ދައުލަތް ތަމްސީލްކުރުމުގެ މައްސަލަ: ސުޕްރީމް ކޯޓުގައި ވެސް ކައުންސިލުން ބުނީ ފަންނީ ގާބިލްކަމެއް ނެތް ކަމަށް

ފެންފުށީ ކައުންސިލްގެ ބައެއް މެންބަރުން: ސުޕްރީމް ކޯޓުގައި ވެސް ބުނީ ފަންނީ ގާބިލްކަން އެ ކައުންސިލްގައި ނެތް ކަމަށް

ފެންފުށީ ކައުންސިލްގެ ބައެއް މެންބަރުން: ސުޕްރީމް ކޯޓުގައި ވެސް ބުނީ ފަންނީ ގާބިލްކަން އެ ކައުންސިލްގައި ނެތް ކަމަށް

ރަށްރަށުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ވެސް ދައުލަތް ތަމްސީލު ކުރަން ޖެހޭނީ ލޯކަލް ކައުންސިލްތަކުގެ ބަދަލުގައި ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން އދ. ފެންފުށީ ކައުންސިލުން އެކަމަށް އުޒުރުވެރިވެއްޖެ އެވެ.

ހައިކޯޓުން ދިވެހި ދައުލަތް ތަމްސީލު ކުރުމާ ބެހޭ ހުކުމެއް މިދިޔަ އަހަރު ކުރީ އދ. ފެންފުށީން ބަންޑާރަ ބިމަކާ ގުޅޭ ގޮތުން އައްބާސް އަލީކަލޭގެފާނު ކިޔާ މީހަކު 1987 ވަނަ އަހަރު, ހުށަހެޅި ޝަކުވާއަކާ ގުޅޭ މައްސަލައެއްގަ އެވެ.

މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ދިވެހި ދައުލަތް ހިމަނައިގެންނެވެ. ނަމަވެސް, ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބޭ މުއައްސަސާތަކުން ކޯޓުގައި ތަމްސީލުކުރަނީ ސީދާ އެ މުއައްސަސާއަކުން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮތުމުން އދ. ފެންފުށީ ކައުންސިލަށް ޖަވާބުދާރީވާން އެންގި އެވެ.

އެކަމަކު, އެ ކައުންސިލުން ބުނީ މައްސަލާގައި ޖަވާބުދާރީވާނީ ދިވެހި ދައުލަތުގެ ހައިސިއްޔަތުން ބަންޑާރަ ނައިބު ކަމެވެ. އަދި, އެ ކައުންސިލަށް ހައިކޯޓުގައި ޖަވާބުދާރީވުމުގެ ފަންނީ އަދި ގާބިލްކަން ލިބިފައިނުވާ ކަމަށެވެ. ގާނޫނީ ވަކީލެއް, ލީގަލް އޮފިސަރެއް ވެސް ނެތެވެ.

އެހެންވެ, ހައިކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް އެކަން އެންގުމުން އެ އޮފީހުން ހައިކޯޓުގައި ފެންފުށީ ކައުންސިލް ތަމްސީލުކޮށް ބަންޑާރަ ނައިބަށް ވަކާލާތު ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ.

އެގޮތަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނާ ސަބަބަކީ, އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 22 ވަަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގައި ބުނަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިދީފައިވާ އަމިއްލަ ހައިސިއްޔަތު ލިބިފައި އޮތް ގާނޫނީ ޝަހުސިއްޔަތެއް ކަމެވެ.

މި ހިޔާލު ތަފާތުވުންތަކާއެކު, ހައިކޯޓުން މި މައްސަލާގައި އިއްވި ހުކުމްގައި ދައުލަތް ތަމްސީލުކުރާމެދު ވަނީ ގޮތް ކަނޑައަޅާފަ އެވެ;

އެގޮތުން, ހުކުމްގައި ބުނި ގޮތުގައި ގާނޫނުއަސާސީ ބަޔާންކުރާ ރާއްޖޭގެ ސަރަަހައްދުގެ ތެރޭ ހިމެނޭ ބިން މިލްކުވެގެން ވަނީ ދިވެހި ދައުލަތަށް ކަމަށެވެ. ވީމާ, ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން މެނުވީ ބަންޑާރަ ބިމުގެ މައްސަލަތަކުގައި ކައުންސިލްތަކަށް ދައުލަތް ތަމްސީލު ނުކުރެވޭނެ އެވެ. އަދި, ދައުލަތާ ގުޅުންހުރި ގާނޫނު އެންމެހައި ކަންކަމުގައި ސަރުކާރަށް ލަފާދިނުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭ ހިމެނޭ ކަމެއްކަން ފާހަގަކުރި އެވެ.

ނަމަވެސް, ހައިކޯޓުގެ އެ ގާނޫނީ މާނަކުރުން ރާއްޖެ, ލާމަރުކަޒު އުސޫލުން ހިންގުމުގެ ނިޒާމާ ހިލާފު ކަމަށް ބުނެ ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުފާކޮށްފަ އެވެ. މިއަދުގެ އެ މައްސަލާގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުން އިސްތިއުނާފީ ދެ ނުކުތާ ތަފްސީލްކޮށް ހުށަހެޅުއްވި އެވެ.

ބަންޑާރަ ނައިބުގެ ވަކީލް ހަންމާދު ވާފިރު ވިދާޅުވި ގޮތުގައި, ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަކީ އަމިއްލައަށް ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ކަމާއި އެހެންކަމުން އެ ތަންތަނުގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި އަދި ކައުންސިލްތަކަށް މިލްކްވެރިކަން ލިބިފައިވާ ބިންތަކާ ގުޅޭ މައްސަލަތަކުގައި އެ ކައުންސިލްތައް ތަމްސީލް ކުރުމުގެ ފުރުސަތު ބަންޑާރަ ނައިބުގެ އޮފީހަށް ނެތެވެ.

އޭނާ ވިދާޅުވި ގޮތުގައި, މިނިވަން މުއައްސަސާތަކަކީ ވެސް އަމިއްލައަށް ދައުވާ ލިބިގަތުމާއި ކުރުމުގެ ބާރު ލިބިގެންވާ ވަކި މުއައްސަސާތަކަކަށްވާއިރު, ކައުންސިލްތައް ވެސް ފެތެނީ އޭގެ ތެރެއަށެވެ. މިނިވަން މުއައްސަސާއެއް ކޯޓުގައި ތަމްސީލްކޮށް, އެ މުއައްސަސާގެ ފަރާތުން ވަކާލާތު ކުރުމަކީ ވެސް ބަންޑާރަ ނައިބަށް އޮތް އިހްތިޔާރެއް ނޫންކަން ވަކީލް ފާހަގަކުރެއްވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް ވިދާޅުވި ގޮތުގައި, ކައުންސިލްގެ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތަކާ ދެމެދު ވެސް އެކި ކަހަލަ މުއާމަލާތްތައް ކުރެވޭ ކަމާއި އަދި ބައެއް މުއާމަލާތްތަކާ ގުޅިގެން ކޯޓަށް ދާން ޖެހޭ ހާލަތްތައް ވެސް އާދެ އެވެ. އެހެންކަމުން, ސަރުކާރުގެ ބަންޑާރަ ނައިބު ކައުންސިލްތަކަށް ލަފާދިނުމާއި ކޯޓުގައި އެ ކައުންސިލްތައް ތަމްސީލް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަން ފާހަގަ ކުރެއްވި އެވެ. ހައިކޯޓުން ހުކުމް ނެރުނުއިރު އެގޮތަށް ހުރި މަސްލަހަތު ފުށުއެރުންތަކަށް ރިއާޔަތްކޮށްފައި ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް ފާހަގަ ކުރައްވާ ގޮތުގައި, އެއީ ލާމަރުކަޒުކޮށް ރާއްޖެ ހިންގުމުގެ ނިޒާމާ ހިލާފު, އެ ގާނޫނުގެ މަގުސަދާ ހިލާފު ކަމެކެވެ.

ވަކީލް ފާހަގަ ކުރެއްވި ގޮތުގައި, ކައުންސިލްތައް ހިމެނޭ މައްސަލަތަކުގައި ބަންޑާރަ ނައިބުގެ އޮފީހަށް އެއީ އާންމު މަސްލަހަތު ހިމެނޭ މައްސަލައަކަށްވާނެ, ކޯޓުގެ ހުއްދައާއެކު އެ މައްސަލައެއްގެ ތެރެއަށް ވަދެ ދައުލަތުގެ ސްޓޭންޑް ހާމަ ކުރެވިދާނެ އެވެ. ނަމަވެސް, އެފަދަ މައްސަލަތަކުގައި ވެސް ވަކި ހަސްމެއް ތަމްސީލް ނުކުރެވޭނެކަން ފާހަގަ ކުރެއްވި އެވެ.

އެހެންވެ, ބަންޑާރަ ނައިބުގެ އޮފީހުން އެދުނީ ހައިކޯޓުގެ ނިންމުން ބާތިލްކޮށް ބަންޑާރަ ބިންތަކުގެ މައްސަލަތަކުގައި ކައުންސިލް ކޯޓުގައި ތަމްސީލް ކުރާނީ އެ ކައުންސިލެއް އަމިއްލައަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލާގައި ފެންފުށީ ކައުންސިލް ވެސް ބައިވެރިވެ އެވެ. ސުޕްރީމް ކޯޓުގެ އަޑުއެހުމަށް އެ ކައުންސިލްގެ މެންބަރުން އޮންލައިންކޮށް ހާޒިރުވެ ތިއްބެވެ. ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ކައުންސިލްގެ މެންބަރަކު ވިދާޅުވީ އެ ކައުންސިލްގައި މިފަދަ މައްސަލަތަކުގައި ވަކާލާތުކޮށް ޖަވާބުދާރީވާނެ ފަންނީ, އިންސާނީ ވަސީލަތްތައް ނެތް ކަަމަށެވެ. އެހެންވެ, އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

މި މައްސަލާގައި ހިމެނޭ އައްބާސް އަލީކަލޭގެފާނުއަށް ވެސް ވާހަކަ ދައްކަން ފުރުސަތު ދިނެވެ. ނަމަވެސް, މައްސަލައަކީ އޭނާގެ މަސްލަހަތު އޮތް ކަމަކަށް ނުވާތީ އެ ފަރާތުން މާބޮޑު ވާހަކައެއް ނުދައްކަ އެވެ. އެކަމަކު, ހައިކޯޓުން ގާނޫނު މާނަކޮށް އެ ނިންމުން ނިންމީ މައްސަލާގައި ހިމެނޭ ހަސްމުންގެ ބަހެއް ހޯދުމަކާ ނުލާ ކަމުގައިވާތީ އެ ނިންމުން ބާތިލްކޮށް ދޭން އެ ފަރާތުން ވެސް އެދުނެވެ.

މި މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ. މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވ, ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މައްސަލާގައި ވަރަށް އަވަހަށް ހުކުމް ކުރައްވާނެ ކަމަށެވެ. މައްސަލާގައި ވަގުތީ އަމުރަކަށް ބަންޑާރަ ނައިބުގެ ފަރާތުން އެދިފައިވީ ނަމަވެސް, އެ ނިންމުމާމެދު ވަކި ގޮތެއް ނުނިންމާނެ ކަމާއި މައްސަލާގައި ސީދާ އިއްވާނީ ހުކުމްކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ފެންފުށީ މި ބިމުގެ މައްސަލައަކީ 34 އަހަރުވީ ހިޔާލު ތަފާތުވުމެކެވެ. އެ މައްސަލާގައި އައްބާސް ވަކާލާތު ކުރާ ބިން ނުދެވޭނެ ކަމަށް ފެންފުށީ ކޯޓުން ނިންމާފައިވާއިރު ހައިކޯޓުން ވެސް ތާއިދުކުރީ އެ ނިންމުމަށެވެ. ނަމަވެސް, މި ނިންމުން އައްބާސްގެ ފަރާތުން އިސްތިއުނާފު ނުކުރަން ނިންމާފައިވާކަން މިއަދު ސުޕްރީމް ކޯޓުގައި އޭނާގެ ވަކީލް ނަދީމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox