޝިއާގެ ބޯޑަރު އެއްކޮށް ހުޅުވާލަން ލަފާ ދީފި

މެލޭޝިއާގެ ލަންގްކާވީގެ ރެސްޓޯރެންޓެއް. -- ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގެ ލަންގްކާވީގެ ރެސްޓޯރެންޓެއް. -- ފޮޓޯ: ރޮއިޓާޒް

އަންނަ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މެލޭޝިއާގެ ބޯޑަރުތައް އެއްކޮށް ހުޅުވާލަން ލަފާދީފައިވާ ކަމަށް އެ ގައުމުގެ ކޮވިޑް ރިކަވަރީ ކައުންސިލުން ބުނެފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މެލޭޝިއާގެ ބޯޑަރު ބަންދު ކުރީ މާޗް 2020 ގަ އެވެ. ބޯޑަރު ހުޅުވަން ލަފާދީފައިވާ އިރު، އަވައްޓެރި ގައުމުތަކުން ވެސް ދަނީ އެފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ތައިލޭންޑާއި ފިލިޕީންސް އަދި ސިންގަޕޫރުގައި ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ކަރަންޓީނުގެ ލުޔާ އެކު އެތެރެވެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.

ތައިލޭންޑުން މިދިޔަ ހޯމަ ދުވަހު ބުނީ މެލޭޝިއާ އާއި ޗައިނާއާ އެކު ޓްރެވަލް ބަބްލް ގާއިމްކުރަން ވިސްނަމުންދާ ކަމަށެވެ.

ކުރީގެ ބޮޑު ވަޒީރު އަދި ނޭޝަނަލް ރިކަވަރީ ކައުންސިލްގެ ޗެއާޕާސަން މުހްޔިއްދީން ޔާސީން ވިދާޅުވީ މެލޭޝިއާއިން ފުރުމުގެ އަދި އެތެރެވުމުގެ ކުރިން ކޮވިޑަށް ޓެސްޓް ކުރަން ޖެހޭނެ ކަމަށެވެ.

"މީގެ މާނައަކީ ފަތުރުވެރިންނަށް ފަތުރުވެރިންނަށް ޒިޔާރަތް ކުރެވޭނެއޭ، އިންވެސްޓަރުންނަށް އެތެރެވެވޭނެއޭ. އެހެންވީމާ، އެއާއޭޝިއާއަށް އަލުން އުދުހެން ފެށޭނެ،" މެލޭޝިއާގެ ބަޖެޓު އެއާލައިނަށް އިޝާރާތް ކުރައްވަމުން، ނިއުސް ކޮންފެރެންސެއްގައި އޭނާ ވިދާޅުވި އެވެ.

މި ވަގުތު ކަރަންޓީނު ނުކޮށް މެލޭޝިއާއަށް އެތެރެވެވެނީ ހަމައެކަނި ސިންގަޕޫރުން ދަތުރު ކުރާ މީހުންނަށެވެ.

ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓްގެ ސަބަބުން މެލޭޝިއާގައި ކޮންމެ ދުވަހަކު ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

ދުވާލަކު 13،000 އެއްހާ ކޭސް ފެންނަމުންދާ އިރު، މިހާތަނަށް މުޅި ޖުމްލަ 2.9 މިލިއަން ކޭސް މެލޭޝިއާއިން ރިޕޯޓުކޮށްފައިވެ އެވެ.

ކޮވިޑް ޖެހިގެން މެލޭޝިއާއިން 32،000 މީހުން މަރުވެފައިވެ އެވެ. އޭޝިއާގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ މަރުތަކާއި ކޭސްތައް ވެސް ރިޕޯޓުކޮށްފައިވާ އެއް ގައުމަކީ މެލޭޝިއާ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ވެކްސިން ޖަހާ ރޭޓް މަތިވުމުން، ފެންނަ ކޭސްތަކުގެ ބޮޑު ބައިގައި އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި ސީރިއަސް ކޭސްތައް ވެސް ފެންނަނީ މަދުންނެވެ.

މެލޭޝިއާގެ ބޮޑެތި މީހުންގެ އާބާދީގެ 98 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ އިރު، 50 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ 89 ޕަސެންޓް ވެކްސިން ފުރިހަމަކޮށްފައިވާ އިރު، މިދިޔަ ހަފްތާގައި އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖަހަން ފެށި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox