މައުލޫމާތުގެ ހައްގު ހުއްޓިފައި އޮތުމަށް ނިމުން: ސުޕްރީމް ކޯޓުން އެންގީ ހައިކޯޓުން މައްސަލަތައް ބަލަންޖެހޭނެ ކަމަށް

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ސުޕްރީމް ކޯޓުން އެންގީ މައުލޫމާތުގެ މައްސަލަތަކުގެ އިސްތިއުނާފު ހައިކޯޓުން ބަލަން ޖެހޭނެ ކަމަށް --

މިއަދުގެ އަޑުއެހުމުގެ ތެރެއިން: ސުޕްރީމް ކޯޓުން އެންގީ މައުލޫމާތުގެ މައްސަލަތަކުގެ އިސްތިއުނާފު ހައިކޯޓުން ބަލަން ޖެހޭނެ ކަމަށް --

މައުލޫމާތު ހޯދާ ލިބިގަތުމުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ހައިކޯޓުން ނެރެފައިވާ ހުކުމް ގޯސް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި, އެފަދަ މައްސަލަތަކުގެ އިސްތިއުނާފު ހައިކޯޓުން ބަލަން ޖެހޭނެ ކަމަށް އަންގައިފި އެވެ.

އެމްޑަބްލިއުއެސްސީން މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި އޮޑިޓް ރިޕޯޓަކަށް ހަވާލާދީފައިވާތީ، އެ ރިޕޯޓް ހޯދުމަށް އޭނާ އެ ކުންފުނީގައި އެދުމުން ޖަވާބެއް ދީފައެއް ނުވެ އެވެ. އެހެންވެ, އޭނާ އެ މައުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން އެންގެވީ އެ މައުލޫމާތު ދޫކުރުމަށެވެ. އެކަމާ ހިތްހަމަނުޖެހިގެން އެމްޑަބްލިއުއެސްސީން ހައިކޯޓަށް ދިޔަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބުނަނީ އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުސަތު ލިބިދޭ ކަމަށެވެ.

Advertisement

އެމްޑަބްލިއުއެއްސީން ހުށަހެޅި މައްސަލާގައި ހުކުމަށް ދިޔުމަށް ހައިކޯޓުން ބަހުސްކުރީ އެ ކޯޓުގެ އިހްތިސޯސްއާ ގުޅޭ ގޮތުންނެވެ. ހައިކޯޓުން މާނަކުރި ގޮތުގައި, މައުލޫމާތު ހޯދުމުގެ ގާނޫނުގައި އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ހައިކޯޓަށް ބަޔާންކޮށްފައި ނުވެ އެވެ. އެހެންވެ, ދެން އެ ކޯޓުން ބެލީ އެ ކޯޓަށް އިހްތިސޯސް އޮތް މައްސަލަތަކަށެވެ.

ކޯޓުތަކުގެ ގާނޫނުން ހައިކޯޓަށް ބާރު ދެނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު ބެލުމަށެވެ. ހުށަހަޅާފައި މި އޮތީ ދަށު ކޯޓަކުން ނިންމި މައްސަލައެއް ނޫނެވެ. ހަމަ އެގޮތަށް, "އިންފޮމޭޝަން ކޮމިޝަނަރު", ޓްރައިބިއުނަލްއަކަށް ވެސް ނުވަދެ އެވެ.

ހައިކޯޓުން މާނަ ކުރާ ގޮތުގައި އިންފޮމޭޝަން ކޮމިޝަނަރަކީ ފަރުދެކެވެ. މުއައްސަސާއެއް ނޫނީ އިދާރާއެއް ނޫނެވެ. އެހެންވެ, އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އެ ކޯޓަށް ނުބެލޭނެ ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.

ހައިކޯޓުން ގާނޫނު މާނަކުރި ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު ގެއްލި, ކޮމިޝަނަރުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމަށް ވެގެން ދިޔަ އެވެ. އެއީ, އަސާސީ ހައްގެއް ހަނިކުރުން ކަމަށް ދެކެ, މައްސަލައިގެ ތެރެއަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އޭގެއިތުރުން އެމްޑަބްލިއުއެސްސީން ވެސް ހަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދި އެވެ. ދެން މި މައްސަލާގައި ހިމެނެނީ އިންފޮމޭޝަން ކޮމިޝަންގެ އޮފީހެވެ.

ސުޕްރީމް ކޯޓުގައި މައްސަލާގެ އަޑުއެހުން ބޭއްވިއިރު ބަންޑާރަ ނައިބުގެ އޮފީހާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އަދި އެމްޑަބްލިއުއެސްސީން ވެސް ވަކާލާތު ކުރީ ހައިކޯޓުގެ ނިންމުން ގޯސް ކަމަށެވެ. އެކަމުގައި ހިޔާލު ތަފާތުވުމެއް ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި ނެތެވެ.

މިއަދު ވަނީ އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމް އިއްވާފަ އެވެ. މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ. އަޒްމިރަލްދާ ޒާހިރު އިއްވެވި ހުކުމްގައި ބުނީ, ހައިކޯޓުން ގާނޫނު މާނަކުރި ގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގާއި އިސްތިއުނާފުގެ ހައްގު ގެއްލިގެން ދިޔަ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފު ނުކުރެވޭނަމަ, އެ ނިހާއީ ހުކުމަކަށްވެ އެފަދަ މައްސަލަތައް ޝަރުއީ ކޯޓާ ހަމައަށް އައުމަށް އޮތް ދޮރު އެއްކޮށް ހައިކޯޓުން ބަންދުކުރީކަން ފާހަގަކުރި އެވެ.

އޭރަށް އަސާސީ ހައްގެއް ލިބިގަތުމުގައި ޝަރުއީ ކޯޓެއްގެ އެއްވެސް ދައުރެއް ނޯންނާނެކަން އަޒްމިރަލްދާ ވިދާޅުވި އެވެ.

ހުކުމްގައި ފާހަގަކުރި ގޮތުގައި, އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކީ, އެއީ އެ އޮފީހުގެ ނިންމުމެއް ނޫން ކަމާއި ފަރުދީ ނިންމުމެއް ކަމަށް ހައިކޯޓުން މާނަކުރުން ގޯހެވެ. އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ކޮންމެ ނިންމުމަކީ ވެސް އެ އޮފީހުގެ ނިންމުމެއްކަން ސާފު ކަމަށާއި, އެއީ އެ މުއައްސަސާއަކީ އަމިއްލައަށް ދައުވާކުރުމާއި ލިބިގަތުމުގެ ބާރު ލިބިގެންވާ މުސްތަގިއްލު މުއައްސަސާއަކަށްވާތީ ކަމަށެވެ.

އަދި, އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ޓްރިބިއުނަލެއް ނޫން ކަމާއި ހައިކޯޓަށް އިހުތިސޯސް އޮތީ ހަމައެކަނި ކޯޓުތަކުގެ ގާނޫނުގައި ދަށުން ދަށު ކޯޓަކުން ނުވަތަ ޓްރިބިއުނަލަކުން ނިންމާ ނިންމުމެއްގެ އިސްތިއުނާފު ބެލުމަށް ކަމަށް ހައިކޯޓުން ނިންމި ނިންމުން ވެސް ގޯސް ކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ.

އެގޮތުން, ކޯޓުތަކުގެ ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް ވަކި ގާނޫނެއްގައި ހައިކޯޓަށް ވަކި ބާރެއްދީ, ވަކި އިޖުރާއަތެއްގެ ދަށުން މައްސަލަތަކެއް ބަލަން ހަވާލުކޮށްފިނަމަ އެކަމެއް އެ ކޯޓުގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭނެކަން ސުޕްރީމް ކޯޓުން ފާހަގަކުރި އެވެ. އަދި އެކަމަކީ ކޯޓުތަކުގެ ގާނޫނުގެ އެއްވެސް މާއްދާއަކުން މަނާވާ ކަމެއް ނޫންކަން ވެސް ފާހަގަކުރި އެވެ.

އެހެންކަމުން, އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ޓްރިބިއުނަލެއްތޯ ބަލަން ނުޖެހޭ ކަމާއި އިންފޮމޭޝަން ކޮމިޝަނަރުގެ ގާނޫނުގައި އޮތް އިޖުރާއަތުން އިސްތިއުނާފުގެ މައްސަލަތައް ބަލަން ފުރަތަމަ މަރުހަލާ އޮތީ ހައިކޯޓަށްކަން ސާފު ކަމަށް ހުކުމްގައިވެ އެވެ. އެހެންނަމަވެސް, އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ވެސް ޓްރިބިއުނަލެއްކަން ފަނޑިޔާރު ސާބިތު ކުރެއްވި އެވެ.

އެގޮތުން, ޓްރިބިއުނަލަކީ ޝަރުއީ ކޯޓުތައް ފިޔަވައި, ދެ މީހެއްގެ ދެމެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކަށް ބަލައި, އެކަމުގައި ގޮތް ނިންމާ ކޮންމެ މުއައްސަސާއެއްކަން ގާނޫނުއަސާސީން އެނގެން އެބަ އޮތް ކަމާއި އެކަމުގެ ތެރެއަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވަންނަ ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.

އެހެންވެ, ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު މަހާޒު އަލީގެ އިއްތިފާގުން ހުކުމް ކުރެއްވީ ހައިކޯޓު ނިންމުން ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް އެ ކޯޓުގެ މައްޗަށް އަމުރު ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox