އޮމިކްރޯން ވޭރިއެންޓް ފެތުރެން ފެށި ފަހުން ކޮވިޑްގައި ފަސް ލައްކަ މަރު

އިންޑިއާގައި ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން ފާރެއްގައި ކުރަހާފައި. -- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރަން ފާރެއްގައި ކުރަހާފައި. -- ފޮޓޯ: ރޮއިޓާޒް

ޖެނީވާ، ސްވިޓްޒަލޭންޑް (ފެބްރުއަރީ 9) - މިދިޔަ އަހަރުގެ ފަހުކޮޅު ކޮވިޑް ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއެންޓް ފެނުނު ފަހުން، އެ ބަލީގައި 500،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑްގެ 130 މިލިއަން ކޭސް އަދި 500،000 މަރު ރިކޯޑްކޮށްފައިވާ ކަމަށެވެ.

މިހާރު މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ފެތުރިފައިވާ "ޑޮމިނެންޓް" ވޭރިއެންޓަކީ އޮމިކްރޯން އެވެ. އެއީ ބަލީގައި ސީރިއަސްވުން ކުޑަ ނަމަވެސް، ވަރަށް ހަލުވިކަމާ އެކު ފެތުރޭ ވޭރިއެންޓެކެވެ.

"ކާމިޔާބު ވެކްސިންތަކެއް ލިބެން ހުރި ޒަމާނެއްގައި ބައި މިލިއަން މީހުން މަރުވެގެން ދިޔުމުން ހިތާމައިގެ ކޮޅެއް ވެސް ނެތް،" ޑަބްލިއުއެޗްއޯގެ އިންސިޑެންޓް މެނޭޖަރު އަބްދީ މަހަމުދް ވިދާޅުވި އެވެ.

"އޮމިކްރޯންގެ ނުރައްކާ ކުޑަ ކަމަށް އެންމެން ބުނަމުން ދިޔައިރު، މި ވޭރިއެންޓް ފެނުނު ފަހުން ބައި މިލިއަން މީހުން މަރުވެފައިވާކަން ގިނަ ބަޔަކަށް ނޭނގޭ."

ޑަބްލިއުއެޗްއޯގެ ކޮވިޑަށް ހާއްސަ ޓީމުގެ ޓެކްނިކަލް ވެރިޔާ މާރިއާ ވޭން ކެރްކޮވޭ ވިދާޅުވީ އޮމިކްރޯންއާ ގުޅިގެން ފެންނަ ކޭސްތަކުގެ އަދަދުން "އަންތަރީސްވާ" ކަމަށެވެ.

"މީގެ ކުރިން އައި ޕީކުތަކަކީ އެއްވެސް އެއްޗަކަށް ނުވޭ. އަޅުގަނޑުމެން އަދިވެސް މި ތިބީ ބަލިމަޑުކަމުގެ މެދުގައި. ގިނަ ގައުމުތަކުން އޮމިކްރޯންގެ ޕީކަށް އަދި ނުދޭ."

އޭނާ އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ ފަހަކަށް އައިސް މަރުވާ މީހުންގެ އަދަދުތައް އަނެއްކާވެސް އިތުރުވާން ފަށާފައި ވާތީ އެވެ.

ޑަބްލިއުއެޗްއޯއިން ކޮންމެ ހަފްތާއަކު ނެރޭ ކޮވިޑްގެ އެޕިޑެމިއޮލޮޖިކަލް ރިޕޯޓުގައިވާ ގޮތުން ފާއިތުވި ހަފްތާގައި އެކަނިވެސް 68،000 މީހުން މަރުވި އެވެ. އެއީ އޭގެ ކުރީ ހަފްތާއަށް ވުރެ ހަތް ޕަސެންޓް އިތުރެވެ.

ނަމަވެސް ފާއިތުވި ހަފްތާގައި ރިކޯޑްކުރި ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 17 ޕަސެންޓުން 19.3 މިލިއަނަށް ދަށްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox