އެމެރިކާގެ ކޮމީޑިއަން ބޮބް ސޭގެޓް މަރުވީ ބޮލަށް އަނިޔާވެގެން

އުމުރުން 65 އަހަރުގައި ބޮބް ސޭގެޓް މަރުވީ މިދިޔަ މަހު ކުއްލި ގޮތަކަށް. -- ފޮޓޯ: އޭއެފްޕީ

އުމުރުން 65 އަހަރުގައި ބޮބް ސޭގެޓް މަރުވީ މިދިޔަ މަހު ކުއްލި ގޮތަކަށް. -- ފޮޓޯ: އޭއެފްޕީ

މަޔާމީ، އެމެރިކާ (ފެބްރުއަރީ 10) - މިދިޔަ މަހު އެމެރިކާގެ ކޮމީޑިއަން އަދި އެކްޓަރު ބޮބް ސޭގެޓް ކުއްލި ގޮތަކަށް މަރުވީ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް އާއިލާއިން ބުނެފި އެވެ.

ސޭގެޓް އަކީ 1980 އާއި 1990 ގެ އަހަރުތަކުގައި ދެއްކު މަގްބޫލު ޓީވީ ޝޯ "ފުލް ހައުސް"ގެ ތަރި އެވެ. އުމުރުން 65 އަހަރުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ އޯލާންޑޯގެ ރިޓްޒް ކާލްޓަން ހޮޓަލުގެ ކޮޓަރިއެއްގެ ތެރެއިންނެވެ.

މަރުވި އިރު، ސޭގެޓް އުޅުނީ އެމެރިކާގެ ޓުއާއެއްގަ އެވެ. ޖެނުއަރީ މަހު އޭނާ މަރުވި އިރު، އެކަން ދިމާވި ސަބަބެއް ކުރިން ސާފެއް ނުވެ އެވެ.

Advertisement

"ކަމާ ބެހޭ ފަރާތްތަކުން ޔަގީންކުރާ ގޮތުގައި ބޮބް މަރުވީ ބޮލަށް އަނިޔާވެގެން،" އާއިލާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"އެ މީހުން ނިންމާފައިވާ ގޮތުގައި އޮޅިގެން ތަނެއްގައި ބޯ ޖެހި، ބޭރުން އަނިޔާއެއް ފެންނަން ނެތުމުން، ބޮބް ވަނީ އަޅާ ނުލައި ނިދާފައި،" ބަޔާނުގައިވެ އެވެ.

އޭނާގެ މަރުގައި "މަސްތުވާތަކެތި އަދި ރަލުގެ ކަމެއް ނުހިމެނޭ" ކަމަށް ވެސް އާއިލާއިން ފާހަގަކުރި އެވެ.

"ފުލް ހައުސް" ގައި ސޭގެޓް ކުޅުނީ ޑެނީ ޓޭނާ ނަމަކަށް ކިޔާ ބައްޕައެއްގެ ރޯލެވެ. އެ ޝޯ ކުރިއަށް ދިޔައީ 1987 އިން 1995 އަށް އޭބީސީ ގަ އެވެ. ނެޓްފްލިކްސް އިން ވަނީ 2016 އިން 2020 އަށް އެ ޝޯގެ ސީކުއެލްއެއް ވެސް ދައްކާފަ އެވެ.

އޭގެ އިތުރުން ސޭގެޓް ވަނީ "އެމެރިކާޒް ފަނިއެސްޓް ހޯމް ވީޑިއޯޒް" ހުށަހަޅައި ދީ، ސީބީއެސްގެ ހިޓް ޝޯ "ހައު އައި މެޓް ޔޯ މަދާ" ގެ ނެރޭޓަރުގެ ގޮތުގައި އަޑު އަޅާފަ އެވެ.

ފިލަޑެލްފިއާ އަށް 1956 ގައި އުފަންވި ސޭގެޓް ފުރަތަމަ ކައިވެނި ކުރީ ޝެރީ ކްރޭމް ސޭގެޓްއާ އެވެ. އެ ކައިވެންޏަށް ތިން ކުދިން ލިބުނެވެ. ސޭގެޓް މަރުވި އިރު، އޭނާގެ ތިން ކުދިންނާއި ދެ ވަނަ އަށް ކައިވެނި ކުރި ކެލީ ރިޒޯ ދުނިޔޭގައި އެބަ ތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

ޖީޓީއޭ 6 ރެކޯޑް މާކްސްއަކާއެކު ނެރެފި

ތޭރަ އަހަރުގެ ދިގު އިންތިޒާރަކަށްފަހު ނެރުނު ޖީޓީއޭ 6 އަށް ރެކޯޑް މާކްސްއެއް ލިބި، ގޭމިން ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވައިފިއެވެ. މި ގޭމުގެ ގްރެފިކްސް އާއި ވާހަކަ ކިޔައިދޭ ގޮތް ފުރިހަމަވުމުގެ އިތުރުން، މިއީ މި ސިލްސިލާގައި އަންހެން ކެރެކްޓަރަކަށް މައިގަނޑު ދައުރެއް ދިން ފުރަތަމަ ފަހަރެވެ.

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox