އާރަށު މައްސަލާގެ ދައުވާތަކަށް ޔާމީން އިންކާރު، އެދުނީ އަމިއްލަ ފަރާތަކުން ވިޔަސް ޝަރީއަތް ލައިވްކޮށްދޭން

ރައީސް ޔާމީން: ދައުވާތަކަށް އިންކާރު ކުރައްވައި އެދިވަޑައިގެންނެވީ ޝަރީއަތް ލައިވްކޮށްދޭން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް ޔާމީން: ދައުވާތަކަށް އިންކާރު ކުރައްވައި އެދިވަޑައިގެންނެވީ ޝަރީއަތް ލައިވްކޮށްދޭން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޓޫރިޒަމްގެ ބޭނުމަށް ވ. އާރަށް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ އުފުލާފައިވާ ދެ ދައުވާއަށް އެމަނިކުފާނު އިންކާރު ކުރައްވައިފި އެވެ.

ކުރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ބައްލަވާ އާރަށު މައްސަލާގައި ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އާރަށް ކުއްޔަށް ނެގި, ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ގަބޫލުކުރުމާއި، އެ ފައިސާ ލޯންޑާ ކުރިކަމުގެ ދައުވާ އެވެ. ނައީމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

މައްސަލާގައި މިއަދު ހެނދުނު ކުރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުގެ ދައުވާތައް ސާފު ނޫން ކަމަށް ޔާމީންގެ ފަރާތުން ފާހަގަކުރި އެވެ. އެގޮތުން, ރިޝްވަތު ނެގި ކަމަށް ދައުވާ ކުރާއިރު ރިޝްވަތުގެ ގޮތުގައި ކުރީ ކޮން ކަމެއް ކަމާއި އާރަށު މައްސަލާގައި ނުފޫޒު ފޯރުވުމުގެ ގޮތުން ޔާމީން ކުރެއްވީ ކޮން ކަމެއްކަމާމެދު ސުވާލު އުފެއްދި އެވެ.

ޔާމީންގެ ފަރާތުން އުފެއްދި ގިނަ ސުވާލުތަކަށް ޖަވާބުދެމުން ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި, އާރަށް ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ, ޔާމީން މަޝްވަރާ ކުރެއްވި ކަމާއި ޔާމީނާއެކު ޑީލެއް ހަދައިގެން އާރަށް ހޯދިކަން ދޭހަވާފަދަ މެސެޖްތަކެއް ޔޫސުފް, އަދީބަށް ކޮށްފައިވާ ކަމަށެވެ.

އޭގެއިތުރުން ވަކީލް ވިދާޅުވި ގޮތުގައި, ޔާމީނަކީ އޭރުގެ ރައިސުލްޖުމްހޫރިއްޔާ ކަމަށްވާއިރު އެ މަގާމަކީ އެކަމަށް ނުފޫޒު ފޯރުވެވޭފަދަ މަގާމެއް ކަމަށާއި އެ މަގާމުގެ ހުރެ އެކަމަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށް ބުނުމަކީ ރައިސުލްޖުމްހޫރިއްޔާގެ އެއްވެސް ބާރެއް ނެތް ކަމަށް ބުނުން ކަމަށެވެ.

ސުވާލުތަކަށް ޖަވާބު ދިނުމުން ވެސް ޔާމީންގެ ވަކީލް ފާހަގަ ކުރެއްވި ގޮތުގައި, ދައުވާގައި އޮތް އިބާރާތުގެ އިތުރަށް އެއްވެސް ކަމެއް ސާފެއް ނުވެ އެވެ. އޭގެ ބަދަލުގައި އިތުރު ގިނަ ސުވާލުތައް އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް, މައްސަލަ ބައްލަވާ ގާޒީ ޝަކީލް ނިންމެވީ ދައުވާ އެކަށީގެންވާ ސާފުކޮށްދެވިއްޖެ ކަމަށެވެ. އެހެންވެ, ދެ ދައުވާއަށް ޖަވާބުދާރީވުމަށް ޔާމީނަށް އެންގެވި އެވެ.

އެ އެންގުމާ އެއްގޮތަށް އަމަލު ކުރައްވަމުން ޔާމީން ވަނީ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވާފަ އެވެ. އިންކާރު ކުރާ ސަބަބާ ގުޅޭ ގޮތުން ތަފްސީލްކޮށް ވާހަކަ ދެއްކުމަށް އިތުރު ފުރުސަތަކަށް އެދުމުން ގާޒީ ވަނީ އެކަން އެހެން ދުވަހަކަށް ތާވަލުކޮށްފަ އެވެ. މިއަދުގެ އަޑުއެހުމުގައި ޔޫސުފްގެ މައްޗަށް ވެސް ދައުވާ އިއްވި އެވެ. ނަމަވެސް, އޭނާގެ ވަކީލުން އެދުނީ ދައުވާއަށް ޖަވާބުދާރީވުން އެހެން ދުވަހަކަށް ތާވަލުކޮށްދިނުމަށެވެ.

އަމިއްލަ ފަރާތެއް މެދުވެރިކޮށް ޝަރީއަތް ލައިވްކޮށް ދޭން އެދުނު

މިއަދުގެ އަޑުއެހުމުގައި ވެސް މައްސަލާގެ ޝަރީއަތް ލައިވްނުކޮށް ކުރިއަށް ގެންދާތީ, ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. މައްސަލަ ލައިވް ނުކުރަން ކޯޓުން ނިންމީ އެކަމަށް ބޭނުންވާ ވަސީލްތައް ނެތް ކަމަށް ބުނެ އެވެ.

ޔާމީން މިއަދު އެދިވަޑައިގެންނެވީ ކޯޓުގައި ލައިވްކުރާނެ ވަސީލަތްތައް ނެތްނަމަ, އެކަން އަމިއްލަ ފަރާތަކަށް ހަވާލުކޮށްގެން ނަމަވެސް, ލައިވްކޮށް ދިނުމެވެ. ޔާމީން ވިދާޅުވި ގޮތުގައި, ޝަރީއަތާ ގުޅިގެން ފަނޑިޔާރުންނަށް ވެސް އެކި ކަހަލަ އިންޒާރުތައް ލިބެމުންދާއިރު އެންމެ އިންސާފުވެރި ގޮތަކަށް ވާނީ މައްސަލަ އާންމުކޮށް ފެންނަ ގޮތަށް ކުރިއަށް ގެންދިޔުމެވެ.

އެމަނިކުފާނުގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވީ ޔާމީންގެ ކުރީގެ ޝަރީއަތް ވެސް އެއްކޮށް ލައިވްކޮށް ގެންގޮސް, މިހާރު ވެސް ސުޕްރީމް ކޯޓުގެ ހުރިހާ ޝަރީއަތެއް ލައިވްކޮށް ގެންދާއިރު މި މައްސަލަ ވެސް ލައިވްކުރަން ޖެހޭ ކަމަށެވެ. އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް, މި ޝަރީއަތާ ގުޅިގެން ފަނޑިޔާރުންނަށް އިންޒާރު ދީފައިވާއިރު ޝަރީއަތް ލައިވްކުރުމުގެ މުހިންމުކަން ޖަމީލް ވެސް ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް ވެސް ވިދާޅުވީ މިފަދަ މައްސަލަތަކުގެ ޝަރީއަތް ލައިވްކުރަން ދައުލަތުން ވެސް އެދޭ ކަމަށެވެ. ނަމަވެސް, މުވައްޒަފެއް ލިބެންދެން ޝަރީއަތް މަޑުޖައްސާލައިގެން ނުވާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ.

ޔާމީނާއި ޖަމީލްގެ އެ ވާހަކަތަކާ ގުޅިގެން އިސްގާޒީ ޝަކީލް ވިދާޅުވީ މައްސަލަ ލައިވްކުރެވެން ނެތީ އެކަމަށް ހާއްސަ މުވައްޒަފެއް މިވަގުތު އެ ކޯޓުގައި ނެތުމުން ކަމާއި މުވައްޒަފެއް ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށެވެ. އިސްގާޒީ ވިދާޅުވީ މުވައްޒަފެއް ހަމަޖެހުމާއެކު ޝަރީއަތް ލައިވް ކުރާނެ ކަމާއި ނަމަވެސް, މުވައްޒަފަކު ހަމަޖެހެންދެން ޝަރީއަތް މެދުކަނޑާނުލެވޭނެ ކަމަށެވެ. އަމިއްލަ ފަރާތެއް މެދުވެރިކޮށް ޝަރީއަތް ލައިވްކުރުމާމެދު ގޮތެއް ނިންމޭނީ ގާޒީންގެ މަޖިލީހަށްކަން ވެސް އިސްގާޒީ ފާހަގަކުރެއްވި އެވެ.

އާރަށް މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށްފައިވާ ގޮތް

  • 10 ފެބްރުއަރީ - 9:30 - އިބްތިދާއީ އަޑުއެހުން (ދައުވާއަށް ޖަވާބުދާރީވުން)
  • 16 ފެބްރުއަރީ - 9:30 - އިބްތިދާއީ އަޑުއެހުން (ދެފަރާތުގެ ހެކި ހާމަކުރުން)
  • 6 މާޗް - 9:30 - އިބްތިދާއީ އަޑުއެހުން (ހުށަހެޅުންތައް ޝަރީއަތުގައި ހުށަހެޅުން)
  • 14 އޭޕްރީލް - 10:30 - ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމުން
  • 16 މެއި - 9:30 - އިފްތިތާހީ ބަޔާން ހުށަހެޅުން
  • 17 މެއި - 9:30 - ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން
  • 19 މެއި - 9:30 - ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން
  • 24 މެއި - 9:30 - ދައުވާ ލިބޭ ފަރާތުގެ ހެކިބަސް ނެގުން
  • 31 މެއި - 9:30 - ދައުވާ ލިބޭ ފަރާތުގެ ހެކިބަސް ނެގުން
  • 7 ޖޫން - 9:30 - ކިތާބީ ހެކިތަކާމެދު ދެފަރާތުން ވާހަކަދެއްކުން
  • 16 ޖޫން - 9:30 - ހުލާސާ ބަޔާން ހުށަހެޅުން
  • 30 ޖޫން - 13:00 - ހުކުމް ކުރުން

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox