މޯދީގެ ޕާޓީއަށް މުހިއްމު އިންތިހާބެއްގައި ވޯޓުލާން ފަށައިފި

އުއްތަރް ޕްރަދޭޝް ސްޓޭޓަށް އިގްތިސާދީ ގިނަ ގޮންޖެހުންތައް ދިމާވެފައިވާ އިރު، މޯދީގެ ބީޖޭޕީގެ އުއްމީދަކީ އެ ސްޓޭޓުގެ ތާއީދު ދެމިއޮތުން. -- ފޮޓޯ: އޭއެފްޕީ

އުއްތަރް ޕްރަދޭޝް ސްޓޭޓަށް އިގްތިސާދީ ގިނަ ގޮންޖެހުންތައް ދިމާވެފައިވާ އިރު، މޯދީގެ ބީޖޭޕީގެ އުއްމީދަކީ އެ ސްޓޭޓުގެ ތާއީދު ދެމިއޮތުން. -- ފޮޓޯ: އޭއެފްޕީ

ގާޒީއާބާދް، އިންޑިއާ (ފެބްރުއަރީ 10) - ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް މުހިއްމު އިންތިހާބެއްގައި އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓުގައި ބުރާސްފަތި ދުވަހު ވޯޓުލާން ފަށައިފި އެވެ.

އުއްތަރް ޕްރަދޭޝް ސްޓޭޓަށް އިގްތިސާދީ ގިނަ ގޮންޖެހުންތަކެއް ދިމާވެފައިވާ އިރު، ބީޖޭޕީގެ އުއްމީދަކީ އެ ސްޓޭޓް ތާއީދު ދެމިއޮތުމެވެ. އުއްތަރް ޕްރަދޭޝްގައި 200 މިލިއަން މީހުން ދިރިއުޅެ އެވެ.

އުތުރުގައި އޮންނަ ހިންދީ ބަހުން ވާހަކަދައްކާ މީހުން ދިރިއުޅޭ އެ ސްޓޭޓުން ކުރި ލިބިއްޖެ ނަމަ، އެކަން ވާނީ 2024 ގެ ގައުމީ އިންތިހާބުގެ ކުރިން ބީޖޭޕީއަށް ބޮޑު އުއްމީދަކަށެވެ. ބީޖޭޕީން ބޭނުންވަނީ މޯދީގެ ލީޑާޝިޕްގެ ދަށުން ތިން ވަނަ ދައުރަކަށް ވެސް ސަރުކާރުގައި ތިބުމަށެވެ.

ހިޔާލު ނެގުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި އުއްތަރް ޕްރަދޭޝްގެ 403 މެމްބަރުން ހިމެނޭ ޕާލިމެންޓުގައި ބީޖޭޕީއަށް ގިނަ ގޮނޑިތައް ލިބި، އެ ސްޓޭޓުގެ ތާއީދު އޮތްކަން ހާމަވާނެ އެވެ.

އިންޑިއާގެ ގައުމީ އިންތިހާބުގައި ޕާލިމެންޓަށް އެންމެ ގިނަ މެމްބަރުން ހޮވަން ޖެހެނީ އެ ސްޓޭޓުންނެވެ. އެގޮތުން ޕާލިމެންޓުގެ ތިރިގޭގެ 543 ގޮނޑީގެ ތެރެއިން 80 ގޮނޑި ހާއްސަ ވަނީ އުއްތަރް ޕްރަދޭޝް އަށެވެ.

އުއްތަރް ޕްރަދޭޝްގެ މިހާރުގެ ޗީފް މިނިސްޓަރު އަދި ބީޖޭޕީގެ އިސްވެރިޔަކަށް ހުންނަނީ ހިންދޫ ފާދިރީ، އުމުރުން 49 އަހަރުގެ ޔޯގީ އާދިތްނަޔަތް އެވެ.

އެ ސްޓޭޓުގައި ވޯޓުލެވޭ މީހުންގެ އާބާދީގެ 80 ޕަސެންޓަކީ ހިންދޫންނެވެ. އެހެންވެ، ދީނީ ހިޔާލު ތަފާތުވުންތައް އުފައްދައި، ހިންދޫންގެ ވޯޓު ހޯދަން އާދިތްޔަނަތް މަސައްކަތް ކުރާ ކަމަށް ބަޔެއް މީހުން ތުހުމަތު ކުރެ އެވެ.

ބީޖޭޕީއާ ދެކޮޅަށް ނުކުންނަ މައި ކެންޑިޑޭޓަކީ ސަމަޖްވާދީ (ސޯޝަލިސްޓް) ޕާޓީގެ އަކިލޭޝް ޔާދަވް އެވެ. އޭނާގެ ކެމްޕެއިން އަމާޒުކޮށްފައި ވަނީ 2020 ވަނަ އަހަރު ބަލިމަޑުކަން ފެށި ފަހުން އާއްމުންގެ ވަޒީފާ ގެއްލި، ތަކެތީގެ އަގު އުފުލިފައިވާ މައްސަލަ އަށެވެ.

އޭނާގެ ކެމްޕެއިނަށް ރައްދު ދިނުމުގެ ގޮތުން ބީޖޭޕީން ވައުދުވެފައި ވަނީ ކޮންމެ އާއިލާއެއްގެ ވެސް މަދުވެގެން އެކަކަށް ވަޒީފާ ކަށަވަރު ކުރުމަށާއި ދަނޑުވެރިންނަށް ހިލޭ ކަރަންޓު ފޯރުކޮށްދިނުމަށެވެ.

ބުރާސްފަތި ދުވަހު އިންތިހާބުގެ ވޯޓުލުން ފެށި އިރު، ފުރަތަމަ މަރުހަލާގައި އުއްތަރް ޕްރަދޭޝްގެ ޕާލިމެންޓުގެ 58 ގޮނޑިއަކަށް މެމްބަރުން ހޮވަން 22 މިލިއަން މީހުން ވޯޓުލާނެ އެވެ.

ވޯޓުލުމުގެ ކަންކަން ކުރިއަށް ދާނީ ހަތް މަރުހަލާއަކަށް ބަހާލައިގެންނެވެ. ވޯޓު ގުނަން ފަށަން ތާވަލުކޮށްފައި ވަނީ މާޗް 10 ވަނަ ދުވަހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox