ކޮންމެ އަހަރަކު ވެސް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށް ގެންދާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މާދަމާ ފަށާއިރު ބޭނުންކުރާނީ ޑިޖިޓަލް ކޫޕަނެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ ރަމަޒާން ބަޒާރަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް އެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އެސްޓީއޯ އިން ބުނީ ޕްރޮމޯޝަން ކުރިއަށް ގެންދާނީ މާދަމާއިން ފެށިގެން އަންނަ އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. އެހެން އަހަރު ތަކާއި ހިލާފަށް މި އަހަރުގެ ރަމަޒާން ބަޒާރު ގައި އެސްޓީއޯއިން ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަނެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކަސްޓަމަރުންނަށް ލިބިގެންދާނެ ޑިސްކައުންޓް އަދި އޮފާ ތަކުގެ ތަފްސީލް:
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
- ވީކްލީ ވިނާ – ކޮންމެ 1000ރ. އެއްގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބިގެންދާއިރު، ހުރިހާ އައުޓްލެޓް ތަކުން ކޮންމެ ހަފްތާއަކު އެއް ނަސީބްވެރި ފަރާތެއް ހޮވާނެ.
- ގްރޭންޑް ވިނާ – މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި އެއް ފަރާތަކަށް ޓާކީ ދެކޮޅު ޓިކެޓް ލިބިންގެންދާނެ. އޭގެ އިތުރުން ދަތުރުގެ އެލަވެންސް އެއް ގެ ގޮތުގައި 1000 ޑޮލަރުވެސް ލިބިގެންދާނެ.
- އިތުރު އިނާމްތައް - މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ.
މިއަހަރުގެ ރަމަޒާން ބަޒާރަށް އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކުރާއިރު އެސްޓީއޯގެ އަމާޒަކީ އެ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ޕޭޕަރު ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަށް އެ ކުންފުނީގެ އޮޕަރޭޝަންތައް ބައްޓަން ކުރުމެވެ.










